މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1106 ވަނަ ޞަފްޙާ

މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް ދައްކުވައިދޭ ޗާޓެއް އާއްމުކޮށްފި

މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް ދައްކުވައިދޭ ޗާޓެއް އާއްމުކޮށްފި

ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ދައްކައިދޭ ޗާޓެއް ކަސްޓަމްސް އިން އާއްމުކޮށްފިއެވެ. އެ އިދަރާއިން އާންމު ކޮށްފައިވާ ޗާޓްގައި ފަހަގަކޮށްފައިވާ ގައުމުތަކަކީ 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އަތުލައިގަތް މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ގައުމުތަކަށް ކަމަށް އެފަރާތުގެ ޓުވީޓްގައި ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެެތެރެކޮށްފައި ވަނީ ރާއްޖެ އެ ސަރަހައްދެއްގައި އޮންނަ އޭޝިއާ ގެ ގައުމުތަކުންނެވެ...

ފާތިމަތު ސިނާޒާ
އެމްޑީއެންގެ މައްސަލާގައި އަޒްރާ ފުލުހަށް ހާޒިރުކުރަނީ

އެމްޑީއެންގެ މައްސަލާގައި އަޒްރާ ފުލުހަށް ހާޒިރުކުރަނީ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ނަސީމް ހާޒިރުވާން އަންގައި ފުލުހުން އިއުލާނެއް ނެރެފި އެވެ. ފުލުހުން އަޒްރާގެ ފޮޓޯއާއެކު އާންމުކޮށް އިއުލާން ކޮށފައިވަނީ އާއިލާއަށާއި ފުލުހުންނަށް އަޒްރާ އުޅޭ ތަނެއް އެނގިފައި ނުވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ފުރައްސާރަ ކޮށް ކީރިތި ގުރުއާނުގައިވާ ކަންކަމ...

ފާތިމަތު ސިނާޒާ
މަސްތުވާތަކެއްޗާއެކު ރ. ހުޅުދުއްފާރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ރ. ހުޅުދުއްފާރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި  މަސްތުވާތަކެއްޗާއެކު ދެ މީހަކު ރ. ހުޅުދުއްފާރުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޫބަރ...

ޔުމްނާ ޢަލީ
އައިޖީއެމްއެޗްއިން ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފި

އައިޖީއެމްއެޗްއިން ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފި

އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއްގައި އުމުރުން ހަ އަހަރު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފިއެވެ. އައިޖީއެމްއެޗްއިން ބުނީ އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުން 6 އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ކާމިޔާބު ކަމާއި އެކީ ނަގައިފައިވާކަމަށެވެ. އެ ކުއްޖާގެ ފުއްޕާމެއަށް ލެގޯ ބުރިކް ކޮޅެއް ގޮސްގެން ހޮސްޕިޓަލަށް ގެނައީ އިއްޔެގެ ވަގުތެއްގައެވެ. އައީ.ޖީ.އެމް.އެޗް ގެ ފުއްޕާމެއާއި ނޭވާލާ ނިޒާމް އާއި ބެހޭ ހާއްސަ ޑޮކްޓަރުނ...

އިބްރާހިމް އަސްވާޤް
މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ފަށައިިފި

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ފަށައިިފި

“މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019” ފަށައިިފި އެެވެ ސިއްހީ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން ކުރިއަށްދާނީ  މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އެވެ. ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ އަދި ޚިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރި ކުރުވުމާއި، އެފަދަ ޚިދުމަތްތައް […]

ޔުމްނާ ޢަލީ
މޫސުން ގޯސްވެ ކ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސްވެ ކ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސްވުމުގެ ސަބަބުން ކ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާާތު ދޭގޮތުގައި މިއަދު ހެނދުނު 04:00 އިން އިއރުއޮއްސި 6 ޖެހުމާއި ހަމައަށް ކ. އަތޮޅުން ފ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި އެ ސަަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ހއ އަތޮޅުން ތ އަތޮޅާއިދެމެދު މިއަދު 6 ޖެހުމާއި ހަމައަށްވަނީ ވައިޓް އެލާޓް ނެރެފައެވެ މީގެ އިތުރުން ކުރިއަށް އޮތް ސައުވީސް ގަޑިއިރު އުތުރާއި މެދުތެރޭގެ އެކިހިސާބަށް […]

އިބްރާހިމް އަސްވާޤް
މެޑިކަލް ރިކޯޑާ ބެހޭ ޤަވާއިދު އާންމުކޮށް 3 މަސް ފަހުން އަމަލުކުރަން ފަށަނީ

މެޑިކަލް ރިކޯޑާ ބެހޭ ޤަވާއިދު އާންމުކޮށް 3 މަސް ފަހުން އަމަލުކުރަން ފަށަނީ

2015 ވަނަ އަހަރު އެކުލަވާލި ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މެޑިކަލް ރިކޯޑާ ބެހޭ ޤަވާއިދު އިއްޔެ އާންމުކޮށް، އިއްޔެއިންފެށިގެން 3 މަސް ދުވަހުގެ ފަހުން ޤަވާއިދަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ. މި ޤަވާއިދަކީ ރާއްޖޭގައި ބޭސްފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލި ޤަވާއިދެކެވެ.މިޤަވާއިދުގެ ދަށުން މެޑިކަލް ރިކޯޑުތައް އިތުރަށް ހަރުދަނާ ކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅާ ސިއްޙީ ފަރުވާދޭ ހުރިހާތަނެއް މޮނީޓަރ ކުރެވިގެންދާނެ...

