މައި ޚަބަރަށް ދިޔުމަށް

ސިޔާސީ

31 ޝާއިޢުކުރެވިފައިވާ ލިޔުން

ސިޔާސީ - 2 ވަނަ ޞަފްޙާ

މަސްވެރިކަން އަނދަވަޅުން ނަގައި، ހައްގު މިންވަރު ހޯދައިދެވޭނެ: ރައީސް

މަސްވެރިކަން އަނދަވަޅުން ނަގައި، ހައްގު މިންވަރު ހޯދައިދެވޭނެ: ރައީސް

މަސްވެރިކަމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު، މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖަހައި، މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ފަޅުތަކާއި ފ...

އަލީ އާދިލް
ވެރިކަންކޮށްފައިވާ ބޭފުޅަކު ޤާނޫނާއި ޚިލާފުވާން ގޮވާލުމަކީ ބޮޑު ކުށަކަށް ދަޢުވަތުދިނުން: ފަލާހް

ވެރިކަންކޮށްފައިވާ ބޭފުޅަކު ޤާނޫނާއި ޚިލާފުވާން ގޮވާލުމަކީ ބޮޑު ކުށަކަށް ދަޢުވަތުދިނުން: ފަލާހް

ވެރިކަންކޮށްފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތުދިނުން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރަށްވާ ފަލާހް މިހެން ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރި ކުރުމާ ރިސޯޓްތަކުން ދެކޮޅު ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝާހިދު ނިންމައި ކެމްޕޭން ފެއްޓެވީ އައްޑޫ ސިޓީން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝާހިދު ނިންމައި ކެމްޕޭން ފެއްޓެވީ އައްޑޫ ސިޓީން

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށުމަށް އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާދެއްވާފައިވާކަން ވެސް އިއުލާނުކުރައްވާފައެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި މި ޖަލްސާގައި ރައީސް ޝާހިދު ވިދާޅުވީ، 2...

އިބްރާހިމް އަސްވާޤް
ހަތަރު ފޮށިން ޕީއެންސީ ކުރި ހޯދުމަކީ އައްޑޫގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް: ފަލާހް

ހަތަރު ފޮށިން ޕީއެންސީ ކުރި ހޯދުމަކީ އައްޑޫގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް: ފަލާހް

އައްޑޫ ސިޓީގައި އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ބެހެއްޓި ހަތް ވޯޓް ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ ފަލާހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ […]

އަލީ އާދިލް
މަރްޙޫމް ރަޝާދަކީ މުރާލިކަމާއި ތެދުވެރިކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް

މަރްޙޫމް ރަޝާދަކީ މުރާލިކަމާއި ތެދުވެރިކަމުގެ ލާމަސީލު ނަމޫނާއެއް: ރައީސް

ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ، މއ. އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އިބްރާހީމް ރަޝާދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމް އިބްރާހީމް ރަޝާދަ...

ޔުމްނާ ޢަލީ
ނަނާ ހުވަފެން ނުދައްކަވާ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ: އަބުދުއްރަހީމް

ނަނާ ހުވަފެން ނުދައްކަވާ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ: އަބުދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އިދިކޮޅު އެމްޑީޕީއަށް ނުނެގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިން އިފްތިތާޙްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ އ...

އަލީ އާދިލް
ލަތީފްގެ ''ގައުގަނޑެއް'' ޔާމީނަށް: ހަވީރު ނޫސް ހުއްޓުވާލީ ''ކޯޓުގެ ތެރެއަށް ކާކު އަތްބާނައިގެންތޯ؟''

ލަތީފްގެ ''ގައުގަނޑެއް'' ޔާމީނަށް: ހަވީރު ނޫސް ހުއްޓުވާލީ ''ކޯޓުގެ ތެރެއަށް ކާކު އަތްބާނައިގެންތޯ؟''

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތްކުރައްވަން ނިންމަވައި، ނޫސްވެރިކަމުގެ ދިފާޢުގައި މަސައްކަތްކުރަށްވާނެކަމަށް ރޭ ވިދާޅުވެފައިވާތީ، ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީޚުގައި އެންމެ ނުފޫޒުގަދަވި އެއް ނޫސް ކަމަށްވާ “ހަވީރު” ނޫސް ހުއްޓުވާލުމާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ. ލަ...

އަލީ އާދިލް
ގައުމުގެ ވެރިކަން ކޮށްފައިވާ މީހަކަށް ވީތީ ގާނޫނުން ބަރީއަވެވޭނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ: މުހައްމަދު

ގައުމުގެ ވެރިކަން ކޮށްފައިވާ މީހަކަށް ވީތީ ގާނޫނުން ބަރީއަވެވޭނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ: މުހައްމަދު

ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮށްފައި ހުރީތީ ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ ޕޯސްޓެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ގާނޫނުގެ ދިގުއަތް ހުރިހާ އެންމެންގެ މައްޗަށް ފޯރާނެކަން ރައްޔިތުންނަށް ޝައްކެއްނެތް މިންވަރަށް ޔަގީންވާންޖެހޭ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތުވެގެން ނުވާނެ...

އަލީ އާދިލް
މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލެއް ހިމެނޭހެން އިތުރު ބިލުތަކެއް

މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލެއް ހިމެނޭހެން އިތުރު ބިލުތަކެއް

ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލެއް ހިމެނޭހެން މުހިންމު ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު އުޝާމް މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަންޑާރަނައިބު ވިދާޅުވީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި އެފަދަ މައުލޫމާތު ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅާ ބިލެއް މަޖިލީ...

ޔުމްނާ ޢަލީ
ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި

ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޢަލީ އާރިފް މަގާމުން އިސްތިއުފާދެއްވިކަން ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ޢަލީ އާރިފް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ. ޢަލީ އާރިފަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމުގައި ހުންނެވި އިޤްބާލް އާދަމް އަކީ ވެސް ރައީސް ޑރ. މުޙައްމަދު […]

ޔުމްނާ ޢަލީ
ޖޭއެސްސީ އިސްލާހުކުރާނީ މި ސަރުކާރުން: ރިފާއު

ޖޭއެސްސީ އިސްލާހުކުރާނީ މި ސަރުކާރުން: ރިފާއު

ރައްޔިތުން އެދޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރާނީ މި ސަރުކާރުން ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެމްބަރު ވިދާޅުވީ ރައީސުލުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވީ ދުވަހުން ފެށިގެން ރާއްޖޭގެ ވެރިކަންތަކުން ޖުޑ...

އައިޝަތު ޢާދަމް
އެމްޑީޕީއަށް އިންތިހާބުތައް އެއް ދުވަހެއްގައި ނުބޭއްވުނީ ސަރުކާރަށް ތާއީދު ނެތީމަ: މެމްބަރު އިބްރާހީމް

އެމްޑީޕީއަށް އިންތިހާބުތައް އެއް ދުވަހެއްގައި ނުބޭއްވުނީ ސަރުކާރަށް ތާއީދު ނެތީމަ: މެމްބަރު އިބްރާހީމް

މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިދިކޮޅު އެމްޑީޕީން ވެސް ކުރަން ބޭނުންވިކަމެއް ކަމަށާއި އެކަން އެމްޑީޕީއަށް ނުކުރެވުނީ އެ ޕާޓީއަށް ރައްޔިތުންގެ ތާއީދު ގެއްލުމުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން ވިދާޅުވެއްޖެ އެވެ. “ދިވެހީންގެ ރާއްޖެ” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީ...

އައިޝަތު ޢާދަމް
އެމްޑީޕީގެ ވަގުތީ ޗެެއާޕާސަނަކަށް ގަޕޯ

އެމްޑީޕީގެ ވަގުތީ ޗެެއާޕާސަނަކަށް ގަޕޯ

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފި އެވެ. މިރޭ އެޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 65 މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ. ގަފޫރު އައްޔަންކުރެވުނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ....

އަލީ އާދިލް
ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަޚްލޫފް ޢައްޔަންކުރައްވައިފި

ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަޚްލޫފް ޢައްޔަންކުރައްވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޚްލޫފް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވިއެވެ. ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔ...

އަލީ އާދިލް
ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހް، ޕްރައިމަރީ ޑިސެމްބަރު 27 ގައި

ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހް، ޕްރައިމަރީ ޑިސެމްބަރު 27 ގައި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން، މި އިންތިޚާބުތަކަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ ހަމަޖައްސާފައެވެ. އަދި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. ޕީއެންސީގެ ޕްރައ...

އަލީ އާދިލް