އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އިންޓައިން ކާމިޔާބު ކޮށްފިއެވެ. ރޭ މިލާނުގެ މައްޗަށް އިންޓައިން ކުރި ހޯދީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއިއެކު އިންޓަ މި ވަނީ ލީގުގައި އެ ޓީމުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ލީގުގެ އެއްވަނާގައި އިންޓަ އޮތީ 12 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ޔުވެންޓަސް އަށް ހަތަރު މެޗުން ލިބިފައި ވަނީ […]
އިބްރާހިމް ޚަލީލް
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަޒްލީން އަހްމަދު މިއަދު ހަމަޖައްސައިފިއެވެ. އަޒްލީން އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓަރުގެ މަގާމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަޒްލީން ޖޭޕީގެ އެސްޖީގެ މަގާމަށް އައްޔަނުކުރެއ...
ޔުމްނާ ޢަލީ
ރީ-ރަޖިސްޓްރޭޝަނަށް 25،000 ފޯމު ލިބިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނުމުން އިދިކޮޅުން ސުވާލު އުފައްދައިފިއެވެ. މިކަމާއި ގުޅިގެން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 25،000 ދިވެހިން ރީ-ރެޖިސްޓްރީ ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ވަށްކަމެއް ކަމަށެވެ. މީގެ އިތުރުން އެ އަދަދަށް ރީ-ރެޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އީސީގެ...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބާސާ ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާ ވަނީ 5-0 ގެ ނަތީޖާއިން ބެޓިސް ބަލިކޮށްފައެވެ. މި ނަތީޖާއާއިއެކު ބާސާއަށް ވަނީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ. އެއް މެޗު މަދުންކުޅެ ތާވަލުގެ ދެވަނާގައި އޮތީ 12 ޕޮއިންޓާއިއެކު ރެއާލް މެޑްރިޑެވެ. ތިންވަނާގައި އޮތް އެތުލެޓިކް ބިލްބާއޯއަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި […]
އިބްރާހިމް ޚަލީލް
އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރުމަށާއި އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ޕްރޮގްރެސިވް ކޯލިޝަނުން އިލްތިމާސްކޮށްފިއެވެ. އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އާދަޔާއި ޚިލާފަށް ގިނަ ޢަދަދެއްގެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެ. އެގޮތ...
މުޙައްމަދު އަފްރާޙް
ދިވެހި ރާއްޖޭގެ މިނިވަންކަން އަނެއްކާ ވެސް ދަމަހައްޓަދޭނީ ތިލަދުންމަތީގެ ދަރިއެއް ކަމަށްވާ ޑރ. މުހައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޮޑު ތިލަދުންމައްޗަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މޮސްޓާގެ އުފަން ރަށް ނޮޅިވަރަންފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މޮސްޓާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު އެކަން ހައްލ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އުތުރުން އެންމެ ބޮޑު ތަރައްގީ ގެނެވޭނެ ރަށަކީ ހދ. ނޮޅިވަރަންފަރު ކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކަނޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ އެރަށުގައި ބޭއްވީ ޖަލްސާގައި ވާހަކަފުޅު ދައްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ނޮދާން ޑިވެލޮޕްމެންޓް ޒޯންގެ އެންމެ ބޮޑު ތަރައްގީއެއް ގެނެވޭނެ ރަށަކީ ނޮޅިވަރަންފަރު ކަމަށެވެ. އަދި ރާއްޖޭގެ ޖިއޮގްރެފިކަލް ސައިޒަށް ބަލާއިރުގައި 13 ވަނައަށް އެންމެ ބޮޑު ރަށަކީ އެއީ ކަމަށާއި މިހާރުވެސް އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަށް މަސައްކަތ...
އިސްމާއިލް މޫސާ
ހދ. ކުޅުދުއްފުށި ސިޓީ ހައުސިން ޔުނިޓުތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އަންނައުނު ހަދިޔާކުރަން ހުޅުވާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ އެ ހާދިސާގައި އެތަނުގައި މަަސައްކަތް ކުރާ ގިނަ ފަރާތްތަކެއްގެ މުދަލަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މި ފަރާތްތަކަށް އަންނައުނު ހަދިޔާކުރަން ބޭނުންވާ ބޭފުޅުން ބޮޑެތި ފިރިހެނުންގެ ޓީޝާޓާއި ސޯޓު އަދި ގަމީހާއި ފަޓުލޫނު ފަދަ އަންނައުނު ހަދިޔާ ކުރުމަށް އެ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީގައި ހަދަ...
މުޙައްމަދު އަފްރާޙް
މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރިން ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ-ރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާކޮށްދެއްވައިފިއެވެ. އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވީ ހުކުރު ދުވަހުއެވެ. އަދި އެ ފުރުސަތު ބަންދުވާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. ރީ-ރެޖިސްޓްރީ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް […]
މުޙައްމަދު އަފްރާޙް
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ފައިނަލް މެޗެއްގެ ގޮތުގައި ސިފަ ކުރައްވައި ވެރިކަން ކުރާ އެމްޑީޕީން އެ މެޗު ކާމިޔާބު ކުރައްވާނީ 5-3 ގެ ނަތީޖާއަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލްގެ ފުރަތަމަ ހާފް ކަމަށެވެ. ފުރަތަމަ ހާފް ނިމުނު އިރު، […]
މުޙައްމަދު
ހުރިހާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ހދ. ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމުގެ އެންމެ ފަހުރުވެރި ދެ މުއައްސަސާއަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ކަމަށެވެ. އެ ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ވާހަކަ ދެއްކީމަ، އެކަން ކުރާނެ ގޮތުގެ ސުވާލު އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ...
މުޙައްމަދު
އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ރާއްޖެ ބަނގުރޫޓުވެފައި އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް އިޝާތާރްކޮށް ރައީސް ފާޑު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި ކުޑަކުރަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެވެ. “އެއް ފަރާ...
އިސްމާއިލް މޫސާ
ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު ހދ ކުރިނބީއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ހަމައަކަށް އަޅުވާނެ ކަމަށާއި އެކަމާ މެދު އެއްވެސް ކަން ބޮޑުވުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު އިލްމީ ބޭފުޅުން އުފ...
އިސްމާއިލް މޫސާ
ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ސިފައިންގެ ލީޑާޝިޕްގެ އިތުބާރު ގެއްލުވާލުމަށާއި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ. އެކަމަނާ މިގޮތަށް އިލްތިމާސް ކުރެއްވީ ދިފާއީ ވުޒާރާ އިން ނެރުއްވި ބަޔާނެއް މެދުވެރިކުރައްވައެވެ. އެ ބަޔާނުގައި ވިދާޅުވީ ސިފައިންގެ ކުރިމަގުގެ ތަރައްގީ އަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާކަން އެ ވުޒާރާ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ވު...
މުޙައްމަދު އަފްރާޙް
ހދ. އަތޮޅުގެ ރަށްރަށުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ނެއްލައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ނެއްލައިދޫ ރައްޔިތުންނެކޭ އެއްގޮތަށް މި އަތޮޅުގެ ރައްޔިތުން އެދޭ ކަމަކީ އިގްތިސާދީ ކުރިއެރުން ހޯދުން ކަމަށެވެ. މި އަތޮޅުގައި ރިސޯޓުތައް ތަރައްގީ ނުކުރެވި ހުރިކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ރިސޯޓު […]
މުޙައްމަދު
ދިވެހި ސަރުކާރުން އެކިއެކި ގައުމުތަކާއި ބޭންކްތަކުން ނަގާފައިވާ ލޯނުތައް ރީފައިނޭންސްކުރުމަށް ރަހުމަތްތެރި ބައެއް ދިމާތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ކުރިނބި އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށެވެ. ރަށްރަށް ތަރައްގީ...
މުޙައްމަދު
މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. ބާރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތްތަކާއި ގުޅޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގް ވިދާޅުވީ މި ހަރަކާތްތައް ފަށާފައިވަނީ އިއްޔެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެކުގައި ކަމަށެވެ. އަދި އިއްޔެ ހެނދުނު 10 ޖެހިއިރު ދުވަހާއި ގުޅިގެން ހާއްސަ ޖަލްސާ އެއް ބާއްވަފައިވާ ކަމަށެވެ. މޫސުން ހުރިގޮތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވާ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް އިން ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފާ އެއް ތައާރަފްކޮށްފިއެވެ. އުރީދޫއިން ތައާރަފު ކުރި މި އޮފާގެ ދަށުން އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ހޯމް ބްރޯޑްބޭންޑް ގެ ހިދުމަތަށް އެދދ3 ފަރާތްތަކަށް ހިދުމަތް ހޯދުމަށް ބޭނުންކުރާ ޑިވައިސްތަކުން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ގެ ޙިދުމަތައް މޫލީ މެދުވެރިކޮށް https://mool.ee/faseyhahbb އެދެވޭނެއެވެ. މި ގޮތަށް ޙިދުމަތަށް އެދުމުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ޑިވައިސް މުޅިން ޑެލިވަކޮށްދޭނެއެވެ...
އަޙްމަދު ވަހީދު