މައި ޚަބަރަށް ދިޔުމަށް

މަޖިލިސް

828 ޝާއިޢުކުރެވިފައިވާ ލިޔުން

މަޖިލިސް - 12 ވަނަ ޞަފްޙާ

ގޮނޑިގެއްލޭ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ގޮނޑިގެއްލޭ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އާއި އެ މެންބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އާއި އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ އަދި އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ، ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރ، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު [...

ޔުމްނާ ޢަލީ
ބަޖެޓް ބަހުސް މިއަދު ނިންމާލަނީ

ބަޖެޓް ބަހުސް މިއަދު ނިންމާލަނީ

2025 ވަނަ އަހަރަށް ލަފާކޮށް، ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސް މިއަދުގެ ނިޔަލަށް ނިންމާނެކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ޢިއުލާންކޮށްފިއެވެ. މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަޖެޓް ބަހުސްގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިއަދު 9:30 ގެ ކުރިން ބަހުސްގައި ބައިވެރިވުމަށް ފުރުސަތުދެއްވާފައެވެ. މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ...

ޔުމްނާ ޢަލީ
އައު އިސްލާހާއެކު އުވާލާ ޕާޓީއެއްގެ ކުލަ އާއި ނިޝާން ފަސް އަހަރުވަންދެން ބޭނުން ނުކުރެވޭނެ

އައު އިސްލާހާއެކު އުވާލާ ޕާޓީއެއްގެ ކުލަ އާއި ނިޝާން ފަސް އަހަރުވަންދެން ބޭނުން ނުކުރެވޭނެ

ސިޔާސީ ޕާޓީއެއް އުވާލާތާ ފަސް އަހަރުތެރޭ އެ ޕާޓީއެއްގެ ކުލައާއި ނިޝާން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުތައް ގެނެސް ފާސްކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ދިއްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. މި ބިލުގައި ވަނީ އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. މިގޮތުން ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލަށް ވެސް ވަނީ ބަދަލުގެންނަން ހުށަހަޅާފައެވެ. ސިޔާސީ [...

އިބްރާހިމް ޚަލީލް
ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުގެންނަ ބިލު ފާސްކޮށްފި

ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލުގެންނަ ބިލު ފާސްކޮށްފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެ...

ޔުމްނާ ޢަލީ
ވޭޕް ވިއްކުމާއި ބޭނުން ކުރުން މަނާކުރާ ބިލު ފާސްކޮށްފި

ވޭޕް ވިއްކުމާއި ބޭނުން ކުރުން މަނާކުރާ ބިލު ފާސްކޮށްފި

ވޭޕް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި އެ ބޭނުން ކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ  ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އައިފާން އެވެ. މި ބިލުގެ މަސައްކަތް ނިންމައި އިޖްތިމާޢީ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ތަޅުމުގައި އިއްވުމަށްފަހު، ބަހުސްއަށް ފުރުސަތު ދިނުމަށްފަހު މިއަދުގެ ވޯޓ...

ޔުމްނާ ޢަލީ
ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް

ޕާޓީއަށް ލިބޭ ފައިސާ ބަހަމުން އައީ ވެރިމީހާ ބޭނުންވާ ގޮތަށް، އައު އިސްލާޙުން އެކަން ހައްލުވާނެ: ލަތީފް

ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ މިއަދާއި ހަމައަށް ބޭނުން ކުރަމުން އައީ ޕާޓީގެ އިސް މީހާ ބޭނުންވާހާ ގޮތަކަށް ކަމަށާއި، ސަރުކާރުގެ ފަރާތުން އޭނާ ހުށަހަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން އެކަން ހައްލުވާނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މި ބިލު މިއަދު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވީ، މި ބިލު ހުށަހެޅުއްވީ ފޮނި އުންމީދެއްގައި އިސްލާޙީ ބަދަލުތަކެއް ގެންނައުމުގެ ބޭނުމުގައި ކަމަށެވެ....

