ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އެ މަޤާމަށް ޢައްޔަނުކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، އައްބާސް ޢައްޔަނުކުރުމުގެ މަރުހަލާ […]
ޔުމްނާ ޢަލީ
ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީ ބަލިވުމުން އެ ޕާޓީން އުޅެނީ ވަރަށް އަސަރުކޮށްގެން ކަމަށާއި، އިންތިޚާބުތައް ކާމިޔާބުކުރަން އެމްޑީޕީން ގޭގޭގެ ވަޅުތައް ހިއްކައިދީގެން އުޅުނު މަންޒަރުވެސް ފެނިފައިވާކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޚާއްސަ ދެވަނަ ޖަލްސާ ބާއްވާފައެވެ. މިޖަލްސާގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ޤާނޫނަށް އިޞްލާޙ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފުގެ ނަންފުޅު، ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިރޭ ފޮނުވައިފިއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، މިރޭ ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައެވެ. ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރަށްވައި، ދައުރުން ބޭރު...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހައި، ޝަމީމް ވަކިކުރަން ފާސްކޮށްފިއެވެ. މިއަދުގެ ދެވަނަ ޖަލްސާގެ ގޮތުގައި ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް މިރެއަށް ތާވަލުކޮށް، ޖަލްސާ ފަށާފައި ވަނިކޮށް، ޕީޖީ އޮފީހުން ވަނީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ޝަމީމްގެ އިސްތިއުފާ ރައީސް އޮފީހަށް ލިބިފައިވާކަން މަޖިލީހަށް ކަށަވަރުނުވާތީ ޖަލްސާ ކުރިއަށް ގެންދިޔައެވެ. އަދި ޝަމީމް ވަކިކުރުމ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މިރޭ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ޕީޖީ އޮފީހުން މިރޭ ބުނީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އަދި ޕީޖީގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދް ސަލީމް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ޝަމީމް މަޤާމުން އިސްތިއުފާދެއްވާފައި މި ވަނީ، ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން މިރެއަށް ވެސް ޖަލްސާއެއް އޮތީ ތާވަލުކޮށް، ޖަލްސާ ފަށާފައި ވަނިކޮށެވެ. ޕީޖީގެ މަޤާމުން ޝަމީމު ވަ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެމައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ. ޝަމީމް ވަކިކޮށްދޭން އެދި މެންބަރު ޝާހިދު ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވި ސިޓީއާއި ގުޅިގެން އެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ދަންމާލުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމައިފިއެވެ. މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 އަށެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައްޓަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބުއްރަޙީމް ޢަބުދުﷲ ވަނީ އެކަން ފާހަގަކުރައްވައި ދައުރ...
ޙުސައިން ޝަހުދީ
ފަޅުންނާއި ކަނޑުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގެ އެޖެންޑާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރާއި ސުވާލުކުރުން ވަނީ ހިމަނާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ވަޒީރާ ކުރައްވާ މި ސުވާލަށް ޖަވާބު...
ޔުމްނާ ޢަލީ
ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަަކަށް ބަދަލުކުރުމަށް އިއުތިރާޟެއްނެތް ކަމަށާއި، އެކަމަކު އެތަން ވާންވާނީ 15 އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީފައިވާ ތަނަކަށްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވަނީ ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު މިހާރު...
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމަށް ޢައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން ސަރުކާރުން ޢިއުލާން ކުރީ 22 ޖުލައި 2024 ގައެވެ. ރައީސް މުޢިއްޒު ވަނީ އޭރުގެ ގަވަރުނަރު ޢަލީ ހާޝިމް އެދުވަހު މަޤާމުން ވަކިކުރަށްވާފައެވެ. ޢަލީ ހާޝިމް […]
ޔުމްނާ ޢަލީ
ރާއްޖެއަށް ބިދޭސީން ގެނައުމަކުން އަދި ނުފުދޭ ކަމަށާއި، އެ މީހުންއަތުން ދިވެހި ރާއްޖޭގެ ދައުލަތަށް ލިބެންވާ ފައިސާވެސް ހޯދައި ދައްކަންޖެހޭކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބުދުލްގާދިރު (ހަސަނާ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ވާހަކަދައްކަވަމުން ހަސަނާ ވިދާޅުވީ، ވަޒީފާއާއި...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލް ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާގޮތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން، ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް އެވެ. މެންބަރު މުންތަޡިމް އިބްރާހީމް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުށް އިޞްލާޙު ގެނައުމުގެ ބިލުގައި ބުނާގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ މިހާރު ޤާނޫނު އޮންނަގޮތުން ލޯކަލް ކަ...
ޔުމްނާ ޢަލީ
ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ. ޓޮމް އެ މަގާމުން އިސްތިއުފާ ދެއްވިކަމާއި އިސްތިއުފާދެއްވި ސަބަބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެ ޕޯސްޓްގައި ޓޮމް ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުންއޭނާ އިސްތިއުފާދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސ...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދުގައި އިހުމާވެ، އެމީހުންނަށް މުސާރަ ނުދޭ ނަމަ، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ، އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައެވެ. އެއީ ބިދޭސީން މަސައްކަތްތެރިން...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމާ އެކުގައި މަޖިލިހުގެ ތަޅުމުން ބަންގީގެ އަޑު އިވިފައިވެއެވެ. އެއީ އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒުގެ ބަންގީގެ އަޑެވެ. އޭރު މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު...
މުޙައްމަދު