ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށާއި ސުޕަ ކަޕް ކާމިޔާބުކުރި ފުޓުބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެފައިވާ ގޮތުގައި މި ބޯނަސް ދިނުމަށް ނިންމާފައިވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށެވެ.

Ad
rt

ރާއްޖޭގެ ފުޓްސަލް ޓީމުން ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ސާފް ފުޓްސަލް ތަށި ރާއްޖެއަށް ހޯދައިދީފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ފައިސާގެ އިނާމު ދިނުމަށް ނިންމެވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފުޓުބޯޅަ އެސޯސިއޭޝަން (އެފް.އޭ.އެމް) މެދުވެރިކޮށެވެ.

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލްގެ ތަށި ރާއްޖެއިން ހޯދާފައިވާއިރު، ސްރީލަންކާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ސުޕަކަޕް ކާމިޔާބުކޮށް ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ ރާއްޖެއަށް ތަށި ގެނެސްދީފައެވެ.

ރާއްޖެއިން ތަށި ކަށަވަރުކޮށްފައިވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް މިއަދު ނިމޭނެއެވެ.