މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1105 ވަނަ ޞަފްޙާ

މޫސުން ގޯސްވެ ތިލަދުންމަތިން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި އުތުރުގެ […]

އަޙްމަދު މުޖުތަބާ

މާލޭ ތޮއްޖެހުން ކުޑަކުރުމަށް 817 މިލިއަން ރުފިޔާއަށް ގުޅީފަޅު ހިއްކަން ހަވާލުކޮށްފި

މާލޭ ތޮއްޖެހުން ކުޑަކުރުމަށް 817 މިލިޔަން ރުފިޔާއަށް ގުޅީފަޅު ބިން ހިއްކުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 16 މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންޓާ ކޮންޓްރެކްޓިން ކުންފުންޏާއެވެ. ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް މި މަސައްކަތް އެ ފަރާތާއި ހަވާލުކޮށް...

ފާތިމަތު ސިނާޒާ
ސްކޫޓުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

ސްކޫޓުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

ސިންގަޕޫރުގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ސްކޫޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ. ސްކޫޓްގެ އެންމެ ފަހުގެ ފްލައިޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވައިރު މީގެ ކުރިން ހަފުތާ އަކު ހަތަރު ދަތުރު ސިންގަޕޫރާއި މާލެއާ ދެމެދު އެފަރާތުން ވަނީ ކޮށްފައެވެ. ރާއްޖެ ހިމެނޭ ގޮތަށް ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް ހުއްޓާލަން އެފަރާތުން ނިންމީ ޑިމާންޑް ދަށްވުމާއި ބޯޓު ލިބުމުގައި ތާށިވެފައި ވާތީ ކަމަށް ސްކުޓުން މައުލޫމާތުދެއެވެ. މި […]

ފާތިމަތު ސިނާޒާ
ބަންޑުންޖަހާލި ފިޔާ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި، އެންމެންގެ ހާލުރަނގަޅު

ބަންޑުންޖަހާލި ފިޔާ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި، އެންމެންގެ ހާލުރަނގަޅު

ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފިއެވެ. ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ “އެމްއެސްވީ އާކް އޮފް ގޯޑް” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 13:10 ހާއިރުއެވެ. އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމުގެ މަ...

ފާތިމަތު ސިނާޒާ
ނިޔާވެފައި އޮތީ ކާކުކަމެއް ނޭންގޭ، އޭޑީކޭ އިން އާންމުންގެ އެހީއަށް އެދެފި

ނިޔާވެފައި އޮތީ ކާކުކަމެއް ނޭންގޭ، އޭޑީކޭ އިން އާންމުންގެ އެހީއަށް އެދެފި

އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮއްވާ ފެނިގެން އޭޑީކޭއަށް މިއަދު ހެނދުނު ގެންދިޔަ މީހަކީ ކާކުތޯ ދެނެގަންނަން އެ ހޮސްޕިޓަލުން އާންމުންގެ އެހީއަށް އެދެފި އެވެ. ފުލުހުން ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ހުރި ގޮންޑި އެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފަ އިން ކަމުގެ މައުލޫމާތު މިއަދު 06:26 އެހައިކަންހާއިރު ފުލުހުންނަށް ލިބުމާއެކު އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާކަމަށާއި އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ މަސައްކަތް ކުރަމުންކަމަ...

އިބްރާހިމް އަސްވާޤް
ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުން: ރައީސް

ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުން: ރައީސް

ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރުޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުތަކުން ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަ...

ޔުމްނާ ޢަލީ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ޔުމްނާ ޢަލީ

ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރާނެ ގޮތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

ރުއްތަކަށް ޖެހޭ ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ޚާއްޞަކޮށް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރާނެ ގޮތްތަކަށް އަތޮޅުތެރޭ ރަށް ތަކުގެމީހުން އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ. މިއީ 1999 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި ކޮކޮނަޓް ހިސްޕިޑް ބީޓްލް، ރާއްޖޭގެ ގިން ރަށްތަކެއްގެ ރުއްތަކަށް ފެތުރެމުން ދާތި މި މައްސަލަ އިތުރަށް ދިރާސާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިމަޑި ކޮންޓްރޯލުކުރުމަށްޓަކައި، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކެޓަސް) އާއި މިނިސްޓްރީ އޮފް ފިޝަ...

