މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 132 ވަނަ ޞަފްޙާ

ހުޅުމާލޭ "ޝަހީދު ޢަލީ" ސްކޫލް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފި

ހުޅުމާލޭ "ޝަހީދު ޢަލީ" ސްކޫލް ރައީސް ރަސްމީކޮށް ހުޅުވައިދެއްވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި “ޝަހީދު ޢަލީ” ސްކޫލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ސްކޫލް ހުޅުވުމާއެކު އެ ސްކޫލުގައި މިހާރު ވަނީ ކިޔަވައިދޭން ފަށާފައެވެ. މި ސްކޫލަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލި ޒަމާނީ ފެންވަރުގެ ސްކޫލެކެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން އެ ސަރަޙައްދުގައި ތަރައްޤީކުރި ދާއިމީ ދެވަނަ ސްކޫލެވެ. ޖުމް...

ޔުމްނާ ޢަލީ
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހޮޅުދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހޮޅުދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ނ. ހޮޅުދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ހޮޅުދޫ، އަފުސަންތީނު، މުޙައްމަދު ޒިޔާދު (45އ) އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޮޅުދޫގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު […]

އަލީ އާދިލް
ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

ދޮޅުމަސް ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު، ރާއްޖޭގެ 219 ސަރުކާރު ސްކޫލެއްގައި މިއަދު އާ ދިރާސީ އަހަރުގެ ކިޔެވުން ފަށައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ 80,715 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާނެއެވެ. އޭގެ ތެރެއިން ގްރޭޑް 1 އަށް އަލަށް 4,790 ދަރިވަރުން ވަނީ ވަދެފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަތް 1,748 ދަރިވަރުންނާއި އަތޮޅުތެރޭގެ ސްކޫލްތަކަށް ވަތް 3,042 ދަރިވަރުން ހިމެނެއެވެ. ދަރިވަރުންނަށް ކިޔަ...

ޔުމްނާ ޢަލީ
''ކުރިމަގު އުޖާލާކުރެވޭނީ ތައުލީމުގެ ޒިންމާ އަދާކުރުމުގައި އެއްބާރުލުންދީ އިހްލާސްތެރިވި މިންވަރަކުން''

''ކުރިމަގު އުޖާލާކުރެވޭނީ ތައުލީމުގެ ޒިންމާ އަދާކުރުމުގައި އެއްބާރުލުންދީ އިހްލާސްތެރިވި މިންވަރަކުން''

ޤައުމުގެ ކުރިމަގު އުޖާލާކުރެވޭނީ ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބޮޑު ޗުއްޓީއަށްފަހު އައު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ. މިއަދުގެ މުނާސަބާގައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި...

ޔުމްނާ ޢަލީ
ގައުމަށް ތަށި ހޯދައިދިނުމަށްފަހު ނައިވާދޫ ތިން ކުޅުންތެރިން ރަށު ޓީމާ ގުޅެނީ

ގައުމަށް ތަށި ހޯދައިދިނުމަށްފަހު ނައިވާދޫ ތިން ކުޅުންތެރިން ރަށު ޓީމާ ގުޅެނީ

ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދައިދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ހދ. ނައިވާދޫ ކުޅުންތެރިން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯނުގައި ވާދަކުރާ ރަށު ޓީމާއި ގުޅުމަކީ ހދ. ފުޓްސަލް ކިންގަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ. ނައިވާދޫ ވަނީ 22 ޖެނުއަރީ 2025 ގައި ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު ފައިނަލްގައި 4-2 އިން ނޮޅިވަރަންފަރު ބަލިކޮށް، 8 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި […]

ޔުމްނާ ޢަލީ
ސްކޭމްކޮށްގެން 279600 ރުފިޔާ ވަގަށްނެގި މައްސަލައެއްގައި ގުރޫޕެއް ހައްޔަރުކޮށްފި

ސްކޭމްކޮށްގެން 279600 ރުފިޔާ ވަގަށްނެގި މައްސަލައެއްގައި ގުރޫޕެއް ހައްޔަރުކޮށްފި

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައަކީ ކުންފުންޏެއްގެ އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ސްކޭމް މެދުވެރިކޮށް ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލ. އިސްދޫ މުޙައްމަދު ޙަސަން (59އ)، ސ. ހިތަދޫ އަލީ ޢިރުފާނު އަޙްމ...

އަލީ އާދިލް
ކައުންސިލްތަކުގެ މަޝްރޫޢުތަކުން މުޖުތަމައަށް ކުރާ އަސަރު ދެނެގަތުމަށް ކުޅުދުއްފުށީގައި ވޯރކްޝޮޕެއް

ކައުންސިލްތަކުގެ މަޝްރޫޢުތަކުން މުޖުތަމައަށް ކުރާ އަސަރު ދެނެގަތުމަށް ކުޅުދުއްފުށީގައި ވޯރކްޝޮޕެއް

ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކުން މުޖުތަމައަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ހާއްސަ ސޯޝަލް އިމްޕެކްޓް އޮޑިޓް ވޯރކްޝޮޕެއް ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ. މި ވޯރކްޝޮޕަކީ ކައުންސިލްތަކުގެ ޖަމިއްޔާއިން އިސްނަގައިގެން އެކި ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ވޯރކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކައުންސިލުން ހިންގާފައިވާ އެކި މަޝްރޫޢުތަކުގެ ސަބަބުން ރަ...