ޔުމްނާ ޢަލީ
އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ސަރުކާރުން 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ، މިއަދު މެންދުރުފަހު 1:00 ގައި ފެށި ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ބަޖެޓްގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ […]

ޔުމްނާ ޢަލީ
ޕާޓީތަކަށް ފައިސާ ދޭ އުސޫލު އިސްލާހްކޮށް ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ

ޕާޓީތަކަށް ފައިސާ ދޭ އުސޫލު އިސްލާހްކޮށް ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ ކުރަން ރައްޔިތުންގެ މަޖިލީހެއް އިސްލާޙްގެ ބިލެއް ހުށަހަޅައިފިއެވެ. މި އިސްލާޙް ހިމަނައި ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ. މި ބިލުގައި ބުނެފައިވާ ގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ […]

ޔުމްނާ ޢަލީ
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އިއްޔެ ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލިސްގެ ޖަލްސާގައި ވަނީ މި ބަޖެޓަށް ވޯޓަށް އަހާފައެވެ. މި ވޯޓުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސް ކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މިއީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. ސަޕްލިމެންޓްރީ...

ޔުމްނާ ޢަލީ
އަތޮޅުކައުންސިލްގެ ރައީސުން ވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔަކަށް ހަދަންވީ: އައިބީ

އަތޮޅުކައުންސިލްގެ ރައީސުން ވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔަކަށް ހަދަންވީ: އައިބީ

އަތޮޅުކައުންސިލްގެ ރައީސުނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔަކަށް ހަދަންޖެހޭކަމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި އެ އިސްލާހަށް ތާއީދުކުރަށްވާ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ހުރިހާ ކޮމިޝަންތަކަށް ވެސް އެބަދަލު ގެންނަން...

ޔުމްނާ ޢަލީ
ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ފަޒާދު

ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ފަޒާދު

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހޮވައިފިއެވެ. މިއަދު ހެނދުނު 10:15 ގައި ފެށި ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރަކަށް ފަޒާދު ހޮވީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގެ ނައިބަކަށް ހޮވާފައި ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2...

ޔުމްނާ ޢަލީ
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިފި

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިފި

ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަން ހުށަހަޅާފައި ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. އެއީ ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ރުފިޔާއެވެ. ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރާނެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރު މި ބަޖެޓް ހުށަހަޅަމުން ވަޒީރު ވިދާޅުވީ، އުލަތުގެ މާލީ ހިސާބުތަކަށް […]

ޔުމްނާ ޢަލީ
ދުންފަތުގެ މައްސަލަ ހައްލުނުވާނެކަމަށް ދެކި އަތް އުރާލައިގެން ތިބެގެންނުވާނެ: ހަސަނާ

ދުންފަތުގެ މައްސަލަ ހައްލުނުވާނެކަމަށް ދެކި އަތް އުރާލައިގެން ތިބެގެންނުވާނެ: ހަސަނާ

އުއްމީދުކުރުންތައް އުއްމީދާ އެގޮތަށް ވެގެން ނުދިޔުމަކީ އަތް އުރާލައިގެން ތިބެންވީ ސަބަބެއް ނޫންކަމަށާއި، ގަދައަޅައި މަސައްކަތްކުރުމުން ދުންފަތުގެ މައްސަލައަށް ވެސް ހައްލު ލިބޭނެކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) މިއަދު ވިދާޅުވެއްޖެއެވެ. ހަސަނާ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު...

ޙުސައިން ޝަހުދީ
ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަކީ އެކަން ހުއްޓުވަން އެޅޭނެ ބާރެއް: އަނާރާ

ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަކީ އެކަން ހުއްޓުވަން އެޅޭނެ ބާރެއް: އަނާރާ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޯޑިޓް ރިޕޯޓުތައް ދިރާސާކުރުމުން ފާހަގަވާ ޚިޔާނާތުގެ މައްސަލަތަކުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި ކޮމެޓީތަކުން ހުށަހަޅާކަންކަމުގެ ތެރެއިން ތިމާވެއްޓާބެހޭ ވުޒާރާގެ 2012 އިން ފެށިގެން 2018...

ޔުމްނާ ޢަލީ
ވާނުވާ ބަންދަކީ ބޮޑު ތަކުލީފެއް، މުއްދަތު އަވަސް ކުރުން މުހިންމު: އަނާރާ

ވާނުވާ ބަންދަކީ ބޮޑު ތަކުލީފެއް، މުއްދަތު އަވަސް ކުރުން މުހިންމު: އަނާރާ

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ނުނިމިދިގުލައި ދިޔުމަކީ އެފަދަ މީހުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް އަދި ތަކުލީފެއްކަމަށާއި، އެފަދަ މީހުން ބަންދުގައި ތިބޭ މުއްދަތު އަވަސް ކުރުން މުހިންމުކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ތިން ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާފައި ޕްރޮސިކިއުޓަރ […]

ޙުސައިން ޝަހުދީ