''ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބުމަކީ ހަމަހަމަކަމާއި އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ކަމެއް''
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ލިބިގެންދިއުމަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވި، ދިވެހިންނަކީ ހަމަހަމަބައެއްކަން އަމަލީގޮތުން ސާބިތުކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެ އެކަމަނާ މިފަދައިން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) ގެ “ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން” ރަސްމީކޮށް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާ ފާހަގަކުރ...