މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 162 ވަނަ ޞަފްޙާ

އެމްއެންޔޫގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީދިނުމުގެ އެއްބަސްވުމެއް

އެމްއެންޔޫގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދުގައެވެ. މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، ޑރ. އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. އ...

ޔުމްނާ ޢަލީ
86 ތަނެއް ބަލައި ފާސްކޮށް 97 މީހަކު ހައްޔަރުކޮށްފި

86 ތަނެއް ބަލައި ފާސްކޮށް 97 މީހަކު ހައްޔަރުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފުލުހުންގެ ޚިދުމަތުން މިއަދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަން ”އޮޕަރޭޝަން އަލިމަގު”ގެ ތެރެއިން 86 ތަނެއް ބަލާފާސްކޮށް 97 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގަ...

ޔުމްނާ ޢަލީ
އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން

އީ-ވިސާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މި ޚިދުމަތް ރަސްމީކޮށް 10 ނޮވެންބަރު 2025 ގައި ތަޢާރަފްކޮށްފައިވީނަމަވެސް، އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެޕްލިކޭޝަންތައް ބަލައިގަތުން ފަށާނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށް އިމިގްރޭޝަނުން ނެރުނު މެސެޖެއްގައި ބުނެފަވެއެވެ. އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގ...

ޔުމްނާ ޢަލީ
ރާއްޖެ-ފަލަސްތީނު މެޗުގެ ފުރަތަމަ ޓިކެޓް ބައްލަވައިގަތީ ރައީސް

ރާއްޖެ-ފަލަސްތީނު މެޗުގެ ފުރަތަމަ ޓިކެޓް ބައްލަވައިގަތީ ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި މި މެޗުގެ ޓިކެޓް އެންމެ ފުރަތަމަ ބައްލަވައިގަތީ ރައީސް މުޢިއްޒެވެ. މި ރަމްޒީ ޓިކެޓު ރައީސް މުޢިއްޒު އާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެފް.އޭ.އެމްގެ ރައީސް އަޙުމަދު ތާރިޤު (ޓޮމް) އެވެ. ދިވެހިރާއްޖެއާއި ފަލަސ...

ޔުމްނާ ޢަލީ
ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް ފެށުމަށް ރައީސް އަންގަވައިފި

ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް ފެށުމަށް ރައީސް އަންގަވައިފި

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝެއް ފެށުމަށް ރައީސް ޑރ. މުހައްމަދުލ މުޢިއްޒުގެ މިއަދު އަންގަވައިފިއެވެ. މިފަދަ އެންގެވުމަށް އަންގަވާފައިވާކަން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވަނީ ޢިއުލާން ކުރަށްވާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ”މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގ...

ޔުމްނާ ޢަލީ
''ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން''

''ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން''

ކ. ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢު ނިމިގެން އިތުރުވ...

ޔުމްނާ ޢަލީ
ރަސްމާލެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް، ރައީސް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފި

ރަސްމާލެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް، ރައީސް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފި

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ ވަރަށް މުހިންމު މަސައްކަތެކެވެ. ރަސްމާލެ މަޝްރޫޢުގެ ބިން ހިއ...

އަލީ އާދިލް
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލައި ބަނދަރު ތަރައްޤީކުރަން ހަވާލުކޮށްފި

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލައި ބަނދަރު ތަރައްޤީކުރަން ހަވާލުކޮށްފި

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކޮށް، އެރަށު ބަނދަރު ތަރައްޤީކުރަން މިއަދު ހަވާލުކޮށްފިއެވެ. މިކަމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގެ ތެރެއިން ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ގުޅީ ކައުންސިލާ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާ...

ޔުމްނާ ޢަލީ
ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ސައުދީ ހައްޖު މިނިސްޓްރީގެ ދަށަށް

ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ސައުދީ ހައްޖު މިނިސްޓްރީގެ ދަށަށް

މިއަންނަ ހައްޖު މޫސުމުން ފެށިގެން، ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންކަން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު މި މައުލޫމާތު ހިއްސާކުރައްވަމުން ބުނީ، މި ބަދަލުގެ ސަބަބުން ހައްޖުގެ އެންމެހައި އަޅުކަންތައް ހެޔޮގޮތުގައި ތަންފީޒުވުން ކަށަވަރުވާނެ ކަމަށެވެ. ކުރިން ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މިކަންތައް، ދެން ކު...

