މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 160 ވަނަ ޞަފްޙާ

ޤައުމީ ތަރައްޤީގެ ޕްލޭނަށް ހުރިހާރަށަކުން ޚިޔާލުހޯދާ ނިންމާލައިފި

ޤައުމީ ތަރައްޤީގެ ޕްލޭނަށް ހުރިހާރަށަކުން ޚިޔާލުހޯދާ ނިންމާލައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން “ވިލުންތެރި ރާއްޖެ 2045” އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިޔަ “ކުރިމަގު ސައްލާ” ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 189 ރަށުގައި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، 9048 މީހުންގެ ބައިވެރިވުން އެކި ގޮތްގޮތުން ހޯދިފައިވާ ކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ “ނެކްސިޔާ މޯލްޑިވްސް” އިން ބުނެއެވެ. ޤައުމީ ތަރައްޤީގެ މި […]

ޔުމްނާ ޢަލީ
ދުބާއީ އާއި ތައިލެންޑަށް އެއާރއެމްބިއުލާންސް ފެށުމަށް ސޮއިކޮށްފި

ދުބާއީ އާއި ތައިލެންޑަށް އެއާރއެމްބިއުލާންސް ފެށުމަށް ސޮއިކޮށްފި

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށްޓަކައި މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޞިއްޙީ ވުޒާރާއާއި، އައިލެންޑް އޭވިއޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ދެމެދުގައެވެ. މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް...

ޔުމްނާ ޢަލީ
ދިވެހި ތަރިކައިގެ ދާއިރާއިން 40 ދަރިވަރަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި

ދިވެހި ތަރިކައިގެ ދާއިރާއިން 40 ދަރިވަރަކަށް ސްކޮލަރޝިޕް ހަވާލުކޮށްފި

ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދާ، ދިވެހި ތަރިކައިގެ ދާއިރާއިން ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް، 40 ދަރިވަރަކަށް މިއަދު ހަވާލުކޮށްފިއެވެ. މި ސްކޮލަރޝިޕްތައް ލިބިުނު ފަރާތްތަކާ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވީ، މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ...

ޔުމްނާ ޢަލީ
ޚަޠީބް ޕްރޮގްރާމު ފުރިހަމަކުރި 36 ކައުންސިލަރަކަށް ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ހުއްދަ ދީފި

ޚަޠީބް ޕްރޮގްރާމު ފުރިހަމަކުރި 36 ކައުންސިލަރަކަށް ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ހުއްދަ ދީފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ “ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމު” ފުރިހަމަކުރި 36 ކައުންސިލަރަކަށް، ޚުޠުބާ ކިޔުމާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ރޭ ދެއްވައިފިއެވެ. މި ހުއްދަ ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕްރޮގުރާމު ފުރިހަމަކުރި ކައުންސިލަރުންނަށް ހުއްދަ ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ޕްރޮގުރާމު ފުރިހަމަކުރުމަށްފަހު 36 ކައުންސިލަރުން މިހާރު ވަނީ ޚުޠުބާ ކިޔުމ...

ޔުމްނާ ޢަލީ
ހިޔާ އަދި ވިނަރެސް އަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ހިޔާ އަދި ވިނަރެސް އަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ބޭންކުގައި އެދިވަޑައިގެންފި އެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސް މުޢިއްޒު މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައި...

ޔުމްނާ ޢަލީ
"އަތުކުރި އޮޅާލަމާ" މިއީ ކޮންބަޔަކު ކުރާ ކޮންކަމެއް؟

"އަތުކުރި އޮޅާލަމާ" މިއީ ކޮންބަޔަކު ކުރާ ކޮންކަމެއް؟

މި ދުވަސްވަރު ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ވީޑިއޯތަކެއްގައި، ތަފާތު އެކި ފަރާތްތަކުން އަތުކުރި އޮޅާ މަންޒަރު ފެނުމުން ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހިތްތަކުގައި ސުވާލު އުފެދިއްޖެއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ އެންމެން އަތުކުރި މި އޮޅަނީ ކޮންކަމަކަށް ހެއްޔެވެ؟”އަތުކުރި އޮޅާލަމާ” ވީޑިއޯތަކުގަ މިއީ ކޮންބައެއްހެއްޔެވެ؟ މި ވީޑިއޯތަކުގަފެންނަނީ، އެކި ދާއިރާތަކުގެ މީހުން، އަތުކުރި އޮޅާމަންޒަރެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން...

ތިލަދުން
މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ޙަމްދީ ޢަޤީލް ހަމަޖައްސައިފިއެވެ. ހަމްދީ އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް އެމްއެމްބީސީން ވަނީ މިއަދު ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައި ވަނީ 18 ސެޕްޓެމްބަރު 2025 ގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަ އެދުވަހު އެމްއެމްބީސީ އުފައ...

ޔުމްނާ ޢަލީ
ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި

ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ނަރުދޫން ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރޯދަ މަހަށް ބޭނުންވާ ތަކެތި ހައްދައި، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. ނަރުދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު...