ފާތިމަތު ސިނާޒާ
މީޑިއާ ކައުސިލުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މީޑިއާ ކައުސިލުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ. މީޑިއާ ކައުންސިލުން ހުޅުވާލީ ޢާއްމުންގެ ތެރެއިން މެމްބަރަކު އިންތިޚާބުކުރުމަށެވެ. އެއީ ޢާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޚާބުވި ޝީރީން ނާހިދާ ލަޠީފް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތ...

ޔުމްނާ ޢަލީ
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

އިންފޮމޭޝަން ކޮމިޝަނަރަކަށް ޙުސައިން ފިޔާޒު މޫސާ ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އިންފޮމޭޝަން ކޮމިޝަނަރުކަމަށް ފިޔާޒު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިއަދުގެ ޖަލްސާގައި ނެގި ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ވޯޓާއިއިއެކުއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22ވަނަ ދުވަހު ހަމަވެފައިވާތީއެވެ. މައުލޫމާތު ހޯދ...

ޔުމްނާ ޢަލީ
ޒައްރެއްގެ މިންވަރުގެ ބާރެއް އޮތް ނަމަވެސް، ރަސޫލާގެ ދިފާޢުގައި ފިޔަވަޅު އެޅީމުހެ: ޑރ ޝަހީމް

ޒައްރެއްގެ މިންވަރުގެ ބާރެއް އޮތް ނަމަވެސް، ރަސޫލާގެ ދިފާޢުގައި ފިޔަވަޅު އެޅީމުހެ: ޑރ ޝަހީމް

ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާޢުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރިކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީސްކަމުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރ ޑރ.މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވެފައިވަނީ މިއަދު ފޭސްބުކްގައި ލިއުއްވިދިގު ޕޯސްޓެއްގައެވެ. މިޕ...

ޔުމްނާ ޢަލީ
ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި

ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ. މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ. “ދައުލަތުން ކުދިން ބަލަހައްޓާއިރު، ދައުލަތުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެކަން ކުރަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު. އެހެންމެ އެ ކުދިންނަށް ދޭންޖެހޭ ރައްކާ...

ޔުމްނާ ޢަލީ
ރައީސް ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތ...

އިބްރާހިމް އަސްވާޤް
"މޯބައިލް ލެބޯރެޓަރީ" ގެ ޚިދުމަތް ފަށައިފި

"މޯބައިލް ލެބޯރެޓަރީ" ގެ ޚިދުމަތް ފަށައިފި

ރަށްރަށުގައި “މޯބައިލް ލެބޯރެޓަރީ”ގެ ޚިދުމަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ. ޚިދުމަށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ލެބޯޓްރީ ނެތް ރަށްތަކުން މީހުންގެ ސާމްޕަލް ނަގައި، ލެބޯޓްރީއާއި ހަމައަށް ގެންގޮސްދޭނެ ފަރާތްތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. “މޯބައިލް ލެބޯޓްރީ ސަރވިސް”އަކީ ސަރުކާރުގެ ސިއްޙީ ވަަަޢުދުތެރޭގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޚިދުމަތެކެވެ. މި ޕްރޮގްރާމްގެދަށުން ލެބޯޓްރީގެ ޚިދުމަތް އެންމެ ފުރަތަމަ ގުޅާލާފައި މިވަނީ...

ފާތިމަތު ސިނާޒާ

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަޕާނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މިއަދު ޖަޕާނަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ދެޤައުމު ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ޖަޕާނު ސަރުކާރުގެ މަތީފަންތީގެ ގިނަ ޢަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާ ޖަޕާނާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރުމ...

އިބްރާހިމް އަސްވާޤް