ދ. މީދޫގައި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، އެކަމަށް ހުރަސްއެޅުމާ ގުޅިގެންނެވެ. މި މައްސަލައިގައި ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހާ މިހާރު ހުރީ ފުލުހުންގެ […...
ޔުމްނާ ޢަލީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް ނިންމައި، އެ ދަތުރުތަކުގެ އަގުތައް އިއްޔެ އާންމުކޮށްފިއެވެ. މި އާ ހިދުމަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު އަދި ގދ. އަތޮޅު ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ދަތުރުތައް […]
ޔުމްނާ ޢަލީ
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައިފިއެވެ. އެމަނިކުފާނު ޤައުމީ ޓީމަށް ހިތްވަރުދެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ޤައުމީ ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ކޯޗުގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުގައި ޤައު...
ޔުމްނާ ޢަލީ
އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވައިވުމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,117 ފަތުރުވެރިން ރާއްޖެ އާދެއެވެ. ރާއްޖެއަށް އައި ފަތުރުވ...
ޔުމްނާ ޢަލީ
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބަހަން މާދަމާ ފަށާއިރު، އެއް އައިޑީކާޑަށް ގިނަވެގެން ނެގޭނީ ދެ މަސްދަޅު ކޭސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ. ބެހުމުގެ އިންތިޒާމުތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް...
ޔުމްނާ ޢަލީ
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ.އަތޮޅު ވެލިދޫއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ޚިދުމަތާއެކު ވެލިދޫއާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި، ވެލިދޫއަށް ކުރާ މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހުއެ...
ޝިއުނާ އާދަމް
ދިވެހިބަސް އުނގަންނައި ދެއްވުމާއި، ތައުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުން 58 އަހަރުގައި އައިންތު މިސް ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިބަސް ކުރިއެރުވުމާއި ކިޔަވައިދިނުމުގައި އައިންތު މިސް ކުރެއްވި މަސައްކަތްތައް ފާހަ...
ޔުމްނާ ޢަލީ
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތު ފަސް ދައުވާ ސާބިތުނުވެ, އޭނާ މިއަދު ސަލާމަތްވެއްޖެ އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް […]
ހުސައިން ހަބީބް
މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކުނުގެ، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްހަމީދެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 އެހައިކަންހާއިރުއެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ...
ޔުމްނާ ޢަލީ
މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު އަވަށުގެ ގެއެއް ބަލައިފާސްކުރިއިރު، އެ ގެއިން 266.29 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 80,000 އަށްވުރެ ގިނަ ރުފިޔާ ވެސް އެ ގެއި...
ޔުމްނާ ޢަލީ
ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ މައުލޫމާތު ސިއްރުކޮށް, ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލާގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ދައުވާތަކެއް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަހުގީގުކުރި އެ މައްސަލާގައި އެ ދެ ޑޮކްޓަރުންގެ މަސްލަހަތު އޮންނަ އައިލެންޑް ހެލްތް ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްއިން އާމްދަނީގެ މައުލޫމާތު އޮޅުވާލައި...
ހުސައިން ހަބީބް
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ގުޅޭގޮތުން ހުކުމް އިއްވުން ފަސްކޮށްފި އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ […]
ހުސައިން ހަބީބް
ކޯވިޑް-19ގެ ޕެންޑެމިކް ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރ ޓެސްޓިންގގެ ޚިދުމަތް ދިން ދެ ކުންފުންޏެއް ކަމަށްވާ ޕައިނިއަރ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. މި މައްސަލައަކީ ޕީ.ސީ.އާރ ޓެސްޓިންގގެ ޑިމާންޑް ބޮޑުވި ދުވަސްވަރު އެ ޚިދުމަތް ދިނުމުގައި އިސްކޮށް އުޅުނު މި ދެ ކުންފުންޏާއި، އެ ކުންފ...
ޔުމްނާ ޢަލީ
ރާއްޖޭގެ އުތުރާއި މާލެ ހިމެނޭ މެދު ރާއްޖެތެރޭގެ ސަރަހައްދުގެ ރަށްތަކުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެ، ކުރިއަށް އޮތް ފަސް ދުވަހުވެސް މި ހާލަތު ދެމިއޮންނާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ދުންފުނީގެ އަސަރު ކުރާނެ ކަމަށާއި، ޚާއްޞަކޮށް އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް މި އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. ވައިގެ ފެންވަރު ބަލާ ބައިނަލްއަޤުވާމީ […]
އަލީ އާދިލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ 2026 ޖެނުއަރީ 9 ވީ ބުރާސްފަތި ދުވަހުގެ ރޭ ދެބައިކުޅަ އެއްބައި (12:15) އެހާކަންހާއިރުއެވެ. މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. މި މައްސަލައިގެ ތުހުމަތުގައި ކޯޓު […]
ޔުމްނާ ޢަލީ