2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަށް އިޢުލާން ކޮށްފިއެވެ. މި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ގައުމީ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައެވެ. އާޓްސްގެ ދާއިރާއިން ޖުމްލަ 11 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު އެޑިއުކޭޝަންގެ ދާއިރާއިން 16 ކޯހެއް ފަށާނެއެވެ. އިންޖިނީރިން، ސައިންސް އަދި ޓެކްނޮލަޖީގެ ދާއިރާއ...
އަޙްމަދު މުޖުތަބާ
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ހަދިޔާކުރުމަށް ހަމަޖެހިއްޖެއެވެ. މި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނ...
އިބްރާހިމް އަސްވާޤް
ހަނިމާދޫ ސްކޫލްގައި ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ޕްލޭ ސްކޫލް ދަރިވަރުންނަށް ޕްލޭ އޭރިއާއަށް ހަދައިދޭނެ ބަޔަކު ހޯދަން ކުރި ޢިއުލާނުތަކަށް އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތި އެދެމަސައްކަތް އަލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކޮށްފިއެވެ. ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ގުޅޭގޮތުން ކޮށްފައިވާ ޢިއުލާނުގައިވަނީ އެމަސައްކަތުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 އިން 2019 އޮކްޓޯބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، ހަނިމާދޫ [...
ޔުމްނާ ޢަލީ
ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށައިފިއެވެ. މިޙިދުމަތް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް އެކަމަނާ އިފްތިތާޙު ކޮށްދެއްވީ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯ...
އިބްރާހިމް އަސްވާޤް
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯން އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓރީ އޮފް ފިސަރީޒް އެން އެގްރިކަލްޗަރ އިން ކުރިއަށްގެންދާ [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވޯކްޝޮޕް މިނިސްޓަރ ޒަހާ ވަޙީދު މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ. މިވޯކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މާގިރި ހޮޓެލްގައެވެ. [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގ...
އިބްރާހިމް އަސްވާޤް
ވިޔަފާރިކުރުމާގުޅޭ ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން އުފައްދައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 15 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 150...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް، ގދ.ފަރެސްމާތޮޑާ، ހުސްނުހީނާގެ މުޙައްމަދު ޢާމިރު އަޙްމަދު ޢައްޔަނު ކުރައްވައިފިއެވެ. ޤައުމީ އަރުޝީފުގެ ޑިރެޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޢާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ...
އިބްރާހިމް އަސްވާޤް
ދެކުނު އޭޝިއާގެ ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ، ހަތަރު ވަނަ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް 2019 (ސަޓާ) ގެ ލީޑިން އޯލް އިންކުލޫސިވް ރިސޯޓަކަށް ރާއްޖޭގެ ސެންޓާރާ ރަސްފުށި ރިސޯޓު އެންޑް ސްޕާ ހޮވިއްޖެއެވެ. މިއަހަރުގެ ސަޓާ އެވާޑަށް އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓް ވެފައިވެއެވެ. އެގޮތުން ސަޓާގެ މެމްބަރު 6 ގައުމު ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭސް، ބޫޓާން އަދި ނޭޕާލް ބައިވެރިވާ ސަޓާ އެވޯޑު ތަކުގެ ހައްގުވެރިން […]
އަޙްމަދު މުޖުތަބާ
ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ “ނޭޝަނަލް އެމްބިއުލާންސް ސަރވިސް” ތައާރަފްކުރުމަށްޓަކައި 25 ރަށަކަށް އެމްބިއުލާންސް ހަވާލު ކޮށްފިއެވެ. ހޮނިހިރު ދުވަހު ޖުމްހޫރީ މައިދާނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، 25 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ހިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް އެމްބިއުލެންސް ވަނީ ހަވާލުކޮށްފައެވެ. ކޮންމެ ރަށަކަށް އެމްބިއުލަންސްއެއް ފޮނުވާފައި އެހިސާބުން އެކަން ހުއްޓައެއްނުލާނެ. ސަރު...
