''އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު މަތިކޮށް، އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދޭނަން''
އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތައަށް މަތިކުރުމުގެ ލަނޑުދަނޑި ޙާޞިލްކޮށް، ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވަނީ ތިމާވެށި ޙިމާޔަތްކުރުމާއި ހަކަތައިގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ހާމަކުރައްވާފައެވެ. ރައީ...