ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މއ. ސިގްމާ، މުޙައްމަދު މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާޤުންނެވެ. މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވުމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ. މި މަޤާމު ހުސްވެފައިވަނީ ސިވިލް ސާވިސް ކޮމި...
ޔުމްނާ ޢަލީ
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނަސް މި މަގާމަށް އައްޔަނުކުރެއްވީ 13 މާރިޗް 2025 ގައެވެ. ގާނޫނު ބުނާ ގޮތުން އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ. އެ މަޤާމަށް އަނަސް ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ، މަޖިލީހުގެ އެސްއޯއީ ކ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން އިއްޔެ މި ބިލުގެ މަސައްކަތް ނިންމާފައިވާއިރު، މިއަދު ތަޅުމުގައި ވޯޓަށް އެހުމުން ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ނިންމީ މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ މަސައްކަތް މިއަދު ކޮމެޓީން ނިންމާފައިވާއިރު، މިއަދުގެ ކޮމެޓީގެ މި ބިލަށް، ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެ...
ޔުމްނާ ޢަލީ
ފައިސާ ޗާޕުކުރާ ވާހަކައަކީ ޚިޔާލީ ފޮލައިގެ ތެރެއިން އެމްޑީޕީން ހިތަށް އަރައިގެން ދައްކާ ވާހަކައެއް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ، ”ޤާނޫނުއަސާސީއާއި، ކ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ ޖުޑިޝިއަރީ ކޮމެޓީން ޝަހީދު އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ނިންމީ އިއްޔެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ތަޅުމަށް ފޮނުވައި ވޯޓަށް އަހާފައެވެ. އެ ނިންމުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރަން ފެންނަކަމަށް 64 މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ޝަހީދ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުނުކުރަށްވައި އަލުން ވިސްނެވުމަށް އަނބުރާ ފޮނުވާލެއްވުމާ ގުޅިގެން، އެ ބިލް އަލުން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. މި ބިލަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ. މި ބިލުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑި...
ޔުމްނާ ޢަލީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. ރަޝީދު ވަކިކުރުމުގެ މަޝްވަރާތައް ކޮމެޓީގައި ކުރިއަށް ގެންދިޔައީ މައިކު ނުޖައްސައެވެ. ރަޝީދު މަގާމުން ވަކިކުރަން އުޅޭ ސީދާ ސަބަބެއް އަދި ސާފެއްްނުވެއެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގައި ބައިވެރިވެވަޑައިގަތް މެމްބަރުންކުރެ އެންމެ މެމްބަރެއްފިޔަވައި ދެން ތިއްބެވި މެ...
ޔުމްނާ ޢަލީ
ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް އްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ގޮވާލައްވައިފިއެވެ. މެމްބަރު އިބްރާހީމް މުހައްމަދު މިފަދައިން ގޮވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”ޕީއެންސީ މަޖިލިސް މެމްބަރުންނަށް އާސަންދަ ހަމަޖައްސައިދޭން ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި” ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް އާސަންދައިން ވަނީ ދޮގުކޮށްފައެވެ. މި ޚަބަރު ދޮގުކޮށް އާސަންދައިންގެ ޕޯސްޓްގައި ވަނީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، އާސަންދަ ކުންފުނިން...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމިޓީތަކުގެ ތެރޭ ހިމެނޭ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކޮށް، އިމްތިޔާޒް އަދި ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސައިފިއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ބަދަލުތައް އިއުލާނުކުރެއްވިއެވެ. ރިޔާސަތުން ޢިއުލާން ކުރެއްވި ބަދަލުތަކުގެ ތެރޭގައި ހި...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުން މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހުށަހެޅުނު ބިލު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ޖަލްސާގައި 68 މެންބަރުން ވަނީ މި ބިލު ފާސްކުރަން ވޯޓުދެއްވ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށްފަހު، މެންދުރުފަހު އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުނެވެ. އޭގެ ދެތިން ގަޑ...
ޔުމްނާ ޢަލީ
ޚަަރަދު ކުޑަކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔތު ކޮމެޓީން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ލަފާދީފިއެވެ. މި ލަފާ ހިމެނޭ މާލިއްޔަތު ކޮމެޓީގެ ރިޕޯޓު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓުގައި ކޮމެޓީން ރައީސަށް އަރުވާ ލަފައެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މިޑިއާ ކައުންސިލާއި، ބްރޯޑްކޮމް އެއްކޮށްލައިފި...
ޔުމްނާ ޢަލީ
ހޯމްލޭންޑު އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މާދަމާ ހެނދުނު 09:00 ގައި ފަށާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާންގެ މައްސަލަ އޮތީ ފުރަތަމަ އައިޓަމެއްގެ ގޮތުގައެވެ. އިހުސާނުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއިއެކުއެވެ. ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިހުސާނުގ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަ...
އިބްރާހިމް ޚަލީލް
މިނިވަން މުވައްސަސާތަކާއި، މުސްތަގީލް މަގާމްތަކުގެ މުސާރައިން 10 އިންސައްތަ ކުޑަކުރަން ނުފެންނަކަމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި، ކުރިއަށް އޮތް 2 އަހަރުދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ފޮނުއްވާފަ...
ޔުމްނާ ޢަލީ