ޔުމްނާ ޢަލީ
އުރީދޫ ކަލަންޑަރ 2026: ހާއްސަކުރެވިގެންދަނީ ދިވެހިންގެ އާދަކާދައިގައި ހިމެނޭ ސައި ބުއިމުގެ ސަގާފަތާ

އުރީދޫ ކަލަންޑަރ 2026: ހާއްސަކުރެވިގެންދަނީ ދިވެހިންގެ އާދަކާދައިގައި ހިމެނޭ ސައި ބުއިމުގެ ސަގާފަތާ

އުރީދޫ މޯލްޑިވްސް އިން 2026 ވަނަ އަހަރުގެ ކަލަންޑަރު “ޓީ ވިތް އުރީދޫ” ގެ ނަމުގައި ރަސްމީކޮށް ނެރެފިއެވެ. ކޮންމެ އަހަރަކުވެސް ދިވެހި ސަގާފަތާއި އުފެއްދުންތެރިކަމަށް ހާއްސަކޮށްގެން ނެރޭ މި ކަލަންޑަރު މިއަހަރު ހާއްސަކޮށްފައިވަނީ ދިވެހި މުޖުތަމައުތައް ގުޅުވައިދޭ އެންމެ މުހިންމު އެއް އާދަކާދަ ކަމަށްވާ ސައި ބުއިމުގެ ސަގާފަތުގެ މައްޗަށެވެ. ޒަމާނުއްސުރެ ރާއްޖޭގެ ގޭގޭގައި ސަޔަކީ ހަމައެކަނި ބުއިމަކަށް ވުރެ މާ ބޮޑު އެއްޗެކެވެ. އެއީ ދުވަސް ފަށުމަށާއި، ބުރަ ދުވަހެއްގެ މެދުތެރެއިން ހަމަޖެހިލުމަށް ނަގާ […]

އަލީ އާދިލް
ސާފް ފުޓްސަލް އާއި ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި

ސާފް ފުޓްސަލް އާއި ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމަވައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށާއި ސުޕަ ކަޕް ކާމިޔާބުކުރި ފުޓުބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެފައިވާ ގޮތުގައި މި ބޯނަސް ދިނުމަށް ނިންމާފައިވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށެވެ. ރާއްޖޭގެ ފުޓްސަލް ޓީމުން ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކޮށ...

ޝިއުނާ އާދަމް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ޚިދުމަތް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެއިން ބޭރުން މި ޚިދުމަތް ފެށި ރާއްޖޭގެ ހަތަރުވަނަ ހޮސްޕިޓަލެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރ. އަތޮޅަކީ ރާއްޖޭގައި ހަތަރުވަނައަށް ކެންސަރު ބަލިމީހުން އެންމެ ގިނަ އަތޮޅެވެ. އެ އަތޮޅުގައި މި ބަލި ތަހައްމަލު ކުރަމުންދާ 58 މީހަކު އެބަތިއްބެވެ. އެހެންކަމުން މި ޚިދުމަތް އުނގޫފާރުގައި ފެށުމަކީ އެ ސަރަހައްދުގެ ބަލިމީހުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. އުނގޫފާރު ރީޖަނަލް […]

އަލީ އާދިލް
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ހެލްތް ޓީޗަރެއްގެ މައްޗަށް ދައުވާތަކެއް އުފުލައިފި

ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ހެލްތް ޓީޗަރެއްގެ މައްޗަށް ދައުވާތަކެއް އުފުލައިފި

މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އެ ސްކޫލުގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ ކޮށްފިއެވެ. މި މައްސަލާގައި ދަޢުވާ އުފުލާފައިވަނީ މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 21 ޖަނަވަރީ 2026 ގައެވެ. ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް ޖުމްލަ ފަސް ދަޢުވާއެއް ވަނީ އުފުލާފައެވެ. […]

އަލީ އާދިލް
މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ: މިނިސްޓަރ އާދަމް ޝަރީފް

މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ: މިނިސްޓަރ އާދަމް ޝަރީފް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ފޮނުވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފް ރޭ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. “މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް […]

އަލީ އާދިލް
ތަށި ހޯދައިދިން ގައުމީ ފުޓްސަލް ޓީމަށް ރައީސްގެ ސާބަހާއި ޝުކުރު

ތަށި ހޯދައިދިން ގައުމީ ފުޓްސަލް ޓީމަށް ރައީސްގެ ސާބަހާއި ޝުކުރު

ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި، މުބާރާތުގެ އެއް މެޗު ބާކީ އޮއްވާ ރާއްޖޭގެ ގައުމީ ޓީމުން ކަށަވަރުކުރުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ސާބަހާއި ޝުކުރު އަދާކުރައްވައިފިއެވެ. ރާއްޖެއިން މި ތާރީޚީ ކާމިޔާބީ ހޯދީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތަކަކީ ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ލިބޭ […]

ޔުމްނާ ޢަލީ
''ތަޢުލީމު ފުޅާކުރުމަކީ ހަމަހަމަ މުއްސަނދި ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް''

''ތަޢުލީމު ފުޅާކުރުމަކީ ހަމަހަމަ މުއްސަނދި ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް''

ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމަހަމަ، މުއްސަނދި އަދި ސާބިތުކަމާއެކު ދެމިއޮންނަ ޤައުމެއް ބިނާކުރުމަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ ކަމަށެވެ. އަދި ތަޢުލީމީ ނިޒާމު ބައްޓަންކުރުމު...

ޔުމްނާ ޢަލީ
ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނަށް 350 ޒުވާނުން ފުރައިފި

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނަށް 350 ޒުވާނުން ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރަށް ހޮވުނު 350 ޒުވާނުން، ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ޅ. މާފިލާފުއްޓަށް ފުރައިފިއެވެ. މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ތަމްރީނުތަކުގައި ބައިވެރިވާނެއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާ...

ޔުމްނާ ޢަލީ