މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1014 ވަނަ ޞަފްޙާ

ޖަޕާނުން ރާއްޖެއަށް 68.7 މިލިއަން ރުފިޔާގެ އެހީ

ޖަޕާނުން ރާއްޖެއަށް 68.7 މިލިއަން ރުފިޔާގެ އެހީ

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ވެދޭ އެހީތެރިކަމުގެ ދަށުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިފަހަރު ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ، 68،750،000 (ފަސްދޮޅަސްއަށް މިލިޔަން ހަތްލައްކަ ފަންސާސް ހާސް) ރުފިޔާގެ ހިލޭ އެހީއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދާއި ޖަޕާނުން...

ޔުމްނާ ޢަލީ
ކޯވިޑް-19: އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 30 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1216 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށް އިތުރު 30 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 30 މީހުން ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ 10 މީހުންނާއި، އަދި އިންޑިއާގެ ހަ މީހެއް ކަމަށެވެ. ރާއްޖޭން […]

ޝިއުނާ އާދަމް
ތ. ގުރައިދޫގައި އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ތ. ގުރައިދޫގައި އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ، ބިދޭސީއަކު މަރާލާފައިވާއިރު އަނެއްކާވެސް އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެމީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދާކަމަށެވެ. އެމީހާ އިތުރަށް ބުނީ މިއީ ބިދޭސީންގެ މެދުގައި ހިންގައިގެން އުޅޭ ހަމަނުޖެހުމެއްކަމަށް ބެލެވޭކަމަށެވެ. މިފަހަރު ފެނުނު ބިދޭސީ މީހާގެ ބޮލަށްވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. މިރޭ ފަހުން ޒަހަމުތަކަކާއެކު މަރުކަަޒަށް ގެންދެވުނު މީހާ ގެންދެވުނު އިރު ހޭނެތިފައިވ...

ޔުމްނާ ޢަލީ
ތ. ގުރައިދޫގައި ބިދޭސީއަކު މަރާލާފައި އޮއްވާ ފެނިއްޖެ

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލާފައި އޮއްވާ ފެނިއްޖެ

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާލުމަށް ފަހު އެއްލާލައިފައި އޮއްވާ ފެނިއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެރަށުން “ތިލަދުން” އަށް ވާހަކަ ދެއްކި މީހަކު ވަނީ އެކަން ޔަޤީން ކޮށްދީފައެވެ. އެމީހާ ބުނީ އެ ބިދޭސީ މީހާ ދިރިއުޅޭ ކޮޓަރިއަށް ޓިނު ނަގައިގެން މީހަކު ނުވަތަ ބަޔަކު ވަދެފައިވާ ކަމަށް ބެލެވޭކަމަށެވެ. އެމީހާ މަރާލުމަށްފަހު އެއްލާލާފައި އޮތީ އެމީހާ ދިރިއުޅޭ ތަނުގެ ކުރިމައްޗަށް ކަމަށްވެސް އެމީހާ ބުންޏެވެ. އެބިދޭސީ މީހާއަކީ ހިއްކައިގެން ގުރައިދޫއަށް އިތުރުކޮށްފައިވާ ސަރަޙ...

ޔުމްނާ ޢަލީ
ކުރިއެކޭވެސް އެއްގޮތަށް ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ނިންމައިފި

ކުރިއެކޭވެސް އެއްގޮތަށް ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ނިންމައިފި

ކޯވިޑް-19ގެ މިހާލަތުގައިވެސް ކުރިއެކޭ އެއްގޮތަށް ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި ޢިނާޔަތްތަކަށް ބަދަލު ގެނައުން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ސަރކިއުލާއެއްގައެވެ. ފިނޭންސް...

ޝިއުނާ އާދަމް
ރަށަށް ދާން އެދިފައިވާ 1078 މީހަކު ކަރަންޓީނަށް ފޮނުވައިފި

ރަށަށް ދާން އެދިފައިވާ 1078 މީހަކު ކަރަންޓީނަށް ފޮނުވައިފި

ފުރަބަންދުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ކޮންމެހެން ރަށަށް ދާން ޖެހޭކަމަށް ފާހަގަ ކުރެވުނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ ކަމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ބާކީ ތިބި މީހުން މި މަހުގެ 24 ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 3016 […]

ޔުމްނާ ޢަލީ
ކޯވިޑް ފެތުރިފައި ނެތް ރަށްރަށަށްވެސް ލުއި ދެނީ

ކޯވިޑް ފެތުރިފައި ނެތް ރަށްރަށަށްވެސް ލުއި ދެނީ

ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މިގޮތުން އެންމެ ފުރަތަމަ ކަމަކަށް މިހާރު ވިސްނާފައި އޮތީ، ކޯވިޑު ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެނައުން ކަމަށެވެ. އެފަދަ ރަށްރަށުގައި އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވު...

