މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ: ރައީސް
މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު” ގައި ސަރުކާރުގެ ދެ އަހަރު ދުވަހުގެ މަސައްކަތްތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތ...