ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 ގައި ފަށަނީ
ދީނީ ޢިލްމުވެރިންގެ މެދުގައި ބާއްވާ އަހަރީ ބައްދަލުވުން މި ހިނގާ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ފެށުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 14 އިން 15 އަށެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއްވެ، މުހިއްމު ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު [...