މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީޑީސީގެ ސާފު ފައިދާއަށް 178,389 ޑޮލަރު
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 178,389 ޑޮލަރު ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެމްޓީޑީސީން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.25 މިލިޔަން ޑޮލަރެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 0.8 އިންސައްތައިގެ ދަށްވުމެކެވެ. އަދި ކުންފުނީގެ...