މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1107 ވަނަ ޞަފްޙާ

ޝީރީން މީޑިއާ ކައުންސިލުން އިސްތިއުފާދެއްވައިފި

ޝީރީން މީޑިއާ ކައުންސިލުން އިސްތިއުފާދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަސްވަނަ ދައުރަށް 60 ވޯޓާއި އެކު އާންމުންގެ ތެރެއިން ހޮވުނު އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް (ގ. ނޫމަރާވިލާ، މާލެ) މީޑިއާ ކައުންސިލުން އިސްތިއުފާދެއްވައިފިއެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ކައުންސިލުން އިސްތިއުފާދީފައި ވާތީ އިސްތިއުފާ ގަބޫލުކޮށްފައިވަނީ މިއަދު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމް...

ފާތިމަތު ސިނާޒާ
ދަނޑުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޮޑު މަޝްރޫޢެއްފަށަނީ

ދަނޑުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޮޑު މަޝްރޫޢެއްފަށަނީ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީ ފެންވަރުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އޮކްޓޯބަރ 16 ވަނަ ދުވަސް ފާހަގަކުރަމުން އަންނަ އިރު ދިވެހިރާއްޖޭގައިވެސް މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އިސް ނަންގަވައިގެން ދަނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުންނެވެ. ”Our Actions are Our Future. Healthy Diets for a Zero Hunger World” މިޝިޢާރުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދިވެހިރާއްޖޭގެ […]

ފާތިމަތު ސިނާޒާ
ނ. މާފަރުން މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި

ނ. މާފަރުން މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ނ.އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 14 ވަނަ ދުވަހުގެ 10:33 އެހައިކަންހާއިރު މާފަރު ބަނދަރު ސަރަޙައްދުންނެވެ...

އިބްރާހިމް އަސްވާޤް
އޮންލައިންކޮށް ޕޮލިސް ރިޕޯޓަށް އެދި ހުށައަޅާނީ ކިހެނެތް؟

އޮންލައިންކޮށް ޕޮލިސް ރިޕޯޓަށް އެދި ހުށައަޅާނީ ކިހެނެތް؟

އޮންލައިންކޮށް ޕޮލިސް ސެޓްފިކެޓަށް ނުވަތަ ޕޮލިސް ރިޕޯޓަށް އެދި ހުށައެޅޭނެ ގޮތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ހަމަޖައްސާފައެވެ. އޮންލައިން ކޮށް ޕޮލިސް ސެޓްފިކެޓަށް އެދި ލެއްވުމުން ފުލުހުންގެ އިދާރާއަށް އޮންލައިން އެޕްލިކޭޝަން ލިބުމުން އީމެއިލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ލިބުނު ކަމުގެ އީމެއިލް އެއް، ޕޮލިސް ސެޓްފިކެޓަށް އެދުނު ފަރާތަށް ލިބިލައްވާނެއެވެ. އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ އީމެއިލްގެ ޒަރިއްޔާއިން ޓޯކަން ނަންބަރެއް ލިބިލައްވާނެއެވެ. މިޓޯކަން ނަންބަރަކީ އެޕްލިކޭޝަން ދެން ފުރ...

އަޙްމަދު މުޖުތަބާ
މޮޒަންބީކްގެ އިންތިޚާބު ވިލަރެސްކުރާ ވަފުދުގެ އިސްވެރިއަކަށް ސަރީރު

މޮޒަންބީކްގެ އިންތިޚާބު ވިލަރެސްކުރާ ވަފުދުގެ އިސްވެރިއަކަށް ސަރީރު

މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޮޒަންބީކްގެ އާންމު އިންތިޚާބު ވިލަރެސްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވަފުދެއް ފޮނުވައިފިއެވެ. އެމްބެސެޑަރ އަހުމަދު ސަރީރު އިސްކޮށް ހުންނެވި މި ވަފުދުންވަނީ އިންތިޚާބުގެ ތައްޔާރީތަކުގެ މައުލޫމާތު ހޯދުމަށްޓަކައި ނޭޝަނަލް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަބްދުލް ކަރީމޯ ނޯރދީން ސައި އާއި ބައްދަލުކޮށްފައެވެ. މިވަފުދުން ވަނީ ސެކްރެޓަރީ ޖެނެރަލް ޑރ.ޔޫސުފް އަލް އުޘައިމީންގެ ސަލާމް ރައްދުކުރައްވައި، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގ...

