އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި، ރޯދަމަހުގެ އިނާޔަތް ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހް ގެނައުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ. މި ބިލުގެ މަސައްކަތް ނިންމައި، ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު ބ...
ޔުމްނާ ޢަލީ
ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނު ކުރުމަށް އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެއް އިއްޔެ ފަށައިފިއެވެ. މި ކޯހަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން ފަށާފައިވައިވާ ކޯހެކެވެ. މި ކޯސް ފެށުމަށް ބޭއްވު ބައްދަލުވުމުގައި ކޯހުގެ ބައިވެރިންނާއި، އައިޔޫއެމްގެ އިސްވެރިންނާއެކު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންފައިވާއިރު، މި ބައްދަލުވުމުގައި މަޖިލީހުގެ...
ޔުމްނާ ޢަލީ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އޭސީސީގެ ނައިބު ރައީސްކަމަށް ނާޝިދު ޢައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުންގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެ ރިޕޯޓް އިއްވުމަށްފަހު ބަހުސްކުރަން ހުޅުވާލައި އަދި ވޯޓު ގަޑީގައި ވަނީ އެ ދެނަމަށް ވޯޓަށް އަހާފައެވެ. އޭސީސީގެ ނަ...
ޔުމްނާ ޢަލީ
މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 1 ފެބްރުއަީ 2025 ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) ޢައްޔަނުކުރަށްވާފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޠާރިޤަށް ރުހުންއޮތްތޯ ބަލަން ވޯޓު ނަގާފައެ...
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ދެބޭފުޅުން މި މަގާމުތަކަށް ޢައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުންގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ރިޕޯޓް މިއަދު ވަނީ މަޖިލީހުގައި އިއްވާފައެވެ. އެ ރިޕޯޓް އިއްވުމަށްފަހު ބަހުސްކުރަން ހުޅުވާލައި އަދި...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރާއި ގުޅޭ އިސްލާހެއް މަޖިލީހުގެ ގަވާއިދަށް ގެނައުމަށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ މި މައްސަލާގައި ބުނެފައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުވެއިތު، ބޫޓާނު އަދި ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފިއެވެ. ކުވެއިތުގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ރައީސް ހުށަހަޅުއްވާފައިވަނީ، މިހާރު ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު، އަޙްމަދު ސަރީރެވެ. ބޫޓާނަށް ހުށަހަޅުއްވާފައިވަނީ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދެވެ. އަދި ސްވިޓްޒަލަންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް...
ޔުމްނާ ޢަލީ
މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، ދޮށީގެ މަސްވެރިކަމުގައި މިވަގުތު ކިޔުއެއް އެބަ އޮތް ކަމަށާއި، އެއްވެސް ސަރުކާރަކުން މި ކިޔު ނައްތައިލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މިހާރު...
ޔުމްނާ ޢަލީ
ސްޕޯސްޓް ފިޝިން ކަނދުފަތި އަޅަމުން ދަނީ ދިރާސާކުރެވިގެން ވީހާވެސް ކައިރިކައިރީގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު، ސްޕޯޓްސް ފިޝިން ކަނދުފަތިތައް އެޅުމާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެއީ މިހާރު ޓްރެންޑަކަށް ވެފައިވާ ކަމެއްކަމަށާއި، އެމަނިކުފާނު ކުރިން ފާހަގަކުރެއްވިފަދައިން މިހާރު ވެސ...
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އީސީގެ ރައީސްކަމުގެ މަގާމާއި ނައިބުކަމަށް އައްޔަނު ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވި ދެ ނަން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރަ...
ޔުމްނާ ޢަލީ
މި އަހަރު މާލެ ސަރަހައްދުގަައި އިތުރު ސްކޫލެއް އަޅައި ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ވޭތުވި އަހަރު ތަޢުލީމީ ދާއިރާއިން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވުމަށްފަހު މިއަހަރުގެ އަމާޒުތަކުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރަތް ކުރުމ...
ޔުމްނާ ޢަލީ
މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށް ޓަކައި، އާންމު ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލ...
ޔުމްނާ ޢަލީ
ހއ.އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މި އަހަރު ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެ ކަމަށެވެ. ހަމައެހެންމެ، ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގ...
ޔުމްނާ ޢަލީ
ޣާޒާއިން ފަލަސްތީން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އެތައް ހާސް އަހަރެއްވި ޤައުމީ ހަޔާތުގައި ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަވާލު ކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތު ނުވަތަ ދިވެހީންގެ ކަންކަން ދިވެހީންގެ މަޞްލަޙަތާއި ސަލާމަތަށް ޓަކައި...
ޔުމްނާ ޢަލީ
މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ޤައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަރ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. އެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން ފާހަގަކުރަށްވަމުން...
ޔުމްނާ ޢަލީ