ޞަލާޙްގެ ލަނޑާއެކު މިޞްރުން ނިއުޒީލެންޑް ބަލިކޮށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި
އާދީއްތަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖް މެޗުގައި މުޙައްމަދު ޞަލާޙް ކާމިޔާބުކުރި މުހިންމު ލަނޑާއެކު، 3-1 ގެ ނަތީޖާއަކުން ނިއުޒީލެންޑް ބަލިކޮށް މިޞްރުން ވޯލްޑް ކަޕް ތާރީޚުގައި އެގައުމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ވެންކޫވަރގެ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 67 ވަނަ މިނެޓުގައި ޞަލާޙް އޭނާގެ ބައިނަލްއަގުވާމީ 68 ވަނަ ލަނޑު ޖެހުމާއެކު، ދަނޑަށް އެއްވެފައިތިބި މިޞްރުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. މި މެޗުގެ ފުރަތަމަ […]