އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަމުން ދަނީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ. މި އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރުއެވެ. ވީމާ އާމިނަތު ނަޝާ ނާޝިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 9631...
އިބްރާހިމް އަސްވާޤް
ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާއިއެކު ޕާޓީ މިއަދު ތަޖުރިބާ ކުރަންޖެހެނީ މުޅިން އާ ކަންތައްތަކެއް ކަމަށާއި އިދިކޮޅުގައި ހިތްވަރާއެކު ދެއްވި ޚިދުމަތް އެމްޑީޕީ ވެރިކަމުގައި އޮތްދުވަހު މާބޮޑަށްވެސް ދޭން ބޭނުންވާކަމަށް އެމްޑީޕީގެ ނައިބްރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރަކުންވެސް ކުރެއްވި ޝިފާޒު ވިދާޅުވީ ޕާޓީގެ ފާއިތުވެދިޔަ 14 އަހަރުގެ ދިގު ތާރީޚުގައި އެންމެ ހިއްދަތި އަހަރުތަކަކީ ނިމިދިޔަ 5 އަހަރުކަމަށެވެ. އަނިޔާވެރިކަމާއި، ޚުދ...
އަޙްމަދު މުޖުތަބާ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކާށިދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ 17:50 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށު މަގުމަތިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބ...
އިބްރާހިމް އަސްވާޤް
ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ. މޯލްޑިވްސް ޕޮލިސްސާރވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދި ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ. ފަހަކަށް އައިސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނުނާ، ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި އެޤޫނޫނާ ޚިލާފު ޢަމަލުކުރަމުންދާކަމަ...
އިބްރާހިމް އަސްވާޤް
ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވެ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ޞިއްޙީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު 15:35 ހާއިރު މާލެ ގެނެސްފިއެވެ. އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 35 އަހަރުގެ ފިރިހެން މި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން މިއަދު...
އިބްރާހިމް އަސްވާޤް
މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެކޮމިޝަނުން ހާމަކޮށްފައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލަ ކަމަށް އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭސީސީން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަހަރުގ...
އަޙްމަދު މުޖުތަބާ
މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު 5600 އަށްވުރެ ގިނަ ދަރިވަރުންނަށްވަނީ ދީފައެވެ. ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ޕްރިގްރާމަށް މިހާތަނަށް 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައިވާއިރު ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 3800 ދަރިވަރުންނަށް އިންވޮއިސްއާއި 1800 ކުދިންގެ ރިފަންޑް ހަމަޖައްސައި ދީފައިވާނެ ކަމަށެވެ. ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތަކީ ސަރުކާރުން އެކަމަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމަކަށްވީއިރު މިކަމަށް 156 މިލިއަނެއްހާ ރުފިޔާ ޚަރ...
އަޙްމަދު މުޖުތަބާ
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ރިޕޯޓް ކުށްވެރިކޮށް، އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް އިއްޔެއާއި ހަމައަށް 102 ކައުންސިލަކުން ގޮވާލައިފިއެވެ. އޭގެ ތެރޭގައި ރަށު ކައުންސިލްތަކާއި ބައެއް އަތޮޅު ކައުންސިލްތައް ވެސް ހިމެނެ އެވެ. “ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯ...
އިބްރާހިމް އަސްވާޤް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ރިވެލި މައުރަޒް ގެ ނަމުގައި މަޢުރަޒެއް ބެއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހަމަޖައްސައިފިއެވެ. މި މަޢުރަޒުގެ މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން މިމައުރަޒުގައި އެފަދަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަ...
ފާތިމަތު ސިނާޒާ
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ)އިން ސްޕޮންސަރކޮށް ކުރިއަށްގެންދިޔަ ”އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން” ހޯމަ ދުވަހު ނިންމާލައިފިއެވެ. ޓްރޭނިންގ އާއި ސީ.އެމް.އީ ހިމެނޭގޮތަށް ހޮޓެލް ޖެންއާއި އައި.ޖީ.އެމް.އެޗްގެ އޯކިޑް ހޯލުގައި ކުރިޔަށް ގެންދިޔަ ސެޝަން ތައް ބާއްވާފައިވަނީ މިމަހުގެ 19 ން 21ގެ ނިޔަލަށެވެ. މިއީ އައި.ޖީ.އެމް އެޗް ގެ ލެބޯޓްރީ މެޑިސިން، ނޭޝަނަލް ހެލްތު ކެއަރ އެކަޑެމީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިންއިން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ހަރަކާ...
ފާތިމަތު ސިނާޒާ
ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ. ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީހުން ފޮނުވާކަމަށާއި ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި އެ މީހާއަކީ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށެވެ. އަދި އޭނާއަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތްކުރާ ފަރ...
އިބްރާހިމް އަސްވާޤް
ވޯލްޑް ބޭންކްގެ އޮފީހެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޮޝިންޓަން ޑީސީގައި ކުރިއަށްދިޔަ ވޯލްޑް ބޭންކް އަހަރީ ޖަލްސާގައި ރާއްޖޭގައި އޮފިސް ހުޅުވުމާއި ގުޅޭގޮތުން މި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި މަހުގެ 18 އިން 20 އަށް ކުރިއަށްދިޔަ ވޯލްޑް ބޭންކް އަހަރީ ޖަލްސާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކްގެ ފަރާތުން މި އެއްބަސްވުމުގައި […]
އިބްރާހިމް އަސްވާޤް
“ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިޔަށްދިޔަ މި މުބާރާތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ކޮންމެ ކުއްޖަކީވެސް ޤާބިލުކުއްޖަކަށް ހެދުންކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުރުން އެއީ ކަންކަން ނުކުރެވޭނެކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫންކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ ބޮ...
އިބްރާހިމް އަސްވާޤް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން އެމިނިސްޓްރީގެ މުވައްޒަފުންގެ ކޮރްޕްޝަންގެ މައްސަލައެއް އުޅޭތޯބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ. އަމިއްލި ފަރާތަކުން މިނިސްޓްރީއަށް ހުށައެޅި މައްސަލައަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީން ފޮނުވި ސިޓޭގެ ޖަވާބުގައި ބުނެފައިވަނީ މިނިސްޓްރީގެ އެއްވެސް މުވައްޒަފެއް ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ އާއި މަޤާމުގެ ނޫފުޒު ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާ ތަޙްޤީޤުކޮށްދެއްވުމަށް އެދި މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމ...
އަޙްމަދު މުޖުތަބާ
ނޫސްވެރިކަމުގެ ތަމްރީނު ކޯހެއް “ޝަހީބް މީޑިއާ” އިން ބާއްވަން ނިންމައިފިއެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ދާނީ ނޮވެމްބަރ 14 ވަނަ ދުވަހާއި ހަމައަށެވެ. 14 ދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގެ ފީ އަކީ 2500 ރުފިޔާ އެވެ. މިކޯހުގައި ކިޔަވައި ދެއްވާނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މައްސޫރު ފަރާތްތަކެވެ. އެގޮތުން މިކޯހުގައި ކިޔަވައިދޭ ފަރާތްތަކަކީ ކުރީގެ ނޫސްވެރިޔާ އަދި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު […]
އަޙްމަދު މުޖުތަބާ