ޝިއުނާ އާދަމް
މާލޭ ސަރަހައްދުގެ ފުރަބަންދު ނިމުމުން ލުއި ތަކެއް ދެނީ

މާލޭ ސަރަހައްދުގެ ފުރަބަންދު ނިމުމުން ލުއި ތަކެއް ދެނީ

މިހާރު މާލޭ ސަރަހައްދުގައި މި އޮތް ފުރަބަންދު ރަނގަޅަށް ތަންފީޒުވަމުންދާ ނަމަ، މި މަހު 28 ގެ ފަހުން ފުރަބަންދަށް ލުއިތަކެއް ދޭން ތައްޔާރުވަމުން ދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގެ ފުރަބަންދަށް ލުޔެއް ދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ފުރަތަމަ ކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށް […]

ޔުމްނާ ޢަލީ
އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް

އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 10 މީހަކާއި، ބަންގަލަދޭޝްގެ 28 މީހުންނާއި، އިންޑިއާގެ 4 މީހަކާއި، ނޭޕާލް މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1186އަށް އިތުރުވެއްޖެއެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިމަހުގެ އެންމެ ފަހު ދެހަފްތާ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކުރިން ލަފާކުރި ޢަދަދުތަކަށްވުރެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްކުރެވިފައިވާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕ...

ޔުމްނާ ޢަލީ
އިތުރު ގަޑީ ފައިސާގެ މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލަން: އެމްއެޗްޕީޔޫ

އިތުރު ގަޑީ ފައިސާގެ މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލަން: އެމްއެޗްޕީޔޫ

ޞިއްޙީ މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ޙާއްސަ އިނާޔަތެއް ދޭނެކަމަށް ސަރުކާރުގެ ފަރާތުން އިޢުލާންކޮށްފައިވާ މިވަގުތުގައި، އާންމު އުސޫލުން ލިބެމުންއައި އިތުރުގަޑީގައި ކުރާމަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބުކުރާގޮތަށް ބަދަލުގެނެސް، އެފައިސް ނުލިބޭނެގޮތަށް ބަދަލު ކުރެވުނު އުސޫލު އުވާލައި، މިހާތަނަށްވެސް އަމަލު ކުރަމުން އައިގޮތަށް ބަދަލުކޮށްދިނުމަށް ގޮވާލައި، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ނޫސް ބަޔާނެއް ނެރެފިއެވެ. އެ ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނުގަ...

އަލީ އާދިލް
ކޯވިޑް-19: ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 91 އަށް

ކޯވިޑް-19: ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 91 އަށް

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 91 އަށް އަރައިފިކަމަށް ހެލްތް މިނިސްޓްރީގެ ކޯވިޑް-19 ޑޭޝް ބޯޑުން ދައްކައި ފިއެވެ. ހެލްތް މިނިސްޓްރީގެ ކޯވިޑް-19 ޑޭޝް ބޯޑުން ދައްކާ ގޮތުން ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޢަދަދު 91 އަށް އަރާފައިވާ އިރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވެފައި ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ބާރަ މީހަކު […]

ޝިއުނާ އާދަމް
ޞިއްޙީ ޚިދުމަތް ތެރީންގެ ހިތުގެ އުދާސްތަކުން މީސްމީޑިއާ ފުރާލައިފި

ޞިއްޙީ ޚިދުމަތް ތެރީންގެ ހިތުގެ އުދާސްތަކުން މީސްމީޑިއާ ފުރާލައިފި

ޞިއްޙީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ ގިނަ އަދަދެއް ޞިއްޙީ ޚިދުމަތް ތެރީން މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުން އެބަދެއެވެ. ސިއްހީޚިދުމަތްތެރިން ލައްވާ ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮއްފަ މުސާރަދޭންވީމަ އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. @iameeru @ibusolih @presidencymv @MoHmv @igmhmv — MARIAMARYSHA (@MARIAMARYSHA) May 19, 2020 ޞިއްހީ ޚިދުމަތްތ...

ޔުމްނާ ޢަލީ
ރައްޔިތުންގެ ރައްކާތެރިކަމަށް ނެތި އިޤްތިޞާދުގެ ބޭނުމެއް ނެތް: މަބްރޫކް

ރައްޔިތުންގެ ރައްކާތެރިކަމަށް ނެތި އިޤްތިޞާދުގެ ބޭނުމެއް ނެތް: މަބްރޫކް

ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މެނުވީ އިޤުތިޞާދެއްގެ ބޭނުމެއް ނެތް ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ބުނަމުންދާ ސިޔާސީ ގިނަ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަންދޫބުން ކަމަށާއި، އޭގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވީވެސް ރައްޔިތުންގެ މަޖިލިސްގެ...

ޔުމްނާ ޢަލީ
ކޯވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 37 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1143 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 4:30 އާ ހަމައަށް އަލަށް ޕޮޒިޓިވްވީ 15 ދިވެހިންނާއި، ބަންގްލަދޭޝް 19 މީހުންނާއި އަދި އިންޑިއާ ތިން މީހެއް ކަމަށެވެ. ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 80 މީހަކު ރަނގަޅުވެފަ […]

ޝިއުނާ އާދަމް
ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ފެށުމަށް ތައްޔާރީތައް ވަނީ

ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ފެށުމަށް ތައްޔާރީތައް ވަނީ

ފުލުހުން އިލެކްޓްރިކް ހަތިޔާރު ބޭނުން ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ވާންފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު  ވިދާޅުވެއްޖެއެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންޑަކްޓަޑް އިލެކްޓްރިކް ވެޕަން ނުވަތަ އިލެކްޓްރިކް ޝޮކްދޭ ބަޑި (ސްޓަން ގަން) ޓްރަޔަލްގެ ގޮތުގައި މިހާރު ބޭނުން ކުރަން ފަށައިފައިވާ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު ވިދާޅުވީ  އެ ބަޑި ބޭނުން ކުރާނީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ކަމަށާއި އެއީ އާންމުންނާއި […]

އަލީ އާދިލް