އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮއްވާ ފެނިގެން އޭޑީކޭއަށް މިއަދު ހެނދުނު ގެންދިޔަ މީހަކީ ކާކުތޯ ދެނެގަންނަން އެ ހޮސްޕިޓަލުން އާންމުންގެ އެހީއަށް އެދެފި އެވެ.

ފުލުހުން ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ހުރި ގޮންޑި އެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފަ އިން ކަމުގެ މައުލޫމާތު މިއަދު 06:26 އެހައިކަންހާއިރު ފުލުހުންނަށް ލިބުމާއެކު އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާކަމަށާއި އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ މަސައްކަތް ކުރަމުންކަމަށާއި ވީމާ، އެއްވެސް ފަރާތަކުން ދޮށީ އުމުރުގެ ފިރިހެނެއްގެ (ހުދު ތުންބުޅި އަކާއި މަތިމަހެއް ހުރި ފިރިހެނެއް) ޚަބަރެއް ވެފަ ނުވާނަމަ ނުވަތަ ވީތަނެއް ނޭންގިގެން އުޅޭ ނަމަ ‭3322111‬ އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދޭކަމަށެވެ.

Ad
rt

އޭޑީކޭ އިން ކުރި ޓްވީޓެއްގައި ބުނީ އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނަކު މިއަދު ހެނދުނު އެމަޖެންސީއަސް ގެނައި އިރު ވެސް ދިރިއޮތްކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި އޭނާ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން މަސައްކަތްކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

އަޕްޑޭޓް 10:20

ނިޔާވި މީހާ އަކީ ކާކު ކަން މިހާރުވަނީ ދެނެގަނެވިފައިކަމަށާއި ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް އަދި ނިޔާވި މީހާގެ އާއިލާ އާއި މިހާރު ގުޅިފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތުދީފައެވެ އަދި އާއިލާ އިން މިހާރު ވަނީ މީހާ އާއި ހަވާލުވެފައިކަމަށް ފުލުހުންބުނެއެވެ.