ރައްޔިތުން ނިކަމެތި ހާލުގައި “ގަރުދިޔަ އާއި ބަތް ކާން ޖެހޭ” ހާލަތަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. ގާސިމް އެގޮތަށް ވިދާޅުވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލިހުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޣަފޫރު ވިދާޅުވީ އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން...
މުޙައްމަދު
ރާއްޖޭގެ އިގްތިސާދު ފޫ ނުބެއްދިގެން އުޅެނީ ރިކަރަންޓު ހަރަދު އެއް ބިލިއަން ރުފިޔާ އަށް އަރައި ހަރަދު ބޮޑުވީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ޖަލްސާގައި ގަފޫރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވިއިރު، ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅަށް ކަމަށާއި ދުވަހަކު ވެސް ފަތުރުވެރިކަމުން އާމްދަނީ ނުވަންނަ ވަރަށް ފައިސާ ވަންނަމުން ދިޔަ ކަމަށެވެ. ގަފޫރު ވިދާޅުވީ ރައީސް ސޯލިހްގ...
މުޙައްމަދު
ދިވެހިރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކޯޓުތަކަށް ”އަތްބޭނި” ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމެއް ނުކުރައްވާނެ، ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ކޯޓުތަކާމެދު ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދައިދިނުމަށް ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހި...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވަފްދެއް، ޗައިނާ އަށް ފުރާވަޑައިގެންފިއެވެ. މަޖިލީހުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ އަށް ވަނަ ސައުތު އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ. މި އެކްސްޕޯ އަށް ވަޑައިގެންނެވި މަޖިލިހުގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމާއި ވެރިކަން ކުރާ، މައި ޕާޓީ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ. ވަފުދުގައި ހިމެނިވަޑައިގަންނަވާ މެމްބަރުނ...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ނިންމުން ބަދަލުކޮށް މެންބަރުންނާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ފުރާ އެންމެންނަށް ވީއައިޕީ ޚިދުމަތް ނުދޭ ގޮތަށް ފާސްކޮށްފިއެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ، މަޖިލިސް މެންބަރުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވީއައިއޭގެ ވީއައިޕީ ލައުންޖުން ޚިދުމަތް ދިނުމަށް ފާސްކޮށްފައެވެ. އެހެންވެ އެ ދައުރު ނިންމާލީ އެ ގޮތަށެވެ. 18 އަދި 17 ވަނަ މަޖިލީހުގައި ވެސް އަމަލުކޮށްފައި ވަނީ މި އުސޫލުންނެވެ. 20 […]
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އޭނާ އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގެވީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ ބައްދަލުވުން ކުއްލި ގޮތަކަށް ފަސް ކުރީ، ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެނ...
މުޙައްމަދު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެމެރިކާ އާއި ޗައިނާއިން ޑްރޯން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފް އާއި އެއިދާރާއާއި ގުޅިގެން އެ ޑްރޯންތައް ބޭނުން ކުރާނ...
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ތާވަލް ކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ. އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓީގައިވެއެވެ. މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ބާއްވަން ހަމަޖެ...
މުޙައްމަދު
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވަމުންދާތީ މަޖިލިހުގެ މެމްބަރުންގެ ހިޔާލު ހުރި ގޮތް ހޯދުމަށް މަޖިލިހަށް ހުށަހެޅި ގަރާރު ދިރާސާ ކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ. މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. އެ ގަރާރު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން 78 މެމްބަރުންގެ އިއްތިފާގުން އެ ގަރާރު ބަލައިގެންފައިވެއެވެ. އެހެންވެ ރިޔާސަތުން ނިންމީ އެ ގަރާރު...
މުޙައްމަދު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފަށައިފިއެވެ. މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ފާސްކޮށްފައެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ހުށަހެޅުއްވި މައްސަލައިގައި ވަ...
މުޙައްމަދު
ރާއްޖޭގެ ފަރާތުން ދެ ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނިންމާފައި ވަނީ ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރަން ފެންނަ ކަމަށެވެ. އަދި ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނުގެ ސަފީރު […]
މުޙައްމަދު
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް މާފުށީ ދާއިރާގެ މެމްބަަރު ހުސައިން ރިޒާ އާދަމް އިއްޔެ އިންތިޚާބުކޮށްފިއެވެ. ރިޒާ އަކީ ކ. ގުރައިދޫ ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. އޭނާ ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ގޮތުގައެވެ. ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ 19 ވަނަ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ހިސާން ހުސައިނެވެ. އޭނާ ވެސް މަޖިލީހުން އެއިރު ޖޭއެސްސީގެ މެންބަރުކަމ...
ޔުމްނާ ޢަލީ
އިންޑިއާ އާއި ދިވެހިރާއްޖެ ގުޅުމުގެތެރެއިން ފަހިވެގެންދާނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމަށް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅު ރައީސް ސިފަކުރެއްވީ ކާމިޔާބު ދަތުރުފުޅެެއްގެ...
ޔުމްނާ ޢަލީ
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުންދާތީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލު ބަލައިގަނެ، މަޖިލީހުގެ ކަމާބެހޭ ކޮމެޓީ އަށް ފޮނުވައިފިއެވެ. އިސްރާއީލްގެ ޕާސްޕޯޓުގައި އަދި އިސްރާއީލް މީހުން އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުން މަނާކޮށް އިމިގްރޭޝަން ގާނޫނަށް އިސްލާހް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އަދި މައިނޯރިޓީ ލީޑަރަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކަނޑައަޅައިފިއެވެ. މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އިއުލާނު ކުރެއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރަކު ހުން...
މުޙައްމަދު