ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމީ ވޯޓާއި ބެހޭ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ. ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަތުމާ ގުޅިގެން މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމު ހުށަހެޅުއްވުމުން އެކަމަށް ތާއިދު ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ […]
މުޙައްމަދު އަފްރާޙް
ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދޭކަށް ވެރިއަކު ނާންނަ ކަމަށާއި ވެރިން އަންނަނީ އަމިއްލަ ޖީބަށް ކަންތައް ކޮށްދޭން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މޮސްޓާ ވިދާޅުވީ އިއުލާނުކޮށްގެން ވިޔަސް، ބޭހެއް ކާންދީގެ...
މުޙައްމަދު އަފްރާޙް
ޓެކްސީ ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް ގަވާއިދު އުވާލައިފިއެވެ. ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ. އެހެންނަމަވެސް އާ ގަވާއިދުގެ ދަށުން އެހެން ހުރިހައި ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ...
މުޙައްމަދު އަފްރާޙް
ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ މި އެލަވަންސް ދިނުމަށް ނިންމަވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދޭގޮތަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދިނުމަށް ނިންމާފައިވާއިރު، އެ އެލަވަން...
މުޙައްމަދު އަފްރާޙް
ފާއިތުވި ވިއްސަކަށް އަހަރު ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލައިނަލް މެސީ ނުލައި، ޔުއެފާ ޗެމްޕިއަންސް ލީގު 2023/24 ސީޒަން މިރޭ ފަށާނެއެވެ. ރޮނާލްޑޯއާއި މެސީއަކީ ފާއިތުވި ވިއްސަކަށް އަހަރު ވެސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ދެ ކުޅުންތެރިންނެވެ. ރޮނާލްޑޯ ޖުމްލަ ފަސްފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މެސީ ވަނީ ޗެމްޕިއަންސް ލީގު ތިންފަހަރު ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގިނަ ރެކޯޑްތަކެއް ވެސް މި […]
އިބްރާހިމް ޚަލީލް
ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އުފެއްދި ދަ ޑިމޮކްރެޓްސް، ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެއްޖެއެވެ. ދަ ޑިމޮކްރެޓްސްއަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ލިބިފައިވަނީ އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމާއި އެކުގައެވެ. ދަ ޑިމޮކްރެޓްސްއަށް މި ބާރު ލިބުމުގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމްއެވެ. އޭރު މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެވެ....
އިބްރާހިމް ޚަލީލް
ހއ. ދިއްދޫ ފަހއ. ދިއްދޫ ފަރަށް ބާޖާއި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. “ޓީބީ މުތާ ޕްރިންސަސް” ޓަގު ބޯޓާއި “މުތާ ޕްރައިޑް” ބާޖު އެރަށު ފަރަށް އަރާފައިވަނީ މި 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި […]
މުޙައްމަދު އަފްރާޙް
ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިއީ ސްރީލަންކާގެ މމަސްބޯޓެއް ކަމަށާއި މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. މި ބޯޓު މިއަދު އަތުލައިގަނެފައިވާއިރު، އިއްޔެ ވެސް ވަނީ ރާއްޖެ ސަރަހައ...
މުޙައްމަދު އަފްރާޙް
ހދ. މަކުނުދޫ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ. މީގެ އިތުރުން ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ އިދާރާ އިން […]
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ހިތާހިތާ ޔަޝްމީ ކިޔަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އިތުރަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ކެތްކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަޝްމީ މޫނު ފޮރުވާލީ ދެލޯ މަރާލަމުންނެވެ. ” އަހަރެން މި ދަތުރު ހުއްޓާނީ، ހާރޫން ހޯދާފައި” ޔަޝްމީއަށް ބުނެވުނެވެ. *** މެންދުރު ނަމާދުކޮށްގެން ޝާކިރު ގެއަށް އައި އިރު ފާއިޒާ އޮތީ އެނދުމަތީ އޮށޯވެލައިގެންނެވެ. ބޯމަތީގައި […]
ސަލާމާ ޢަބްދުލް ޢަލީމް
އެމަނިކުފާނާމެދު ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިރަށް މާލޭގައި ރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ، ބައެއް މީހުން އެމަނިކުފާނަށް ހިޔާނާތުގެ ތުހުމަތު ކުރެއްވި ނަމަވެސް ދައުލަތުގެ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނާއެކު ކުރިއަށް ދިއުމުގައި ގޮތެއް ނިންމުމަށް މުހުލަތެއް ދީ، އެއްބަސްވުމަކަށް ނާދެވޭ ނަމަ، އިންތިހާބުގައި ވަކި އަތަކަށް ނުޖެހެން ޑިމޮކްރެޓްސް އިން ފާސްކޮށްފިއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ޝިފާޒް (ޝިއްޕެ) ހުށަހެޅުއްވި ގަރާރަކުން މިގޮތަށް ފާސްކުރީ އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި 64 މެންބަރުންގެ ތެރއެއިން، 50 މެންބަރުން ވޯޓު ދީގެންނެވެ. އެ ގަރާރުގައި ހިމެނެނީ މައިގަނޑު ތިން ނުކުތާއެކެވެ. ގަރާރުގައި ވާގޮތުން ސ...
އިސްމާއިލް މޫސާ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ނިންމާފައި ވަނީ މި މުބާރާތް ދެ ޑިވިޝަނަކަށް ކުރިއަށް ގެންދާށެވެ. އެއީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނެވެ. މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން ތިން ޓީމް ބައިވެރިވާނަމައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައ...
އިބްރާހިމް ޚަލީލް
މި ސަރުކާރުން އިންސާފު ގާއިމު ކުރުމުގައި ފެއިލް ވެފައިވާ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމާލާގެ އިންސާފު ހޯދައިދޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ކަމަށް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ނަޝީދަށް މި ސަރުކާރުން އިންސާފު ހޯދައިދީފައި ނުވާ ކަމަށާއި އެކަމަށްޓަކައި ދޭންޖެހޭ ސަމާލުކަން ވެސް ދީފައި ނުވާކަމަށެވެ. އަދި ނަޝީދުއަށް އިންސާފު ހޯދައިދޭނީ ޕީ...
އިސްމާއިލް މޫސާ
ބޭންކް އޮފް މޯލްޑިވްސް އިން އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފްކޮށްފިއެވެ. މިއީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން އެ ބޭންކުން ތައާރަފު ކުރި ހިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް ބީއެމްއެލް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓާކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. ބީ...
އަޙްމަދު ވަހީދު
ނ. ހޮޅުދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫއުގެ މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 10,614 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކުރުމާއި، 570 މީޓަރުގެ ބޭރުތޮށި ލުމާއި، 14 [...
އަޙްމަދު ވަހީދު
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުން އަރާނެ ފަޅިއެއް މިރޭ ނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ބުނީ މި ނިންމުން ނިންމާނީ މިރޭ ބާއްވާ އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިއީ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ހަތްވަނަ ބައްދަލުވުން ކަމަށާއި މި ބައްދަލުވުން އޮންނާނީ މިރޭ ނުވައެއް ޖަހާއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. […]
މުޙައްމަދު އަފްރާޙް
ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކޮށްފިއެވެ. އެމްޓީޑީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއީ ދެ ޕާޓީގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ގައުމުގެ ހުރި މައްސަލަތަކާއި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ޕާޓީން އެމްޑީޕީ އާ ބައްދަލުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީ އިނ...
މުޙައްމަދު އަފްރާޙް