މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 938 ވަނަ ޞަފްޙާ

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު ޖަލަށް

މިސްކިތަށް ދިޔަ މީހެއްގެ ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު ބިއްދަރިގޭ އިބްރާހިމް އަހުމަދުގެ މައްޗަށް އެ ހުކުމް އައީ މާލޭގެ މަސްޖިދުލް އިބްރާހިމަށް މިދިޔަ އޭޕްރީލް މަހު އިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށެވެ. އެ ކުށުގެ އަސާސީ […]

ހުސައިން ހަބީބް
މޮޅަދޫ ބަނދަރުން ވިޔަފާރި ކުރުމަށް ބިން ދޫކުރަނީ

މޮޅަދޫ ބަނދަރުން ވިޔަފާރި ކުރުމަށް ބިން ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ބަނދަރު ސަރަހައްދުން ވިޔަފާރިއަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށު ބަނދަރުން އެކިއެކި ވިޔަފާރިއަށް ޖުމްލަ ފަސް ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާއިރު، ފިއުލް ސްޓޯރޭޖާއި ޕެޓްރޯލް ޝެޑް ހެދުމަށް 5598.78 އަކަފޫޓުގެ ދެ ބިމެއް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ކެފޭ ރެސްޓޯރެންޓް ހިންގުމަށް 1806.03 އަކަފޫޓުގެ އެއް ބިން 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށް ނިންމާފައިވާއިރު، އާންމު...

އިބްރާހިމް ޚަލީލް
ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބާއްވާ “ރަންތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އެ ރަށު އުދަރެސް، އަލްމަރްހޫމާ ހަދީޖާ މުހައްމަދާއި އަލްމަރްހޫމް އިސްމާއިލް މުހައްމަދުގެ ހަނދާނުގައި، އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ދިއްދޫ އެކުވެރިކަމުގެ ޗޭން، ޖަމިއްޔާއިންނެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި...

އިބްރާހިމް ޚަލީލް
މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި ރެއާލް އެއްވަނައަށް

މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައި ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ ސޮސިއެޑާޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި (2-1) މެޗު ކާމިޔާބު ކޮށްފައެވެ. މިއީ ލީގުގައި ރެއާލުން ކުޅުނު ފަސްވަނަ މެޗެވެ. އެ ޓީމް ވަނީ މި ފަސްމެޗު ވެސް ކާމިޔާބު ކޮށްފައެވެ. މިވަގުތު 15 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ވެސް ރެއާލްއެވެ. ދެވަނާގައި އޮތް […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ކުރީގެ އަދަދާއިގުޅޭ، ލިފްޓް ދޮރު ހުޅުވުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ދެފައި ތުރުތުރުއަޅަން ފަށައިފިއެވެ. ހިތްވެސް މިހާރު އޮތީ ފާޑަކަށް ފިނިވެފައެވެ. ހިތްވަރުކޮށްފައި ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބެލްއަށް ފިތާލީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޔަޝްމީގެ ދެތުންފަތް ލައްޕާލެވުނެވެ. އަދި ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންކަމާއެކުގައެވ...

ސަލާމާ ޢަބްދުލް ޢަލީމް
ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އީސީގެ އިލްތިމާސެއް

ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އީސީގެ އިލްތިމާސެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގައިދޮށްވެފައިވާއިރު، ހަގީގަތާއި ހިލާފް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ. އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބު 2023 ގެ ރީ-ރަޖިސްޓްރޭޝަން އެ ކޮމިޝަނުން ބޭނުން ކުރަމުން އަންނަ ޕޯޓަލް އަކީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައި ތަޖުރިބާކޮށް، ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރާއެކު ބޭނުން ކުރަމުން އަންނަ ޕޯޓަލެ...

