މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 17 ވަނަ ޞަފްޙާ

އީރާނަށް އޮޅުވާލަން ހިންގި ކެމްޕޭނު ފަޅާއަރުވާލުމުން ކޯފާވެ، ޓްރަމްޕްގެ އިންޒާރު ނިއުޔޯކް ޓައިމްސް އަށް

އީރާނަށް އޮޅުވާލަން ހިންގި ކެމްޕޭނު ފަޅާއަރުވާލުމުން ކޯފާވެ، ޓްރަމްޕްގެ އިންޒާރު ނިއުޔޯކް ޓައިމްސް އަށް

އީރާނުގައި ވައްޓާލި އެމެރިކާގެ ”އެފް-15 އީ” މަތިންދާބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމަށް ހިންގި ސިއްރު އޮޕަރޭޝަނުގެ ތަފްސީލީ ރިޕޯޓެއް ޝާއިއުކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކް ޓައިމްސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކޯފާވެ ހުންނަވާ އިންޒާރު ދެއްވައިފިއެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި ބްރީފިންގްގައި ޓްރަމްޕް ވިދާޅުވީ، އެ ނޫހުން ހާމަކުރި މައުލޫމާތުތަކުގެ ސަބަބުން އީރާނަށް އޮޅުވާލުމަށް ސީ.އައި.އޭ އިން ހިންގަމުންދިޔަ ހާއްސަ ކެމްޕޭނަކަށް ހުރަސް އެޅި، އެކަން އީރާނަށް ފަޅާއެރިކަަމަށް ޓްރަމްޕް...

ނާޒިމާ އަލީ
ޒިންމާދާރުކަމާއެކު އައު ކައުންސިލްތަކުން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރަން: މިނިސްޓަރު

ޒިންމާދާރުކަމާއެކު އައު ކައުންސިލްތަކުން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރަން: މިނިސްޓަރު

އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތި...

އަލީ އާދިލް
މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ

މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުން، އެ މެންބަރުންގެ ދައުރުގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ އުސޫލު ނުވަތަ ‘ރިކޯލް ވޯޓު’ ބިލު ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބ...

ޔުމްނާ ޢަލީ
އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި

އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ކުރުދީ ޖަމާއަތްތައް ބައިވެރިކޮށްފިނަމަ، އީރާނާއި އެއްކޮޅަށް ތުރުކީވިލާތުން ސީދާ އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ ސީރިއަސް އިންޒާރެއް އެމެރިކާއަށާއި، އިރާގަށާއި ކުރުދީ ބާރުތަކަށް ދީފިކަމަށް ތުރުކީގެ ނޫސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ. އަންކާރާއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ދަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީ.ކޭ.ކޭ) އާއި އޭގެ އީރާނު ގޮފި ކަމަށްވާ ޕީ.ވައި.އޭ.ކޭ އާއެކު މަޝްވަރާކުރަން މަސައްކަތްކުރަމުންނެވެ....

ނާޒިމާ އަލީ
އީރާނާ ގުޅުންހުރި ހެކަރުން އެފްބީއައި ގެ ޑައިރެކްޓަރުގެ އީމެއިލް ހެކްކޮށް ފޮޓޯތަކާއި ލިޔުންތައް އާންމުކޮށްފި

އީރާނާ ގުޅުންހުރި ހެކަރުން އެފްބީއައި ގެ ޑައިރެކްޓަރުގެ އީމެއިލް ހެކްކޮށް ފޮޓޯތަކާއި ލިޔުންތައް އާންމުކޮށްފި

އީރާނާ ގުޅުންހުރި ހެކަރުން އެފް.ބީ.އައި ގެ ޑައިރެކްޓަރު ކޭޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އިންބޮކްސްއަށް ވަދެގަނެ، އޭނާގެ ފޮޓޯތަކާއި އެހެނިހެން ލިޔެކިޔުންތައް އިންޓަނެޓުގައި އާންމުކޮށްފައިވާ ކަމަށް ހެކަރުންނާއި ބިއުރޯއިން ހުކުރު ދުވަހު ބުނެފިއެވެ. ހެކަރުންގެ ގްރޫޕެއް ކަމަށްވާ “ހަންޑަލާ ހެކް ޓީމް” ގެ ވެބްސައިޓުގައި ބުނެފައިވަނީ، ކާމިޔާބުކަމާއެކު ހެކްކޮށްފައިވާ މީހުންގެ ލިސްޓުން މިހާރު ޕަޓޭލްގެ ނަން ފެންނާނެ ކަމަށެވެ. ހެކަރުން ވަނީ ޕަޓޭލް ސިގަރޭޓް ބޯން ހުންނަ ފޮޓޯތަކާއި، އާސާރީ ކާރެއްގައި އިންނަ ފޮޓ...

