މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1089 ވަނަ ޞަފްޙާ

މޯލްޑިވްސް ޓްރެވެލް އެވޯޑްސް މިފަހަރު ކްރޮސް ރޯޑުގައި

މި އަހަރުގެ “މޯލްޑިވްސް ޓްރެވެލް އެވޯޑްސް” ކްރޮސް ރޯޑުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ޑިސެމްބަރު 19 ވަނަ ދުވަހު ބާއްވާ މި ހަފްލާގައި 200 އަށްވުރެ ގިން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަފްލާގައި ގާލާ އެޑިޝަންގެ25 ކެޓެގެރީ އަކުން އެވޯޑް ދެއެވެ. މިއީ ރިސޯޓް ތަކާއި އެއާލައިންތަކަށް ހާއްސަކޮށް ދެވޭ އެވޯޑެކެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތާއި ކުރިއެރުން ފާހަގަ ކުރުމުގެ ގޮތުން ދޭ މި […]

މަރްޔަމް ސިމާނާ
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ! ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ! ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުން ކަމަށް ބެލެވެނީ 24 ގަޑިއިރު ތެރޭގައި 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން ކަމަށެވެ. ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އޯއާރއެސް އަދި ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން ގިނަގިނައިން ލޮނުޕެކެޓް، […]

އިބްރާހިމް އަސްވާޤް
ނޫމަޑި މައްސަލައިގައި ޑރ. މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން އެދެފި

ނޫމަޑި މައްސަލައިގައި ޑރ. މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން އެދެފި

ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެ އެވެ. ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެއެވެ. ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ...

އިބްރާހިމް އަސްވާޤް
އިނގިރޭސި ސަފީރު އައްޑޫސިޓީގެ އިމާމުންނާ ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުވަައިފި

އިނގިރޭސި ސަފީރު އައްޑޫސިޓީގެ އިމާމުންނާ ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުވަައިފި

އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސެލެންސީ ކެރޮން ރޮސްލާ އައްޑޫސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އިނގިރޭސި ސަފީރުގެ މިބައްދަލުވުމަކީ އިމާމުންގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމަޢުގައި އެމީހުންގެ ދައުރު އަދާކުރާގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. މިބައްދަލުމުގައި ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ސަފީރު މަޢުލޫމާތު ހޯ...

ޔުމްނާ ޢަލީ
އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެއް މިސްރާބަކަށް އަމާޒު ހިފައިގެން- ރައީސް

އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެއް މިސްރާބަކަށް އަމާޒު ހިފައިގެން- ރައީސް

ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭގައި ހުންނަ އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުޚާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނ...

އިބްރާހިމް އަސްވާޤް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presiden...

އިބްރާހިމް އަސްވާޤް
ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ ޙިއްޞާކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ ޙިއްޞާކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަޤާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ޤައުމެއްގެ މުއްސަ...

އިބްރާހިމް އަސްވާޤް
ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ތަޞްދީޤު ކުރައްވައިފި

ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ތަޞްދީޤު ކުރައްވައިފި

މިދިޔަ ޑިސެންބަރު މަހުގެ 2 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާއިން ފާސްކުރެއްވި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 9/2009 ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމާ ގުޅިގެން...

ޔުމްނާ ޢަލީ

ޖެނުއަރީ މަސްތެރޭގައި ލައިފްގާޑުންގެ ޚިދުމަތް ދޭންފަށަނީ

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ 19 ރަށެއްގައި ލައިފްގާޑުންގެ ޚިދުމަތްދޭން ފަށާނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވެއްޖެއެވެ. އައްސަދު ރިޒާ އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ “ފަލަސުރުޚީ” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މީގެ އިތުރުން ފަތުރުވެރިންނަށް ދިމާވާ އެކިއެކި ޙާދިސާތައް މަދު ކުރުމަށް އެފަރާތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ...