ޔުމްނާ ޢަލީ
ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެ، ދެން މިފައްޓަނީ އިރަން: ޝިޔާންޓޭ

ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެ، ދެން މިފައްޓަނީ އިރަން: ޝިޔާންޓޭ

ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެކަމަށާއި، މިހާރު ފަށާފައި ވަނީ ”އިރަން” ކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ރޭ ވިދާޅުވެއްޖެއެވެ. ޝިޔާންޓޭ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު އަށް ތާއީދުކުރައްވައި، ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެންފައެވެ. ޝިޔާންޓޭ ޕީޕީއެމާއި ގުޅިވަޑައިގަތީ ރޭ ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ކުރިއަށް ދިޔަ މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ. ފެށުނީއްސުރެ އެމްޑީޕީއާއި އެޕާޓީގެ ރައީސް މުހައްމ...

ޔުމްނާ ޢަލީ
މިއަދު ވެސް ކޯރަމް ހަމަނުވެ މަޖިލިސް ނުފެށުނު

މިއަދު ވެސް ކޯރަމް ހަމަނުވެ މަޖިލިސް ނުފެށުނު

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ފެށޭގޮތެއްނުވިއެވެ. މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ ހަވަނަ ޖަލްސާއެވެ. މި ޖަލްސާގެ އެޖެންޑާގައި އިބުތިދާއީ ބަހުސްގެ ބައިގައި ހިމަނާފައިވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު، އިދިކޮޅު ޕީޖީ ލީޑަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ”ގެއްލުނު މަސްކަނޑުގެ ބައި އަވަހަށް ހޯދުމަށް ގޮވައިލާ” ގަރާރެވެ. މީގެ އިތުރުން ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ކުނި މެނޭޖު ކުރުމު...

ޔުމްނާ ޢަލީ
ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އެބައޮތް: ސުޖާއު

ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އެބައޮތް: ސުޖާއު

ހއ. ބާރަށުގެ އުމުރުން 10 ދުވަސްވީ ކުއްޖެއްގެ ނަން ވޯޓާސް ލިސްޓްގައި އެބައޮތް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ސުޖާއު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމު ވެސް ފުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން އާއި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ޓެގް ކުރައްވައި މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވަމުންނެވެ. ސުޖާއު އިއްޔެ ވިދާޅުވެފައިވާގޮތުގައި، ބާރަށު/ތިނަދ...

ޔުމްނާ ޢަލީ
47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީވާން ހުށަހަޅައިފި

47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީވާން ހުށަހަޅައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، 47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީވާން ހުށަހަޅައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެކަމަށެވެ. އަދި ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައި ކަމަށެވެ. މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި، އަދި […]

ޔުމްނާ ޢަލީ
މުޢިއްޒަށް ތާއީދުކޮށް ޝިޔާންޓޭ ވެސް ޕީޕީއެމް އަށް

މުޢިއްޒަށް ތާއީދުކޮށް ޝިޔާންޓޭ ވެސް ޕީޕީއެމް އަށް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ރޭ ގުޅިއްޖެއެވެ. ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ށ. ވެރިރަށް ފުނަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މި ފޯމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަވާލުވެލެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ […]

ޔުމްނާ ޢަލީ
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ފުލުހުން ވަނީ އޭނާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ގެއްލިގެން ހޯދާ ޒުވާނާ އަކީ، އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން އެވެ. ”ރިޝާންގެ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 15 ވަނަ ދުވަހު ރިޕޯޓުކޮށް ފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން.” ފުލުހުން ވިދާޅުވެފަވެއެވެ. އޭނާ […]

ޔުމްނާ ޢަލީ
ގޮއިދޫ ރައީސް ޝާހިދު ޕީޕީއެމާ ގުޅިއްޖެ

ގޮއިދޫ ރައީސް ޝާހިދު ޕީޕީއެމާ ގުޅިއްޖެ

ށ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ރޭ ގުޅިއްޖެއެވެ. ޝާހިދު ޕީޕީއެމާއި ގުޅިފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ށ. ވެރިރަށް ފުނަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒަށް ތާއިދުކޮށް، ޝާހިދުގެ އިތުރުން ވެސް ށ. އަތޮޅުގެ ނަގާކިޔާ ބައެއް ބޭފުޅުން ރޭ ވަނީ ޕީޕީއެމާއި ގުޅިފައެވެ. ޝާހިދަކީ މިނިވަން މެންބަރެއްގެ ގޮތުގައި ގޮއިދޫ ކައުންސިލަށް […]

