މާލޭ މާފަންނުގައި ހުރި ގެއެއްގައި އުމުރުން 18 ގެ އަންހެނަކު ހުއްދަނޫން ގޮތުގައި ގަދަކަމުން ހިފަހައްޓާ ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 18 ނޮވެމްބަރު 2025 ދުވަހުގެ 18:11 ގައެވެ.

Ad
rt

އަންހެނަކު ގަދަކަމުން ހިފަހައްޓާ ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް

މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ހިއްސާކުރު މެސެޖެއްގައި ހަމަ އެދުވަހު ބުނެފައެވެ. އެއަށްފަހު މި މައްސަލައިގެ އަޕްޑޭޓް ދެމުން ފުލުހުން މިއަދު ބުނީ މި މައްސަލާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ވެސް މި ހާދިސާ ރިޕޯޓުކުރި ރެއެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ އަހްމަދު އާހިލް މުނާޒް، ހ.ފޯސިޒަންގެ/މާލެ އެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހްގީގުކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ.