މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޒަމްޢަތު އަހުމަދު ވަޙީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމް އަށް މެމްބަރަކު ޢައްޔަނުކުރުމަށް ނަމެއް ފާސްކުރުމަށް މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި، ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާޤުން ޒަމްޢަތު އައްޔަން ކުރުމަށް ވޯޓުދެއްވިއެވެ. މި މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށްފަހ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މި ދެ މަގާމަށް މީހުން ހޯދުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ސަލީމާއި ހަމީދު އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މި 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފިއެވެ. މާދަމާ ހެނދުނު 9:00 ގައި ފަށާ މި ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެވެ. މީގެ އިތުރުން ނޭޕާލާއި، އަޔަރލޭންޑާއި އަދި ޔުކްރޭނަށް ނޮން-ރެސިޑެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރު ނިންމައި މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ. މަޖިލީހުގެ މި ދައުރު ނިންމާލީ 32 ޖަލްސާ ބޭއްވުމަށްފަހުއެވެ. މިއަދު 13:30 ގައި ފެށި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ހަވީރު 16:33 ގައި ނިންމާލައްވަމުން ރިޔާސަތުން ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވިދާޅުވިގޮތުގައި މި ދައުރު ބޭއްވުނު 32 ޖަލްސާގައި ޖުމްލަ 59 ގަޑިއިރު ވަނީ ހޭދަވެފައެވެ. މީގެ އިތުރުން މި ދައުރުތަކުގައި މަޖިލީހުގެ ކޮމެޓީތަކުގެ ޖުމްލަ 103 ބައްދަލުވުން […]
ޙުސައިން ޝަހުދީ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީންގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި އަމީންގެ މައްޗަށް އިތުބާރު ނެތްކަމަށް ފާހެއްނުވިއެވެ. މިއަދު މެންދުރުފަހު 1:30 ގައި ފެށި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި އަމީންގެ އިތުބާރުގެ މައްސަލާގައި ވަނީ ވޯޓަށް އަހާފައެވެ. އަމީންގެ އިތުބާރު އޮތްކަމަށް 54 މެމްބަރުން ވޯޓުދެއްވިއިރު، އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. ވަކިކޮޅަކަށް ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއްނުވެއެވެ. އަމީނ...
ޔުމްނާ ޢަލީ
އޮޅުހިޔާ ފެސިލިޓީގެ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް މިއަދު ދެންނެވުނީ އޮޅުމަކުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އޮޅުހިޔާ ފެސިލިޓީގެ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަސްމީ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ވ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައެވެ. މި ޖަލްސާގައި، ދެ ފަނޑިޔާރުން ވަކިކުރުމަށް ފެނޭތޯ ވަކިވަކިން ނެގި ވޯޓުގައި، ކޮންމެ ފަނޑިޔާރަކު ވަކިކުރުމަށް 68 މެންބަރުން ތާއީދު ކުރެއްވިއެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސް...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީ...
ޔުމްނާ ޢަލީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޒީން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަޤާމަށް 10 ވަރަކަށް ބޭފުޅުން ކުރިމަތިލެއްވިއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް، އެންމެ މަތިން މާކްސް ލިބުނު ފަސް ބޭފުޅުންގެ ނަން ހުށަހެޅިއެވެ. އެންމެ މަތިން މާކްސް ލ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި ދިވެހި މަސްވެރިން މަސައްކަތްކުރަމުން އަންނަކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ދާއޫދު ކުރެއްވި ސުވާލު: ”އަޅުގަނޑުގެ ސުވާލަކީ 2010ގައި އެމ.ްޑ.ީޕީ ވެރިކަމުގައި ރާއްޖޭ...
ޔުމްނާ ޢަލީ
އަވަށްޓެރި އިންޑިއާ އާއި އެކު ދިފާއީ ދާއިރާއިން އޮތީ ހަތަރު އެއްބަސްވުމެއްކަމަށާއި، އެ އެއްބަސްވުންތަކުން ބައެއް އެއްބަސްވުންތަކަށް ބަދަލުގެނެވި، އަނެއްބައި އެއްބަސްވުންތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަށްވަމުންގެންދަވާކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުނ...
ޔުމްނާ ޢަލީ
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ “ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން، ސްކޫލްތަކުގައި ކިވައިދިނުމަށް ބޭނުންކުރާ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް މި އަހަރުގެ ނިޔަލަށް ނިންމާލާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސެއިން ޒިޔާދު، ރާއްޖޭގެ ސްކޫލުތައް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ގޮސްއޮތް ހިސާބާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއ...
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލި 10 މީހެއްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ. ބްރޮޑްކޮމް އިން ހުސްވެފައި ވަނީ އެންމެ މެމްބަރެއްގެ މަގާމެވެ. އެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބްރޯޑްކޮމް އަށް މެމްބަރަކު ހޯދަން މިދިޔަ އާދީއްތަ ދުވަހު ޢިއުލާން ކުރުމަށްފަހު، ކުރިމަތި މީހުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ...
ޔުމްނާ ޢަލީ
ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި އަމިއްލަވަންތަ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ވަނީ، ކެލާ ލިލީ ހައުސް ތަރައްގީ ކުރުމުގެ މަޝްރޫޢު މާލޭގެ ހުކުރު މިސްކިތަށް ވީގޮތަށް ނުވާނެތޯ ސުވާލުކުރަށްވާފައެވެ. އަދި އެތަނަށް ކިހާވަރެއްގެ ޚަރަދެއް ކުރީ ސަރުކާރުން ކުރިތޯ […]
ޔުމްނާ ޢަލީ