ނާޒިމާ އަލީ
މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު މަޖިލީހުގެ މި ދައުރުތެރޭ ހުށަހަޅަނީ

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު މަޖިލީހުގެ މި ދައުރުތެރޭ ހުށަހަޅަނީ

މަރުގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެނ...

ޔުމްނާ ޢަލީ
ދިއްދުއަށް ކޮށްދިން ކަމެއް ކޮށްދިނީ މި ސަރުކާރުން: މެމްބަރު ލަތީފް

ދިއްދުއަށް ކޮށްދިން ކަމެއް ކޮށްދިނީ މި ސަރުކާރުން: މެމްބަރު ލަތީފް

ހއ. އަތޮޅަށް ވެސް އަދި ދިއްދުއަށް ވެސް ތަރައްގީއަށް ކަމެއް ކޮށްދީފައި އޮތީ މި ސަރުކާރުންކަމަށް ދިއްދޫ ދާއިޜާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެ އެވެ. ދިއްދޫ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރަށުގައި ބެއްވި ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފިކުރުން ދިއްދުއަށް ކޮށްދިން ކަންކަން ވަރަށް ގިނަ ކަމަށެވެ. “ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިއްދޫ ރައްޔިތުންނަށް 3 ވައުދަކާ އެކު. އެންމެ […]

އައިޝަތު ޢާދަމް
ހަކަތައިގެ މަރުކަޒަށް ހަމަލާދިނުން ފަސްކުރީ އީރާނާ މަޝްވަރާކުރާތީކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާނުން އެކަން ދޮގުކޮށްފި

ހަކަތައިގެ މަރުކަޒަށް ހަމަލާދިނުން ފަސްކުރީ އީރާނާ މަޝްވަރާކުރާތީކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާނުން އެކަން ދޮގުކޮށްފި

މުޅި ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ހަމަލާތަކެއް ދިނުން ފަސްކޮށްފައިވަނީ އީރާނާއިއެކު މަޝްވަރާ ކުރިއަށްދާތީކަމަށް އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ވިދާޅުވި ވާހަކަފުޅު އީރާނުން ދޮގުކޮށްފިއެވެ. އެމެރިކާއާއި އީރާނާ ދެމެދު އޮތް ބަހުގެ ހަމަލާތައް އިންތިހާއަށް ވަރުގަދަވެ، މަޝްވަރާގެ މޭޒާ މެދު ދެގައުމުން ދެބަސްވުންތައް ކުރިއަށްދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ޖޮއިންޓް ބޭސް އެންޑްރޫސްގައި ބޭއްވި ނޫސްވެރިން...

ނާޒިމާ އަލީ
އަހަރެމެންގެ އާންމު ތަންތަނަށް ހަމަލާދޭއިރުވެސް ކެތްތެރިވިން، އެކަމަކު ކަރަންޓު ނެޓްވޯކަށް ހަމަލާދީފިނަމަ ބަދަލުހިފާނަން: އީރާން

އަހަރެމެންގެ އާންމު ތަންތަނަށް ހަމަލާދޭއިރުވެސް ކެތްތެރިވިން، އެކަމަކު ކަރަންޓު ނެޓްވޯކަށް ހަމަލާދީފިނަމަ ބަދަލުހިފާނަން: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ބިރުދައްކައި ދެއްވަމުން ގެންދަވާ ހަރުކަށި އިންޒާރުތަކާ ގުޅިގެން، އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ. އީރާނުން ބުނެފައިވަނީ އެގައުމުގެ ހޮސްޕިޓަލްތަކާއި، ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކާއި، ސްކޫލްތަކަށް ހަމަލާދެމުންދާ އިރުވެސް، އީރާނުން އެފަދަ އާންމު ތަންތަނަށް ހަމަލާނުދީ ހިފެހެއްޓުންތެރިކަން އިސްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، އެގައުމުގެ ކަރަންޓު ނެޓްވޯކަށް އެއްވެސް ހަމަލާއެއް އަތުވެއްޖެނަމަ، އޭގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވ...

