''އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށް ވުމާއެކު ބޮޑެތި ވައްކަންތައް ކުރި އެންމެންގެ ފަހަތުން ސަރުކާރުން ބާރަށް ދާނެ''
ކުރިއަށް އޮތް މަޖިލިސް ދައުރުގައި ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށް ވުމާއެކު، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ފަރާތްތަކުގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެފައެވެ. ކޮޅުމަޑުލު ތިމަރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ބިލުގެ މަސައްކަތް ނިންމައި ފާސްކޮށް، ތަސްދީޤުކުރުމަށް މަޖިލީހުން ފޮނުއްވާ ދުވަހުން ފެށިގެން އެ ބިލު ތަސްދީޤުކުރައްވާނެ ކަމަށެވެ. ރައީސް ފާހަގަކު...