ޔުމްނާ ޢަލީ
އިންތިހާބުގެ ސައްހަކަން ގެއްލުވާލަން މަސައްކަތް ކުރޭ: މުޢިއްޒު

އިންތިހާބުގެ ސައްހަކަން ގެއްލުވާލަން މަސައްކަތް ކުރޭ: މުޢިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި އަޑި ނޭނގޭ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ވައްދައި، އިންތިހާބުގެ ސައްހަކަން ގެއްލުވާލަން މަސައްކަތް ކުރަމުންދާކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ށ. ފީވަކުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު އިލެކްޝަން ކޮމިޝަން އޮތީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި، އަޑިނޭނގޭ އެތަށް ފޯމުތަކެއް ވައްދައި އިންތިބާގެ ސައްހަކަން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ...

އިސްމާއިލް މޫސާ
ބޯންމައުތުން ޗެލްސީ ހިފަހައްޓައިފި

ބޯންމައުތުން ޗެލްސީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ގިނަ ކުޅުންތެރިންތަކެއް ހޯދައި އައު ސީޒަނަށް ތައްޔާރުވި ޗެލްސީއަށް އަދި މާ އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވެއެވެ. ލީގުގައި މިހާތަނަށް ޗެލްސީން ފަސް މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު ދެ މެޗުން ވަނީ ބަލިވެފައެވެ. މިވަގުތު ޗެލްސީ […]

އިބްރާހިމް ޚަލީލް
ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ފަތުރަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް: ސްޓެލްކޯ

ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ފަތުރަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް: ސްޓެލްކޯ

ރިޔާސީ އިންތިޚާބާ ގުޅިގެން ސްޓެލްކޯގެ ތަސައްވުރު ކިލަނބުވާގޮތަށް ފަތުރަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާއި ގުޅުވައިގެން “ދިޔަރެސް” ނޫހާއި، “ޗެނަލް 13” އިން ސްޓެލްކޯއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި، އެ ކުންފ...

އަޙްމަދު ވަހީދު
"2008 ވަނަ އަހަރުން ފެށިގެން 85 ގައުމަކުން ކޮންޖަސްޝަން ޗާޖު ނުދައްކާ"

"2008 ވަނަ އަހަރުން ފެށިގެން 85 ގައުމަކުން ކޮންޖަސްޝަން ޗާޖު ނުދައްކާ"

2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކޮންޖަސްޝަން ޗާޖު ނުދައްކާކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގެ ސަބަބުންނެވެ. އެ ނޫސްބަޔާނުގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓު ފޯ ލަންޑަން އިން ނަގާ ކޮންޖަސްޝަން ޗާޖަކީ ޓެކުހެއް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއީ ލަންޑަނުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ މައްޗަށް ދެއްކުން ލާޒިމް ކުރެވޭނެ އެއްޗެއް ނޫން ކަމުގައި ދެކި، ރާއްޖޭގެ ސަރުކާރު 2008 ވަނަ އަހަރު ބަދަލުވ...

މުޙައްމަދު އަފްރާޙް
ދޮގު ޚަަބަރު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ޗައިނާ އެމްބަސީން އެދިއްޖެ

ދޮގު ޚަަބަރު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ޗައިނާ އެމްބަސީން އެދިއްޖެ

ދޮގު ޚަަބަރު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ޗައިނާ އެމްބަސީން ދިވެހި ސަރުކާރުގައި އެދިއްޖެއެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް ހަގީގަތެއް ނެތް ވާހަކަ ފަތުރަމުންދާތީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން ޗައިނާއަށް އަމާޒުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް ދޮގު ޚަބަރުތަކެއް ފަތުރަމުންދާ ކަމަށެވެ. އެ ބަޔާނުގައި ވަނީ އެފަދަ ހަގީގަތެއް […]

މުޙައްމަދު އަފްރާޙް