ނާޒިމާ އަލީ
''ހަނގުރާމައިގެ މައުޟޫޢުގައި ދައްކާނެ ވާހަކައެއް ނޯންނާނެ، ރާއްޖޭގެ ސަރަހައްދެއް ހަނގުރާމައަކަށް ނުދޭނަން''

''ހަނގުރާމައިގެ މައުޟޫޢުގައި ދައްކާނެ ވާހަކައެއް ނޯންނާނެ، ރާއްޖޭގެ ސަރަހައްދެއް ހަނގުރާމައަކަށް ނުދޭނަން''

ހަނގުރާމައިގެ މައުޟޫޢުގައި ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރަ...

ޝިއުނާ އާދަމް
ސައުދީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަށް އެމެރިކާއިން އަންގައިފި

ސައުދީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަށް އެމެރިކާއިން އަންގައިފި

އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާތީ، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަށް ރިޔާދުގައި ހުންނަ އެމެރިކާ އެމްބަސީން އިލްތިމާސްކޮށްފިއެވެ. ބުރާސްފަތި ދުވަހު ނެރުނު ސަލާމަތީ އިންޒާރެއްގައި އެމްބަސީން ބުނީ، ސަރަހައްދީ މަސްލަހަތު އިންތިހާއަށް ގޯސްވަމުންދާތީ، ރައްކާތެރިކަމާއެކު ފުރޭނެ މަގެއް އޮތް ނަމަ މިހާރުން މިހާރަށް ސައުދީން ފޭބުމަށް ބާރުއަޅާ ކަމަށެވެ. އަދި މެދުއިރުމަތީގެ ހާލަތު ވަރަށް ގާތުން ބަލަމ...

ނާޒިމާ އަލީ
އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ: އީސީ

އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ: އީސީ

މާލޭގެ މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ނުވަތަ ތަކެއްޗަށް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އިލެކްޝަންސް ކޮމިޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށެވެ. ނަމަވެސް މި ހާދިސާގައި އިންތިޚާބާ ގުޅުންހުރި އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައި ނުވ...

ޔުމްނާ ޢަލީ
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފި

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފި

އީރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާއެއްގައި، އެ ގައުމުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ބުނެފިއެވެ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރު މިހެން ބުނެފައިވާއިރު، އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) އިން ވެސް ވަނީ ޚަތީބު އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފައެވެ. އައި.ޑީ.އެފް އިން ބުނި ގޮތުގައި، ޚަތީބުގެ ބެލުމުގެ ދަށުން ހިންގާ އިންޓެލިޖެންސް މިނިސްޓްރީއަކީ އީރާނު ސަރުކާރުގެ ހަރަކާތްތަކަށް...

ނާޒިމާ އަލީ
އުރީދޫން ކޮންމެ 20 ދުވަހަކުން ދޭ އުމްރާ ދަތުރުގެ 16 ވަނަ ނަސީބުވެރިޔާ އަކީ މަލްޝާ

އުރީދޫން ކޮންމެ 20 ދުވަހަކުން ދޭ އުމްރާ ދަތުރުގެ 16 ވަނަ ނަސީބުވެރިޔާ އަކީ މަލްޝާ

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ “ލިވް އަންލިމިޓެޑް” ކެމްޕެއިންގެ ދަށުން، ކޮންމެ 20 ދުވަހަކުން ދޭ އުމްރާ ދަތުރުގެ 16 ވަނަ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ. އުރީދޫން ބުނިގޮތުގައި މި ފަހަރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އައިމިނަތު މަލްޝާ އެވެ. ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މިހާތަނަށް 16 ނަސީބުވެރިން ވަނީ ހޮވާފައެވެ. އުރީދޫން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަނުގައި މިހާރު ބާކީ އޮތީ […]

އަޙްމަދު ވަހީދު
މާލޭ ނޯތު ހާބަރު ފީތައް ބޮޑުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

މާލޭ ނޯތު ހާބަރު ފީތައް ބޮޑުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

މާލޭ ނޯތު ހާބަރު ސަރަޙައްދު ބޭނުންކުރާ އުޅަނދުފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީ ބޮޑުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލް އި...

ޔުމްނާ ޢަލީ