އިބްރާހިމް އަސްވާޤް
ސިނގިރޭޓް ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދަށް

ސިނގިރޭޓް ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދަށް

މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު 12 ނޮވެމްބަރ 2025 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އަލަމިން މިއާ (36އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް […]

ޔުމްނާ ޢަލީ
އެންސްޕާއިން ދޭ ފަސް ޚިދުމަތެއް ''ވަންގަވް'' އިން ލިބޭގޮތް ހަދައިފި

އެންސްޕާއިން ދޭ ފަސް ޚިދުމަތެއް ''ވަންގަވް'' އިން ލިބޭގޮތް ހަދައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޭ މުހިންމު ފަސް ޚިދުމަތެއް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ “ވަންގަވް” ޑިޖިޓަލް ޕްލެޓްފޯމުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. އެންސްޕާގެ ފަސް ޚިދުމަތްތެއް “ވަންގަވް” އިން ލިބޭނެކަން ހާމަކޮށް، “މޯލްޑިވްސް 2.0″ އެކްސް އެކައުންޓްގައި ބުނީ އެންސްޕާއިން ”ވަންގަވް”ގައި ފަސް މުހިންމު ޚިދުމަތް ތަޢާރަފުކޮށްފައިވާ ކަމަށެވެ. މިއީ މުޅި ރާއްޖޭގައި އިޖްތިމާޢީ އަދި ވެލްފެއަ...

ޔުމްނާ ޢަލީ
އަންހެންކުދިންގެ ދުވަހާއި ގުޅުވައި ބޭއްވި ހިނގާލުމުގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވައިފި

އަންހެންކުދިންގެ ދުވަހާއި ގުޅުވައި ބޭއްވި ހިނގާލުމުގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގަންނަވައިފި

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ޚާއްޞަ ހިނގާލުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ހިނގާލުން ފަށާފައިވަނީ، އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަކަށް ފަހުގައެވެ. މި ހިނގާލުން ވަނީ މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައެވެ. އިއްޔެ 16:00 އިން 17:30 އަށް ކުރިއަށް ދިޔަ މި ހިނގާލުމުގައި މާލޭގެ ހިނ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ދެ ބޭފުޅުން ހިމެނޭހެން "ރެހެންދި އެވޯޑް" 15 ފަރާތަކަށް

ކުޅުދުއްފުށީގެ ދެ ބޭފުޅުން ހިމެނޭހެން "ރެހެންދި އެވޯޑް" 15 ފަރާތަކަށް

ރެހެންދި އެވޯޑް ކުޅުދުއްފުށީ ސިޓީގެ އަންހެން ދެ ބޭފުޅުން ހިމެނޭހެން 15 ބޭފުޅަކަށް ލިބިއްޖެއެވެ. ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ އެވޯޑް ޙަފްލާގައި 2024 އަދި 2025ވަނަ އަހަރުގެ ރެހެންދި އެވޯޑް ދީފައިވާއިރު، މިކަމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ...

ޔުމްނާ ޢަލީ
ޕީއެންސީ ބޭއްވީ މިހާތަނަށް އެންމެ ގިނަ މީހުންނާއެކު ޕާޓީއަކުން ބޭއްވި ޖަލްސާ: ނިހާން

ޕީއެންސީ ބޭއްވީ މިހާތަނަށް އެންމެ ގިނަ މީހުންނާއެކު ޕާޓީއަކުން ބޭއްވި ޖަލްސާ: ނިހާން

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާއަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އެންމެ ގިނަ މީހުންނާއެކު ބޭއްވި ޖަލްސާކަމަށް 18 ވަނަ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަންކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި މިހާރު ހުންނެވި ނިހާން މިފަދައިން ވިދާޅުވީ، ޕީއެންސީ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ”ދިވެހިންގެ ރާއްޖެ […]

ޔުމްނާ ޢަލީ
މަންދޫ ޒުވާނުންގެ ދައުވަތަކަށް ރައީސް އެރަށަށް ވަޑައިގެން ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

މަންދޫ ޒުވާނުންގެ ދައުވަތަކަށް ރައީސް އެރަށަށް ވަޑައިގެން ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

އދ. މަންދޫ ޒުވާނުންގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަވީރު އެރަށަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މި ދަތުރުފުޅުގައި ވަނީ މަންދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. މަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން ރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ވަޒީރުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވ...

ޔުމްނާ ޢަލީ
އެނބުރި މިދިޔައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަހްލޫފް

އެނބުރި މިދިޔައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަހްލޫފް

އެނބުރި ވަޑައިގަތީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރޭ ސޮއިކުރެއްވި، އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީ އާއި ގުޅިވަޑައިގެންނެވުމަށްފަހު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިމިވީ ފުރަތަމަފަހަރުކަމަށެވެ. ”އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް، ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެން.” މަހްލޫފް ވިދާޅުވެފަ...

ޔުމްނާ ޢަލީ