އިބްރާހިމް އަސްވާޤް
ވިސްލްބްލޮވާރސްއަށް ރައްކާތެރިކަން ލިބޭ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

ވިސްލްބްލޮވާރސްއަށް ރައްކާތެރިކަން ލިބޭ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 08 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 50 ވަނަ ޖަލްސާއިން ފާސްކުރެއްވި “ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް” އަކީ މި ބިލުގައި ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެ...

އިބްރާހިމް އަސްވާޤް

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ އާއި މަހާޒުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް މިއަދު ދެ ނަންފުޅެއް ހުށަހަޅުއްވައިފިއެވެ. ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ގދ. މަޑަވެލި، މޭނާ އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރުގެ ނަންފުޅާއި އައްޑޫ ސިޓީ ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަނ...

ޔުމްނާ ޢަލީ
މާސްޓާކާޑާއި ބިޒްނަސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރަފުކޮށްފި

މާސްޓާކާޑާއި ބިޒްނަސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރަފުކޮށްފި

ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓަރކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެ ގޮތަށް ފަރުމާކޮށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހެނދުނު ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ. މީގެ އިތުރުން ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކު ޕޭމަންޓް ހެދުމަށް ފަރުމާކޮށްފައިވާ މާސްޓާރ ކާޑުވެސް މިއަދު ވަނީ އިފްތިތާހް ކޮށްފައެވެ. ބީއެމްއެލްއިން މިއަދު ތައާރަފު ކުރި ބިޒްނަސް ކާޑަކީ ކުދި ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތް...

ފާތިމަތު ސިނާޒާ
ޕޭޕަލް ނުލިބޭތީ ޝަކުވާ ބޮޑުވެ "ނޭޝަނަލް ޕޭމަންޓް ގޭޓްވޭ" ހަދަނީ

ޕޭޕަލް ނުލިބޭތީ ޝަކުވާ ބޮޑުވެ "ނޭޝަނަލް ޕޭމަންޓް ގޭޓްވޭ" ހަދަނީ

ޕޭޕަލް ފަދަ މުހިއްމު ހިދުމަތްތައް ރާއްޖޭގައި ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި އެކަންތަކަށް ހައްލެއް ގެނައުމަށް މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނަމުގައި ޕޭމަންޓް ސިސްޓަމެއް ހަދަމުން އަންނަކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ، އަގުބޮޑު، ބޭނުން ކުރަން އުނދަގޫ އަދި އެންމެ...

ޔުމްނާ ޢަލީ
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް: ރައީސް

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް: ރައީސް

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. “ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށް ކުރިމަތިވެފައި އޮތް...

އިބްރާހިމް އަސްވާޤް
އެމްޑީއެން ރިޕޯޓާއި މެދު އެދުރުންވެސް ބަސް ބުނަންވާނެ: ޑރ. އަލީ ފަވާޒް

އެމްޑީއެން ރިޕޯޓާއި މެދު އެދުރުންވެސް ބަސް ބުނަންވާނެ: ޑރ. އަލީ ފަވާޒް

ކޮންމެ އެދުރަކު ވެސް އެ ބޭފުޅެއްގެ ބަސް ވިދާޅުވާން ޖެހޭ ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ. ޑރ. ޝަރީޕް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ވިދާޅުވެ ފޭސްބުކްގައި ލިއުއްވި ސްޓޭޓަސްއެއްގައެވެ. “އަދި އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ އެދުރަކުވެސް އެ ރިޕޯޓް ކިޔުއްވާ އެބޭފުޅެއްގެ ބަސް ބުނަންވާނެ ކަމަށެވެ. އަދި […]

ޔުމްނާ ޢަލީ

ބްރޯޑްބޭންޑާ ގުޅޭ ޕޮލިސީއެއް ހަދައި އިންޓަނެޓް އަގުހެޔޮ ކުރަނީ

އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ބްރޯޑްބޭންޑް ޕޮލިސީއެއް ހަދައި އިންޓަނެޓު އަގިހެޔޮ ކުރުމުގެ މަސައްކަތްކުރަމުން ދާކަމަށް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ ހަދައި ތަންފީޒުކުރަން ފެށުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މަސް ނިމިގެންދާއިރު ބާކ...

އިބްރާހިމް އަސްވާޤް