އިބްރާހިމް އަސްވާޤް
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓްރީގެ އިސްވެރިންނާއިއެކު މަޝްވަރާކުރައްވައިފިއެވެ. ހޮނިހިރު ދުވަހު ބޭއްވި މި ބައްދަލުވުމުގައި މިހާރު ޑްރާފްޓްކޮށްފައިވާ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ބެހޭ ގޮތުން މިނިސްޓަރަށް ލަފާ އެރުވުނެވެ. ފޮރިން ސަރވިސްގެ ޤާނޫނެއް އެކުލަވާލައި، ދައު...
އިބްރާހިމް އަސްވާޤް
ދައުލަތުން 2020 އަހަރަށް ލަފާ ކުރާ ބަޖެޓް މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ޤާނޫނުގައިވާ ގޮތުން ބަޖެޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މިމަހުގެ 31 ކަމަށްވާއިރު، ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަދި ބަޖެޓް ތައްޔާރުކުރުމުގެ ކުރ...
ފާތިމަތު ސިނާޒާ
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިއަދު ހަވީރު 04:00 އިން ފެށިގެން މިރޭ08:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަޙައްދަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. Alert White for heavy rain and thunderstorms. pic.twitter.com/qJIXILWChL — Maldives […]
އިބްރާހިމް އަސްވާޤް
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކާއި މެދު ޤާނޫނީ ފިޔަވަޅު އަޅުއްވަން މިސަރުކާރުން ފަސްނުޖެހޭނެކަން ޔަޤީންކަމަށް މައްސޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ލާދީނީ ޓެރަރިސްޓް އެމްޑީއެން އާއި މެދު ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯވެސް ސުވާލު ކުރައްވާފައެވެ. ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވައިދީފިނަމަ ފިޔަވަޅު އަޅަންތޯވެސް ޑރ އިޔާޒު ސުވާލު ކުރެއްވިއެވެ. ޑރ އިޔާޒު މިގޮތަށް ސުވާލު ކުރެއްވީ “އަންނަނީ އަންނަނީ” ގެ ނަމުގައި ރޭ ޕްރޮގްރަސިވް...
އަޙްމަދު މުޖުތަބާ
އެމްޑީއެންއަށް އަލުން ހުއްދަދޭން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ދިގު ބަޔާނުގައި ބުނެފައި ވަނީމޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) ގެ ހަރަކާތްތައް ސަރުކާރުން ވަގުތީގޮތުން ހުއްޓުވާލި މައްސަލަ ކުށްވެރިކުރާކަމަށާއި ވަގުތުން ވަގުތަށް އެމްޑީއެންއަށް އަލުން ހުއްދަ ދިނުމަށްވެސް އެޖާއަތުގެ ބަޔާނުގައި ގޮވާލައިފައިވެއެވެ. “ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތަކަށް”، ދީނީ ޖަމާއަތްތަކުން ދޭ ހަމާލާތައް ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް މިބަޔާނުގައ...
ޔުމްނާ ޢަލީ
އިއްޔެ ދުވާފަރުގައި، މަދު ބަޔަކު ނިކުމެ ތިޔަ ހިންގެވީ ފިތުނަ ފަސާދަ އުފަށްދަން ހިންގެވި ސިޔާސީ ހަރަކާތެއްކަމަށް ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ. ދުވާފަރު ދާއިރާގެ މެންބަރު މިހެން ވިދާޅުވެފައިވަނީ ރޭ އެބޭފުޅާގެ ފޭސްބުކް އަދި ޓުވީޓަރގައި ލިއުއްވި ޕޯސްޓެއްގައެވެ. މިޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މި މައްސަލާގައި ސަރުކާރުން ވަނީ ރަނގަޅު ފިޔަވަޅެއް އަޅުއްވާފަ، އަދި އެމައްސަލައިގެ ތަހުގީގު ބާރަށް ކުރިޔަށް އެބަ ގެންދަވާ.. އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުފ...
ޔުމްނާ ޢަލީ