61 ކިލޯ މަސްތުވާ ތަކެތީގެ މައްސަލައެއްގައި 11 މީހަކަށް ދައުވާކުރަން ހުށަހަޅައިފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގުޅުން ހުރި، މަސްތުވާ ތަކެތީގެ ބޮޑު މައްސަލައެއްގައި 11 މީހަކަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރިޗު 2020 ދުވަހު “އިރުއަލިމަސް” ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލާގައި 11 މީހަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިކަމަށެވެ....