މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1012 ވަނަ ޞަފްޙާ

ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު ޖޫން 11އަށް އިތުރު ކޮށްފި

ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު ޖޫން 11އަށް އިތުރު ކޮށްފި

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައިއޮތް އޮތުން އިސްލާމިކް މިނިސްޓްރީ އިން އިތުރު ކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީ އިންމއިަދުކުރިޓުވީޓެއްގައި ބުނެފައިވަނީ 11 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައި ކަމަށޭވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، މި މަހުގެ 14 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ […]

އަލީ އާދިލް
ރެންޓް މޮރެޓޯރިއަމެއް ގެނެސް އެންމެނަށް އިނާޔަތް ދިނުމަށް ގޮވާލައިފި

ރެންޓް މޮރެޓޯރިއަމެއް ގެނެސް އެންމެނަށް އިނާޔަތް ދިނުމަށް ގޮވާލައިފި

ރެންޓް މޮރެޓޯރިއަމެއް ގެނެސް އެންމެނަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް އެދި ނަވާނަވައި ޖަމިއްޔާއިން ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީއަކުން ދަންނަވައިފިއެވެ. އަޖަމިއްޔާއިން ރައީށްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޯވިޑް 19 ޕެންޑެމިކް އާ ގުޅިގެން ސަރުކާރުން އަޅާފައިވާ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާއެކު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ދިވެހި ރާއްޖޭގެ އިގްތިސާދުވަނީ ހުއްޓުމަކަށް އައިސްފައިކަމަށާއި މި ދަނޑިވަޅުގައި ގިނަ ބަޔަކު މިތިބީ...

ޔުމްނާ ޢަލީ
އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފި

އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފި

ކޯވިޑް-19 އިން ރައްކާތެރިވެ، އެބަލި ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ސަރުކާރުން ނިންމަވައިފިއެވެ. އެކަން ހާމަކުރަށްވައި މިރޭ، މިނިސްޓަރ އޮފް ހެލްތު އަބުދުﷲ އަމީން ނެރުއްވި ޤަރާރުގައި ބުނެފައިވަނީ ކޯވިޑް-19 އަކީ “ޕެންޑަމިކް” އެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ވާރލްޑް ހެލްތު އޯގަނައިޒޭޝަން) އިން 11 މާރިޗު 2020 ގައި ކަނޑައަޅައިފައި ވާކަމަށެވެ. ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމ...

ޝިއުނާ އާދަމް
ސްޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި

ސްޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރީ މިރޭގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓުދެއްވީ...

ޔުމްނާ ޢަލީ
ކޯވިޑް-19: ފުރަބަންދަށް ލުއިތަކެއް، ރަށްރަށަށް ދަތުރު ނުކުރެވޭނެ

ކޯވިޑް-19: ފުރަބަންދަށް ލުއިތަކެއް، ރަށްރަށަށް ދަތުރު ނުކުރެވޭނެ

ކޯވިޑް-19ގެ ސަބަބުން މިހާރު ރާއްޖޭގައި ހިންގިފައިވާ ފުރަބަންދުގެ ހާލަތަށް ދެ ހަފުތާއަށް ލުއިތަކެއް ދޭންނިންމައި، އެކަންކަން މިރޭ ސަރުކާރުން ހާމަކުރަށްވައިފިއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޯވިޑްގެ ރާޅު ބޮޑުނުވީ ހަރުދަނާ، ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާތީ ކަމަށެވެ. ފުރަބަންދަށް ދެވޭލުއިތަކާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ލުއި ދޭނީ ދެ ހަފުތާ އަށް ކަމަށެވެ. މީގެތ...

ޔުމްނާ ޢަލީ
ސުނާމީ އާއި ގްލޯބަލް ފައިނޭޝަލް ކްރައިސިސްއަށްވުރެ މިފަހަރުގެ ގެއްލުން ރާއްޖެއަށް ބޮޑުވާނެ: ޢަލީ ވަޙީދު

ސުނާމީ އާއި ގްލޯބަލް ފައިނޭޝަލް ކްރައިސިސްއަށްވުރެ މިފަހަރުގެ ގެއްލުން ރާއްޖެއަށް ބޮޑުވާނެ: ޢަލީ ވަޙީދު

ސުނާމީ އާއި ގްލޯބަލް ފައިނޭޝަލް ކްރައިސިސްއަށްވުރެ މިފަހަރުގެ ގެއްލުން ރާއްޖެއަށް ބޮޑުވާނެކަމުން ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކޮމަންވެލްތުގެ އެހީތެރިކަން ބޭނުންވާނެކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމާއި، ދަރަނި އަދި ކާރިސީ ހިރާސް ބެލެހެއްޓުމާއި ގުޅޭގޮތުން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރިޔާސަތު ބެލެހެއްޓެވި، އަދި މާލްޓާގެ ކުރީގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވި ސެމިނަރގައި ވާހަކަދައްކަވަމުނ...

ޝިއުނާ އާދަމް
ރައްޔިތުންގެ ގޭގައި މިހާރު ކުރަމުންދާ ބަހުސާމެދު ކުރީގެ އުއްތަމަ ފަނޑިޔާރުގެ ނަޒަރިއްޔާތައް!

ރައްޔިތުންގެ ގޭގައި މިހާރު ކުރަމުންދާ ބަހުސާމެދު ކުރީގެ އުއްތަމަ ފަނޑިޔާރުގެ ނަޒަރިއްޔާތައް!

ރައްޔިތުންގެ ގޭގައި މިހާރު ކުރަމުންދާ ބަހުސާމެދު ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިންއަށް ޢިލްމީ ނަޒަރަކުން ފެނިވަޑައިގަންނަވާ ނަޒަރިއްޔާތައް ހިއްސާކުރައްވައިފިއެވެ. ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިކަންކަން ހިއްސާ ކުރަމުން ބުނެފައި ވަނީ މިއީ، ޤާނޫނުގެ ދަރިވަރެއްގެ ހައިސިއްޔަތުން ދައްކާ ވާހަކައެއްކަމަށެވެ. ތިރީގައި މި ހިއްސާކޮށްލަނީ ފާއިޒްގެ ނަޒަރިއްޔާތަކެވެ. ފުރަތަމަ ނަޒަރިއްޔާ: ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން އިންތިޚާބުވެގެން، މަގާމުގައި ތިއ...

އަލީ އާދިލް
ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ އަދަދު 1457 އަށް

ކޯވިޑް-19 : ޕޮޒިޓިވްވި މީހުންގެ އަދަދު 1457 އަށް

އިތުރު 19 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1457 އަށް އަރައިފިއެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއިން ބަންގްލަދޭސްގެ 13 މީހުންނާއި އިންޑިޔާ މީހަކާއި ނޭޕާލުމީހެއް ކަމަށެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީސްތަކުގައި 1108 މީހަކު ތިބިއިރު، 1817 މީހަކު ކަރަންޓިން ފެސިލިޓީސްގައިތިބިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ވަނީ 20،000 އަށްވުރެ ސާމްޕަލް ވަނީ ނަގާފައ...

ޝިއުނާ އާދަމް
ރޭ މަރުވި ބިދޭސީ މީހާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރޭ މަރުވި ބިދޭސީ މީހާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް އެންއޯއައިސީ އިން ހާމަ ކުރަށްވައިފިއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އެމީހާއަކީ...

ޝިއުނާ އާދަމް
އިދިކޮޅުގެ ވިސްނުން ތިލަކޮށްލައިފި، ވިސްނުން ހުރީ ބަރުލަމާނީއާއި ދިމާއަށް

އިދިކޮޅުގެ ވިސްނުން ތިލަކޮށްލައިފި، ވިސްނުން ހުރީ ބަރުލަމާނީއާއި ދިމާއަށް

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެން ނަގާނެ ރާޅަކާއިމެދު ތަފާތު ވާހަކަތައް ދެކެވެމުން ދަނިކޮށް އިދިކޮޅުގެ ވިސްނުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ޓުވީޓެއް، އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރަށްވައިފިއެވެ. މަޖިލިސް މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކުރަށްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ދެން އޮތީ ދެ ގޮތެއް ކަމަށާއި، މިޓް ޓާމް އިލެކްޝަނަށް ދިޔުން ނުވަތަ ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް […]