އިބްރާހިމް އަސްވާޤް
އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގަ...

ޔުމްނާ ޢަލީ
މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފި

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފި

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފިއެވެ. މާލޭ ޓެނަންޓްސް ޔޫނިއަން ނުވަތަ އެމްޓީޔޫ އަކީ އެތަށް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭމީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެއްދިފައިވާ ޖަމިއްޔާއެކެވެ. މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެމީހަކަށްވެސް މިޖަމިއްޔާގައި ބައިވެރިވެ އެމީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެކަމިއްޔާއިން ބުނެއެވެ. މިޖަމިއްޔާގެ...

ޔުމްނާ ޢަލީ

ކުޅުދުއްފުށި - ކޮޗިން ފެރީ: އިމިގްރޭޝަންގެ ކަންބޮޑުވުން

ހދ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކަނޑު މަގުން ފަށަން އުޅޭ ފެރީ ދަތުރުގެ ޚިދުމަތާ މެދު ކަންބޮޑުވުންތައްކެއް ހުރި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިމިގްރޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވުމުން ދެއްވި ޖަވާބުގައެވެ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވީ ކޮޗިން އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ދަތުރު ފަށައިގެން، އޭގެއިން ދަތުރުކުރާ މީހުންގެ ރެކޯޑްސްތައް […]

ޔުމްނާ ޢަލީ

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ޝިފާޒު ކުރިމަތި ލައްވައިފި

ހުސްވެފައިވާ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ރައީސް މުޙައްމަދު ނަޝީދު އަދި ނައިބް ރައީސް ކަމަށް މުޙައްމަދު ޝިފާޒު ކުރިމަތި ލައްވައިފިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމު ހުސްވެފައިވާތީ ރޭގައި އެޕާޓީން ވަނީ މި ދެ މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް 22 ނޮވެންބަރު 2019 ވާ (ހުކުރު) ދުވަހު ބޭއްވުމަށް އިޢުލާންކޮށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މި މަގާމަށް ކުރިމަތިލުމުގެ ފަހު ވަގުތަކީ 19 އޮކްޓޫބަރ […]

އަޙްމަދު މުޖުތަބާ
އައިޕީޔޫގެ 141 ވަނަ މަހާސިންތާގައި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެއްޖެ

އައިޕީޔޫގެ 141 ވަނަ މަހާސިންތާގައި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެއްޖެ

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 17 އަށް ސާބިއާގެ ވެރިރަށް ބެލްގްރޭޑް ގައި ކުރިޔަށް ގެންދާ އައިޕީޔޫގެ 141ވަނަ މަހާސިންތާގައި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެއްޖެއެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ކުރީގެޑިފެންސް މިނިސްޓަރ މިހާރުގެ މަޑުވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އޭދަފުށީ ދާއިރާގެ މެމްބަރު ހިޝާން ހަސަން ގެ އިތުރުން ރައްޔިތުން މަޖިލީހު...

ފާތިމަތު ސިނާޒާ
ރ.އަތޮޅު ފަޅުރަށެއްގައި އަނިޔާވެރި ގޮތަކަށް އައްސާފައިވާ ވެލައެއް ސަލާމަތްކުރަނީ

ރ.އަތޮޅު ފަޅުރަށެއްގައި އަނިޔާވެރި ގޮތަކަށް އައްސާފައިވާ ވެލައެއް ސަލާމަތްކުރަނީ

ރ އަތޮޅު އުނގުލު ކިޔާ ފަޅު ރަށެއްގައި ވަރަށް އަނިޔާވެރިކޮށް އައްސާފައިވާ ވެލައެއް ސަލާމަތްކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމަކުން ކުރަންފަށައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ވެލާ އޮތީ އުއްޑުން ފުރޮޅާލައި ގަހަކާލައި އޭގެ ދެ ފިޔަފަތްގަނޑުގައި ވާޖަހައި އައްސާފައެވެ. ވާހަޖަހާ އައްސާފައި ހުރި ތަން އޭގެ ފިޔަފަތްގަނޑުގެ ބުޑުދަށުން ހުރީ ކަނޑާ ވަދެފައެވެ. ރ. އުނގުލު އޮންނަނީ އެ އަތޮޅު އިފުރު އަދި އުނގޫފާރާ ދެމެދުގައެވެ. މިނިސްޓ...

އަޙްމަދު މުޖުތަބާ

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމަށް ހިންނަވަރު، މުޙައްމަދު މާހިރު ޢީސާ

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމަށް ހިންނަވަރު، ހިޔާވަހި މުޙައްމަދު މާހިރު ޢީސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ. މިބޭފުޅާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރ ހޯމްއެފެއާޒްގެ މަގާމަށް ހަމަޖެއްސެވި މުޙައްމަދު މާހިރު ޢީސާއަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމާއި ފާދިއްޕޮޅު އަތޮޅު ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކ...

އިބްރާހިމް އަސްވާޤް

އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

ހަދަމުންދާ އިމާރާތެއްގެ 5 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ ފަރީދީ މަގުގައި ހަދަމުންދާ އިމާރާތަކުންނެވެ. ފުލުހުން ވަނީ މިއަދު 9:52 އެހާއިރު ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށައަޅާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ދަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން އިތުރަ...

އަޙްމަދު މުޖުތަބާ
ރައީސްގެ އެޑްވައިޒަރަކަށް މުޙައްމަދު ޝިހާބު

ރައީސްގެ އެޑްވައިޒަރަކަށް މުޙައްމަދު ޝިހާބު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް މާފަންނު ބަގީޗާ މުޙައްމަދު ޝިހާބު މިއަދު އައްޔަން ކުރައްވައިފި އެވެ. ޝިހާބުއަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖެއްސެވި މުޙައްމަދު ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވު...

އިބްރާހިމް އަސްވާޤް
ތެލެސީމިއާ ސެންޓަރުން ފަރުވާކުރާ ކުދިންނަށް އާސަންދަ ހަމަޖައްސައިފި

ތެލެސީމިއާ ސެންޓަރުން ފަރުވާކުރާ ކުދިންނަށް އާސަންދަ ހަމަޖައްސައިފި

ތެލެސީމިއާ ސެންޓަރުން ނުވަތަ މޯލްޑިވިޔަން ބްލަޑް ސަރވިސަސްއިން ފަރުވާކުރާ ކުދިންނަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އާސަންދައިން މިއަދު ނެރުނެފައިވާ ސަރކިއުލަރ ގައި ބުނެފައިވަނީ، ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ އެހެނިހެން މަރުކަޒު ތަކެކޭ އެއްގޮތަށް، ނެޝަނަލް ތެލްސީމިއާ ސެންޓަރުގެ ނަމުގައި މޯލްޑިވިޔަން ބްލަޑް ސަރވިސަސްއިން ދޫކުރާ ބޭސް ސިޓީތަކަށް 14 އެކްޓޫންބަރު 2019 ވަނަ ދުވަހުން ފެށިގެން، އާސަންދަ ސްކީމްގެ ދަށުން އެމްޕެނަލްވެފައިވާ އެންމެހާ ފާމަސީތަކުން ޚިދުމަތް ލިބޭނެ ކަމަށެވެ. ސަ...

ޔުމްނާ ޢަލީ