ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް އިތުރަށް މަސައްކަތް ކުރުމަށް ޤައުމުތަކަށް ރައީސް ގޮވައިލައްވައިފި
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ އެމަނިކުފާނުގެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް މުޢިއްޒު ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އަދި ޢަދުލުވެރިކަމާއި އިންސާ...