އަލީ އާދިލް
ހުއްދަނެތި މަޖިލިސް ބާއްވަން އުުޅުމުން، ބައެއް މެމްބަރުންގެ ކަންބޮޑުވުން ފާޅުކޮށްފި

ހުއްދަނެތި މަޖިލިސް ބާއްވަން އުުޅުމުން، ބައެއް މެމްބަރުންގެ ކަންބޮޑުވުން ފާޅުކޮށްފި

ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަނެތި ޖަލްސާ ބޭއްވުމާއި މެދު މެމްބަރުން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. މިގޮތަށް ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޢަބުދު ﷲ ރިޔާޟު ވަނީ ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަ...

އަލީ އާދިލް
މަޖިލީހުން އެދިފައިވާ މެމްބަރުންނަށް މިދަނީ ހުއްދަ ދެމުން: ފުލުހުން

މަޖިލީހުން އެދިފައިވާ މެމްބަރުންނަށް މިދަނީ ހުއްދަ ދެމުން: ފުލުހުން

ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ޙާޟިރުވެވެން ނެތްކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށް މަޖިލީހުން އެދިފައިވާ މެމްބަރުންނަށާއި، އިދާރީ މުވައްޒަފުންނަށް މަޖިލިސް ޖަލްސާއަށް ދިއުމުގެ ހުއްދަ ދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ކުރަށްވާފައިވާ ޓުވީޓެއްގައި ބުނީ ޖަލްސާ އަށް ވަޑައިގެއްނެވުމަށް ހުއްދަދިނުމަށް މަޖިލީހުން އެދިލަށްވާފައިވާ މެމްބަރުއްނާއި އިދާ...

ޔުމްނާ ޢަލީ
މަޖިލީހުގައި ޖަލްސާތައް ނުބާއްވައި މަޑުކުރަން އުނދަގޫ ކަމަށް މަޖިލިސް ރައީސް އަންގަވައިފި

މަޖިލީހުގައި ޖަލްސާތައް ނުބާއްވައި މަޑުކުރަން އުނދަގޫ ކަމަށް މަޖިލިސް ރައީސް އަންގަވައިފި

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ވީހާވެސް ކުޑަކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ދަށުން މާލެ ސަރަޙައްދުގައި ދަމަހައްޓާފައިވާ ފުރަބަންދުގެ ހާލަތާއި މެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބާއްވައި އިތުރަށް މަޑުކުރަން އުނދަގޫ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ. އެމަނިކުފާނު މި ގޮތަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މ...

އަލީ އާދިލް
އޮންލައިންކޮށް ބާއްވަމުން އައި މަޖިލިސް ޖަލްސާތައް މަޖިލީހުގައި ބާއްވަން ނިންމައފި

އޮންލައިންކޮށް ބާއްވަމުން އައި މަޖިލިސް ޖަލްސާތައް މަޖިލީހުގައި ބާއްވަން ނިންމައފި

މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ، މަޖިލިސްގައި ބާއްވަން ނިންމައިފިއެވެ. ފުރަބަންދުގެ ސަބަބުން ފަހަކަށް އައިސް މަޖިލިސް ޖަލްސާތައް ބާއްވަމުން އައީ އޮންލައިނުކޮށެވެ. ރައްޔިތުންގެ މަޖިލިސްގެ އިދާރާއިން ބުނީ ‏މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ. މާދަމާ ހެނދުނު 11 ޖަހާއިރު ފަށަން ނިންމާފައިވާ މިޖަލްސާގެ އެޖެންޑާ މިހާރު ވަނީ މަޖިލިސްގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެވެ. މަޖިލީހުން މިއަދު ވަނީ ރަ...

ޝިއުނާ އާދަމް
ކޯވިޑް-19: ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 1395 އަށް

ކޯވިޑް-19: ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 1395 އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 24 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1395 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ ހަވީރު 4:30 އާއި ހަމައަށް އިތުރު 24 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 24 މީހުން ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި ބަންގްލަދޭޝްގެ 18 މީހުންނާއި، އަދި އިންޑިއާ ދެ މީހުން ކަމަށެވެ. […]

ޝިއުނާ އާދަމް