ޗައިނާ ސަރުކާރުން ހަދައިދިން ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ނިންމާލައިފި
ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދައިދިން 800 މީހުންގެ ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ނިންމާލައިފިއެވެ. ހުޅުމާލޭ ދެވަނަ ފޭސްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަދަން ފެށި މި އިމާރާތުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. ޖުމްލަ 4،987.5 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ [...