މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1090 ވަނަ ޞަފްޙާ

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައި ގެޒެޓްކޮށްފިއެވެ. ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން ނުވަތަ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ 3 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ […]

އިބްރާހިމް އަސްވާޤް
ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އާޖެންޓީނިއަން ރިޕަބްލިކާއި ރިޕަބްލިކް އޮފް ސައިޕްރަސްގެ އިތުރުން ދަ ކިންގްޑަމް އޮފް ދަ ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާޖެންޓީނާގެ އާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޑެނިއަލް ޗުބޫރޫއާއި...

އިބްރާހިމް އަސްވާޤް
އެފްރިކަން އެއާލައިންސްގެ ސީޒަނަލް ދަތުރުތައް ގަމަށް ފަށައިފި

އެފްރިކަން އެއާލައިންސްގެ ސީޒަނަލް ދަތުރުތައް ގަމަށް ފަށައިފި

ޗުއްޓީއާ ދިމާކޮށް ސައުތު އެފްރިކަން އެއާލައިންސްގެ ތިންވަނަ ފޭސްގެ ދަތުރުތަށް ގަމަށް ފަށައިފިއެވެ. ގަން އިންޓަނޭޝަނަނަލް އެއާޕޯޓަށް އަލުން ފަށަން ހަމަޖެހިފައިވާ ސައުތު އެފްރިކަން އެއާރލައިންސް ދަތުރު ތަކުގައި ޖެނުއަރީ މަހުގެ ނިޔަލަށް ޖުމްލަ 6 ދަތުރު ބާއްވަން ވަނީ ހަމަ ޖެހިފައެވެ. އެއީ ކޮންމެ ހަފްތާގެ އާދީއްތަ ދުވަހު 1 ދަތުރެވެ. މިގޮތަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ޗުއްޓީ އާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިން ގެ އަދަދު ނިސްބަތުން އިތުރު ވެގެންދާނެތީ ކަމަށް ޕީއެސްއެމް […]

ފާތިމަތު ސިނާޒާ
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމީ ދާއިރާގެ ގިނަ ކަންކަން ގާނޫނުގެ ތެރެއަށް ލުމަށް “ތައުލީމުގެ ބިލު” މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ. މުމްތާޒް ހުށަހެޅި މި ބިލްގެ ދަށުން ރެޖިސްޓްރީކޮށް ލައިސަންސް ހޯދުމަކާ ނުލައި ޓީޗަރުންނަށް ކިޔަވައި ނުދެވޭނެ ގޮތް ވަނީ ހަދާފައެވެ. ތައުލީމުގެ ބިލުގައި ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރެޖިސްޓްރީ ކުރުމަށް ލާޒިމުކޮށްފައިވާއިރު ތައުލީމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމަކާ ނު...

ފާތިމަތު ސިނާޒާ
އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަމުގައި މަސްބަނާނެ މިންވަރު ކަނޑައެޅުމަށް ސަމާލުކަންދޭން ޖެހޭ- މިނިސްޓަރ ޒަހާ

އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަމުގައި މަސްބަނާނެ މިންވަރު ކަނޑައެޅުމަށް ސަމާލުކަންދޭން ޖެހޭ- މިނިސްޓަރ ޒަހާ

ރާއްޖޭގެ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ފޯރަމް މިއަދު ފަށައިފިއެވެ. ހުޅުމާލޭ ބުރައިޓްވޭ އިންޓަނޭޝަނަލް ސުކޫލުގައި އިފްތިތާހު ކުރެވިގެން މި ދިޔަ ފޯރަމް ފައްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދެވެ. މި ފޯރަމްގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާޢަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާއިބެހޭ ގޮތުން މަޢުލޫމާތު ބަދަލުކު...

ފާތިމަތު ސިނާޒާ
ޑިޕޮސިޓް ފައިސާ ޓެނެސްސީ ބޯޑަށް ނަގާ އެޕާޓްމެންޓެއްގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަނީ

ޑިޕޮސިޓް ފައިސާ ޓެނެސްސީ ބޯޑަށް ނަގާ އެޕާޓްމެންޓެއްގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަނީ

ޑިޕޮސިޓް ފައިސާ ޓެނެސްސީ ބޯޑަށް ނަގާ އެޕާޓްމެންޓެއްގައި ދިރިއުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅަންޖެހޭ ގޮތަށް “ދިރިއުޅުމައްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލް”ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށައަޅާފައެވެ. ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރާއިރު އެކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް “ޓެނެންސީ ބޯޑު” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ބޯޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު އެ ބޯޑުގައި ހިމެނެނީ ތިން މެމްބަރުންނެވެ. ބޯޑަށް މެމްބަރުން އައްޔަނު ކުރާނީ މިނިސްޓަ...

އިބްރާހިމް އަސްވާޤް
މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައެއް: ރައީސް

މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައެއް: ރައީސް

މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ތަނެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މުލިއާގެއަށް 100 އަހަރުފުރުމުގެ މުނާސަބަތުގައި މިރޭ މުލިއާގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުލިއާގެއަކީ ތާރީޚެއް އޮތްތަނެއް ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މުލިއާގޭގައި ދައުލަތުގެ އެތައް ވުޒާރާއެއް ހިންގެވުމުގ...