ފާތިމަތު ސިނާޒާ

ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު ރަނގަޅު: ފެނަކަ

ގއ. ވިލިނގިލީގެ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދަނިކޮށް ކަރަންޓުގައި ޖެހި ޙާލު ސީރިއަސްވި މުވައްޒަފުގެ ޙާލު ރަނގަޅު ކަމަށް ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން ބުނެފިއެވެ. ފެނަކައިން ބުނީ ވިލިނގިލީގައި ޢިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓުތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޯރުކޮނުމުގެ މަސައްކަތުގައި އުޅެނިކޮށް ވިލިނގިލީ ބްރާންޗުގެ ޓެކްނިކަލް މަސައްކަތްކުރަމުން އަންނަ މުޙައްމަދު މުފީދު އާދިއްތަ ދުވަހު ކަރަންޓުގަ ޖެހުމާ ގުޅިގެން ވަގުތުން ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައ...

އިބްރާހިމް އަސްވާޤް
ދަންޖެހިފައި ހުއްޓާ ފެނުނު މީހަކު އަދި ފޮޓޯއެއްވެސް ނުދެއްކުނު ކަމަށް ރައުދާގެ ބައްޕަ ބުނެފި

ދަންޖެހިފައި ހުއްޓާ ފެނުނު މީހަކު އަދި ފޮޓޯއެއްވެސް ނުދެއްކުނު ކަމަށް ރައުދާގެ ބައްޕަ ބުނެފި

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މަރުވި، ރައުދާ އާތިފް ދަންޖެހިފައި ހުއްޓާ ފެނުނު މީހަކު އަދި ފޮޓޯއެއްވެސް ނުދެއްކުނު ކަމަށް ރައުދާގެ ބައްޕަ މުހައްމަދު އާތިފް ބުނެފިއެވެ. އާތިފްގެ ފޭސްބުކުގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ މާމައަށްވެސް ޖޯއްޔެއްގައި ގިނައިރު އޮތުމުން ބުރަކަށްޓައް އަރަނީ ރޯނުގެ ގެތުންކަން އެނގޭކަމަށާއި އެހެންނަމަވެސް މަރުކޮމިޝަނުގައު ތިބި މީހުންނަށް ރައުދާގެ ކަރުގައި ހުރީ ސްކާފްގެ ނިޝާންނޫންކަން ނޭނގެނީތޯ ސުވާލު ކޮށްފައެވެ. އަދި އެނާ ބުނީ، ރައުދާގެ ކަރުގައި ހ...

މަރްޔަމް ސިމާނާ

އުއްތަމަ ފަނޑިޔާރާއި ސްޕްރީމު ކޯޓަށް ފަޑިޔާރަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އުއްތަމަ ފަނޑިޔާރުކަމަށް، މާފަންނު ގުލްފާމްގެ އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޑޫ ސިޓީ މީދޫ، ހަސަންކާރިގެ އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި 2 ބޭފުޅުން މަޤާމުތަކަށް ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރުކަމަށް، އޮނަރަބަލް އަލްއުސްތާޛު...

އިބްރާހިމް އަސްވާޤް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ހެންވޭރު ހިޔާކަން، އަލްއުސްތާޛު ޙުސައިން ޝަމީމު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޙުސައިން ޝަމީމު އައްޔަން ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ. އަލްއުސްތާޛު ޙުސައިން ޝަމީމު ވަނީ އިނގިރޭސ...

އިބްރާހިމް އަސްވާޤް

ރައީސް ރ. މާކުރަތު ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާ ބެހޭގޮތުންނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްކުރިޔަށްދާގޮތާ ބެހޭގޮތުން ހުރި ކަނ...

އިބްރާހިމް އަސްވާޤް
ޖެންޑާގެ ބެލުމުގެ ދަށުގައިވާ 11 ކުޑަކުދިން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅައިފި

ޖެންޑާގެ ބެލުމުގެ ދަށުގައިވާ 11 ކުޑަކުދިން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީހުން މިއަދު ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ. އެޓާނީ ޖެނެރަލް އޮފީހުން ފެމިލީ ކޯޓަށް މިއަދު ހުށަހަޅާފައި ވަނީ ފެމިލީ ކޯޓުގައި މިހާރު ކުރިއަށްދާ 18 (އަށާރަ) މައްސަލައިގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ޢުމުރުން 6 (ހައެއް) މަހާއި 13 (ތޭރަ) އަހަރާ ދެމެދުގެ […]

ފާތިމަތު ސިނާޒާ