ޔުމްނާ ޢަލީ
ރެޕިޑް ޗެސް ޗެލެންޖް އަންނަ ބުރާސްފަތި ދުވަހު ފަށަނީ

ރެޕިޑް ޗެސް ޗެލެންޖް އަންނަ ބުރާސްފަތި ދުވަހު ފަށަނީ

ރެޕިޑް ޗެސް ޗެލެންޖް ކެޑޭޓް ޑިވިޝަން މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ. ޖުމްލަ 89 ކުޅުންތެރީންނާއެކު ފަށާ މިމުބާރާތުގެ ކުޅުން އޮންނާނީ ހުޅުމާލެ ޗެސް އާކޭޑް ގައެވެ. ހަތަރު އުމުރުފުރަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތް އިންތިޒާމް ކުރާ ޖީނިއަސް ޗެސް އެކަޑެމީގެ ޖީ.އެސް ހުސެއިން ރަޝީދު “ތިލަދުން” އަށް ވިދާޅުވި ގޮތުގައި 8 އަހަރުންދަށުގެ 11 ކުޅުންތެރިންނާއި 10 އަހަރުންދަށުގެ 30 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. އަދި 12 އަހަރުން ދަށުގެ 26 ކުޅުންތެރިންނާއެކު 14 އަހަރުންދަށުގެ […]

ޔުމްނާ ޢަލީ
ރަސްމާލެއިން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަނީ

ރަސްމާލެއިން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަނީ

މާލޭގެ ބޯހިޔާވަހިކަމުގެ ދިގުދެމިފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ރަސްމާލެއިން މިހާރު ހިއްކަމުންދާ ބިމުން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރަސްމާލެއިން ހިއްކާ ބިމުގެ ފުރަތަމަ ބުރުގައި، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ...

ޔުމްނާ ޢަލީ
ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި

ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި

ދިވެހިރާއްޖޭގެ ޓްރޭޑްމާރކް ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ބިލެކެވެ. މި ބިލަކީ 2025 ނޮވެމްބަރ 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ރައީސް މުޢިއްޒު މި ބިލު ތަސްދީޤުކުރެއްވުމާ ގުޅި...

އިބްރާހިމް އަސްވާޤް
ކާށިދޫ ފަރަށް ބޯޓެއް އަރައި ހިނގިހާދިސާގައި މީހަކު ނިޔާވެއްޖެ

ކާށިދޫ ފަރަށް ބޯޓެއް އަރައި ހިނގިހާދިސާގައި މީހަކު ނިޔާވެއްޖެ

ކ. ކާށިދޫ ފަރަށް ބޯޓެއް އަރައި ހިނގިހާދިސާގައި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގަައި ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ ‘ފައިސަލާ’ ބޯޓު އެ ރަށު ފަރަށް އަރައިގެން އެކަމުގެ ރިޕޯޓު މިރޭ 19:52 ހާއިރު އެ އިދާރާ އަށް ވަނީ ލިބިފައެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވެފައިވާއިރު، މި ހާދިސާ ބިދޭސީއެއް ގެއްލިގެން ހޯދަމުން ދަނިކޮށް ބޯޓު ފަރަށް އެރި ސަރަހައްދު ފަރުމަތިން އެމީހާ ވަނީ ނިފައެވެ. އެމީހާ ކާށިދޫ ހެލްތު […]

ޔުމްނާ ޢަލީ
''ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު މަޝްރޫޢު ''މޯލްޑިވްސް 2.0'' 2028 މެދަކާ ހިސާބުގައި ނިންމާލެވޭނެ''

''ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު މަޝްރޫޢު ''މޯލްޑިވްސް 2.0'' 2028 މެދަކާ ހިސާބުގައި ނިންމާލެވޭނެ''

އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢަކީ ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަސައްކަތް ކަމަށާއި، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ހިންގާ މި މަޝްރޫޢު 2028 ވަނަ އަހަރުގެ މެދަކާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން...

ޔުމްނާ ޢަލީ
މައްކާ ރޫޓް ދާއިމީ ކުރުމަށް ނިންމައިފި

މައްކާ ރޫޓް ދާއިމީ ކުރުމަށް ނިންމައިފި

މައްކާ ރޫޓްގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާކަމަށް މައްކާރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީއިން މިއަދު ވިދާޅުވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެވެ. ސަޢުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާ، މުހިންމު ނިންމެވުމެއްގެ މަގު ފަހިކޮށްދެއްވާފައެވެ. މި ނި...

އަލީ އާދިލް