މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1091 ވަނަ ޞަފްޙާ

"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި

"ފިޝަރީޒް އެކްސްޕޯ 2019" ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިޝަރީޒް އެކްސްޕޯ 2019 ހުޅުއްވައިދެއްވައިފިއެވެ. ފިޝަރީޒް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. ފިޝަރީޒް އެކްސްޕޯއަކީ ދިވެހިރާއ...

އިބްރާހިމް އަސްވާޤް

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން – ނައިބު ރައީސް

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދޭ ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‎ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު،...

އިބްރާހިމް އަސްވާޤް
ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެގެ ރިޒާވް ރަނގަޅުވާން ފަށައިފި

ރާއްޖޭގެ އިންޓަރނޭޝަނަލް ރިޒާވް އާއި ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް ގިނަ ދުވަސްތަކަކަށްފަހު ރަނގަޅުވާން ފަށައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް މިދިޔަ އޮކްޓޯބަރު މަސް ނިމުނު ހުރީ 225.7 މިލިއަން ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31.4 ޕަސެންޓް އިތުރު އަދެދެކެވެ. މި އަހަރުގެ ކުރީކޮޅު ޔޫޒަބްލް […]

މަރްޔަމް ސިމާނާ
ރާއްޖޭގެ ހޯމް މިނިސްޓަރަކު ފުރަތަމަ ފަހަރަށް ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ހޯމް މިނިސްޓަރަކު ފުރަތަމަ ފަހަރަށް ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާ ބައްދަލުކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ދެބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިހާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުރުކީގެ ދާޚިލީ ވުޒާރާގައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދެބޭފުޅުންގެ މަޝްވަރާތަކ...

އިބްރާހިމް އަސްވާޤް

ލިލީ ބީޗު ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ލިލީ ބީޗު ރިސޯޓު އެންޑް ސްޕާގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހަވީރު 4:15 ހާއިރު ލިލީ ބީޗު ރިސޯޓް އެންޑް ސްޕާ އިން ޗައިނާގެ އުމުރުން 74 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބިގެން މަހިބަދޫ އަށް ގެނެސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިބްރާހިމް އަސްވާޤް
ބޯހިޔާވަހިކަމާއި ގުޅޭ 2 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި

ބޯހިޔާވަހިކަމާއި ގުޅޭ 2 ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ކަމާއި ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު ޑްރާފްޓްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މި ޑިސެމްބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ “ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު” އަދި “އެއްމެދު އިމާރާތުގެ ޤާނޫނު”ގެ ބިލެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގ...

އިބްރާހިމް އަސްވާޤް
ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް ރައީސް ޒިޔާރަތްކުރައްވައިފި

ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ. މިއަހަރުގެ ޤައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމް.އެން.ޑީ.އެފް.ގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެ...

އިބްރާހިމް އަސްވާޤް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެގޮތުން މިމަހުގެ 6 ވަނަ އަދި 7 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށްގެން ދޮށީގެ މަސްވެރިކަމުގެ މަސްދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސްވެރިކަމުގައި، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް...

ފާތިމަތު ސިނާޒާ
މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް

މިޞްރު/ ޤާހިރާގައި 2020 ވަނަ އަހަރު ފެބުރުވަރީ 08 ން 13 ށް  ބޭއްވުމަށް ހަމަޖެހިފައިވާ “27 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން” ގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެއެވެ. އެގޮތުން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން މިއަދު ކުރި އިޢުލާނުގައި ވާ ގޮތުން މިމުބާރާތުގައި މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށްް ޓިކެޓް ޚަރަދާއި، […]

ފާތިމަތު ސިނާޒާ
ބަޖެޓް 2020: 37.8 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް ފާސްކޮށްފި

ބަޖެޓް 2020: 37.8 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް ފާސްކޮށްފި

2020 ވަނަ އަހަރަށް ލަފާކޮށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ ތެރެއިން 77 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓުދެއްވީ ކާށިދޫ ދާއިރާގެ މެންބަރ ޖާބިރު އެނަޏޔެވެ. އަންނަ އަހަރަށް ލަފާކޮށް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅުއްވި 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ބަޖެޓަށް އިތުރުކުރި 366 މިލިއަން ރުފިޔާ...

އިބްރާހިމް އަސްވާޤް

ޖޭއެސްސީގެ މެންބަރުކަމަށް ޢަލީ ސަމީރު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަން ގޮޅި ވޭސައިޑް ފްލެޓް 610، އަލްއުސްތާޛު ޢަލީ ސަމީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ސަމީރު އެމަޤާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއ...

އިބްރާހިމް އަސްވާޤް
ޓެލެގްރާފް ގެ އެންމެ މަގްބޫލް މަންޒިލުގެ ލިސްޓްގައި ރާއްޖެ!

ޓެލެގްރާފް ގެ އެންމެ މަގްބޫލް މަންޒިލުގެ ލިސްޓްގައި ރާއްޖެ!

“ގްރޭޓެސްޓް ކަންޓްރީ އޮން އާރތް” ގެ ލިސްޓްގު 20 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެވެ. މި ލިސްޓްގެ އެއްވަނަ 7 ވަނަ ފަހަރަށް ލިބިފައިވަނީ ނިއުޒިލެންޑަށެވެ. ޔޫކޭގެ “ޓެލެގްރާފް”ގެ އާންމު ކިޔުންތެރިންގެ ވޯޓުން ހަދާ މިލިސްޓްއިން ދެން ޖާގަ ހޯދާފައިވާ ގައުމުތަކުގެ ތެރޭގައި، ސައުތް އެފްރިކާ، ޖަޕާން، ބޫޓާން، ކެނެޑާ، އޮސްޓްރޭލިއާ އަދި އިޓަލީ ހިމެނެއެވެ. 2011 ވަނަ އަހަރު މި ލިސްޓްގެ އެއްވަނަ އަށް ޔޫއެސް އައިސްފައިވާއިރު މިފަހަރު ޔޫއެސް އޮތީ 24 ވަނާގައެވެ. ގިނަ […]

މަރްޔަމް ސިމާނާ
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ބަދަލު ކުރި 4 އެއްބަސްވުން

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ބަދަލު ކުރި 4 އެއްބަސްވުން

އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރައްވައިފިއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދެ ލީޑަރުން ވަނީ މިއަދުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކާ ބެހޭގޮތުންނާއި ދެ ޤައުމުގެ ރަހުމަތްތެރި ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވ...

އިބްރާހިމް އަސްވާޤް
ނައިބު ރައީސް 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފި

ނައިބު ރައީސް 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި އެޤައުމުގެ ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ދެޤައުމުގެ ދޭދޭ ގުޅުންތައް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ. މީގެ އިތުރުން މިދަތުރުފުޅުގައި އިންޑިޔ...

އިބްރާހިމް އަސްވާޤް
އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް

އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް

މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކީ އިންޑިއާއާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހުރިއްޔާ ވަނީ އިންޑިއ...

އިބްރާހިމް އަސްވާޤް