ޔުމްނާ ޢަލީ
ޤާސިމްގެ މަރާ އަޅުގަނޑާ ގުޅުވައި ފަތުރަނީ ދޮގު ހަބަރެއް - ޝަހީމް

ޤާސިމްގެ މަރާ އަޅުގަނޑާ ގުޅުވައި ފަތުރަނީ ދޮގު ހަބަރެއް - ޝަހީމް

މި ހިނގާ ޑިސެމްބަރު މަހު 4 ވަނަ ދުވަހު ގެރޭ ހުޅުމާލޭގައި ޓެކްސީއެއްގެ ތެރޭގައި އދ. މާމިގިލީ ކަނީރުމާގެ ޤާސިމް ޙަސަން މަރާލާފައިވާ ހާދިސާއާ ކަނޑިތީމް ދާއިރާގެ މެންބަރާއި ގުޅުވައިގެން ދޮގު ވާހަކަތަށް ބައެއް މީޑިއާ ތަކުގައި ފަތުރަމުންދާތީ ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ޢަބްދުލްހަކީމް އެކަން ދޮގުކޮށްފިއެވެ. މެމްބަރު މިއަދު ނެރެފައި ވާ ބަޔާނުގައި ބުނެފައިވަނީ ޤާސިމް ޙަސަންއާ ބައްދަލުވެ ނުވަތަ އެނޫން ގޮތަކުންވެސް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ކަން މިހެން އޮތްއިރު، […]

ފާތިމަތު ސިނާޒާ
ގޯ ގްރީން ކެމްޕެއިން ރައީސް ފަށްޓަވައިދެއްވައިފި

ގޯ ގްރީން ކެމްޕެއިން ރައީސް ފަށްޓަވައިދެއްވައިފި

ކްލީން މޯލްޑިވްސް ޖަމިއްޔާގެ ގޯ ގްރީން ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ފަށްޓަވައިދެއްވައިފިއެވެ. ހުޅުމާލޭ ފޭސް ދޭއް ސަރަޙައްދުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވި މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ކްލީން މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރުކެއް އިންދަވާދ...

އިބްރާހިމް އަސްވާޤް

ނ. ވަވަތި ކުރޮޅިއަށް ތެޔޮބޯޓެއް އަރައިފި

ނ. ވަވަތި ކުރޮޅިއަށް ތެޔޮބޯޓެއް އަރައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވަނީ މިއަދު ހެނދުނު 06:40 ހާއިރު ކަމަށެވެ. މިހާދިސާ ހިނގިއިރު އެ ބޯޓްގައި ޖުމްލަ 4 މީހުން ތިބި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. މި ބޯޓް ފުން ކުރުމަށް ބޯޓްގެ ވެރިފަރާތުން ދަނީ އުޅަނދެއް ހަމަޖައްސަމުންނެވެ. ފަރަށް އަރާފައިވަނީ އީއެލްއެމް އިންޖިނިއަރިން ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ “އީއެމްއެލް ބާޖް” ނަމަކަށްކިޔާ ބޯޓެކެވެ.

އިބްރާހިމް އަސްވާޤް

ޕީޖީ ކަމަށް ޝަމީމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފި

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ. ޕީޖީގެ މަގާމް ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް މިދިޔަމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމާއެކު މިމަގާމަށް ދެން ކުރިމަތިލެއްވީ  ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަށް ރައިސް އިބްރާހިމް ޞާލިހު ފޮނުއްވި ސިޓީފުޅުފައި ވަނީ ޝަމީ...

މަރްޔަމް ސިމާނާ
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ފަނޑިޔާރު ކަމަށް ސުއޫދު

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ފަނޑިޔާރު ކަމަށް ސުއޫދު

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ސުއޫދު އައްޔަން ކުރަން 64 މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ. މުއުތަސިމް އަދްނާނު ވަނީ މީގެ […]

އިބްރާހިމް އަސްވާޤް
ވަައިޓް އެލާޓުގެ އިތުރުން ނ އަތޮޅުން ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ވަައިޓް އެލާޓުގެ އިތުރުން ނ އަތޮޅުން ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ނ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އަނެއްކާވެސް ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލާޓްގެ އިތުރުން މެޓް އޮފީހުން ވަނީ މިރޭ ވައިޓް އެލާޓެއްވެސް ހެނދުނު 06:30 އާއި ހަމައަށް ހއ އަތޮޅުން ތ އަތޮޅާއި ދެމެދަށް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ މެންދަމު 00:45 އިން 03:45 އަށެވެ. Alert Yellow for torrential rain and thunderstorms. pic.twitter.com/ZQpJ6aQBG3 — Maldives Meteorology (@MetMaldives) December […]

އިބްރާހިމް އަސްވާޤް
ކުރިޔަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ – ނައިބު ރައީސް

ކުރިޔަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ – ނައިބު ރައީސް

ކުރިޔަށްހުރި ދުވަސްތަކުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ...

އިބްރާހިމް އަސްވާޤް
ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ކެއަރ ހޮސްޕިޓަލްގެ އިސްވެރިންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލް ގްރޫޕުގެ ސީއީއޯ، ޑރ. ރަޖީވް ސިންގަލާއި ކޮލިޓީ ކެއަރ އިންޑިޔާގެ ޖެނެރަލް މެނޭޖަރ އިންޓަރނޭޝަނަލް މާކެޓިންގ، ރަޖީވް ބަލްގެ އިތުރުން ރާއްޖޭގެ ހެލްތު މިނިސްޓަރ، އަބްދުالله އ...

އިބްރާހިމް އަސްވާޤް