ހދ. މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިކަން މި ގޮތަށް ނިންމާފައިވަނީ، ރަށުގެ އެކި ހިސާބުތަކުގައްޔާއި، ސާފުކުރާ ގެވަޅުތަކުގައި، ކުނި އަންދަމުންދާތީ، އެކަން އާންމުންގެ އުނދަގުލަކަށްވެ، ޝަކުވާ ލިބެމުންދާތީއެވެ. އެހެންކަމުން، ރަށުގެ އެއްވެސް ސަރަޙައްދެއްގައި ކުނި އަންދާނަމަ، އުޞޫލުގެ މަތިން ފިޔަވަޅުއަޅައި، ޖޫރިމަނާ ކުރެވޭނެކަމަށް ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މަ...
ފާތިމަތު ސަޙާ
ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި މެޑިކަލް އޮފިޝަލުން ހިމެނޭހެން 27 މީހަކު ޝަހީދުވެ، 69 މީހަކު ޒަޚަމްވެއްޖެއެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކާއެކު ނަބަތިއްޔާ ސަރަހައްދާއި އަލީ އަލް-ޠާހިރު އުސްބިންތަކުގެ ވަށައިގެން ވަނީ “އަލިފާނުގެ ބުރެއް” އުފެދިފައި ކަމަށް އެ ސަރަހައްދުގެ އާންމުން ސިފަކޮށްފައިވެއެވެ. ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، އަލީ އަލް-ޠާހިރު އުސްބިންތަކުގެ ކައިރީގައި...
ނާޒިމާ އަލީ
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. މިއީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ނުވަ އަހަރަށްފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ. މިކަން ރައީސް އޮފީހުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގައި އަންވަރު ރާއް...
ޔުމްނާ ޢަލީ
އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބައިވެރިކޮށްގެން ހިންގި އިޝްތިހާރު ކެމްޕޭނަކާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެ، އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަން ފެށުމުން ޖަރުމަނުގެ މަޝްހޫރު ސްޕޯޓްސްވެއާ ކުންފުނި އެޑިޑާސްއިން ހޯމަ ދުވަހު މާފަށް އެދިއްޖެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑިޑާސްއިން “ސިންގަލް ޝޫ” ހިދުމަތް އިޝްތިހާރުކުރުމަށް ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޮން އެވެ. މިކަމާ ގުޅިގެން އެޑިޑާސްއިން ނ...
ނާޒިމާ އަލީ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި 2024 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ދިން ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ...
ޔުމްނާ ޢަލީ
މިހާތަނަށް ރާއްޖެއިން ފެނިފައިވާ އެންމެ ހިތްގައިމު އަދި އެންމެ ބޮޑު އެއް ކަނޑުއަޑީގެ ހޮހޮޅަ (ނައިވާދޫ ހޮހޮޅަ)ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ނައިވާދޫ ކައުންސިލް ރައީސް މުޙައްމަދު ނައުފަލް “ތިލަދުން”އަށް ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ މަސައްކަތުގެ ދަށުން، ނައިވާދޫގެ ހުޅަނގުފަރާތު ފަރާ ދިމާލުން ކަނޑުއަޑީގައި އޮތް ބޮޑު ހޮހަޅަ ހިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖ...
ފާތިމަތު ސަޙާ
2027 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހައި ހައްޖާޖީންނަށް ހައްޖު ވިސާ ދޫކުރެވޭނީ ސިއްހީ މެޑިކަލް ޗެކަޕެއް ހަދައި، ސިއްހީ ރައްކާތެރިކަމުގެ ކްލިއަރެންސް ސެޓްފިކެޓެއް ހޯދުމުން ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ސެޓްފިކެޓް ދޫކުރުމުގެ މަރުހަލާތައް ކުރިއަށްދާނީ “ނުސުކް މަސާރު” ޕްލެޓްފޯމް މެދުވެރިކޮށެވެ. ސައޫދީގެ އިދާރާތަކުން ބުނި ގޮތުގައި، ގުނަވަންތައް ފެއިލްވުން ފަދަ ނުރައްކާތެރި އަދި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކ...
އަލީ އާދިލް
ހއ. ފިއްލަދޫ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެ ރަށު ޕޮލިހާއި ކައުންސިލާއި ޑަބްލިޔުޑީސީ ގުޅިގެން، “ވަންޑޭ ގަވަރމެންޓް އޮފީސް ސްޓާފް ޑިވެލޮޕްމަންޓް ވޯކްޝޮޕް” ގެ ނަމުގައި ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަންނީ ހުނަރު މަތިކޮށް، މަސައްކަތުގެ މާހައުލުގައި ގާބިލުކަން އިތުރުކުރުމަށް އިސްނަގައިގެން ބޭއްވި ވޯކްޝޮޕެކެވެ. މި މަހުގެ 5 ވަނަ ދުވަ...
ޔުމްނާ ޢަލީ
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާރންހަމްއަށް، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. ރައީސް މި ދަޢުވަތު ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ޚާއްޞަ ސިޓީފުޅެއްގައެވެ. އިނގިރޭސި ބޮޑުވަޒ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ. ޝަހީރު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަންކަމުގެ މަޤާމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށްވެސް ޝަހީރު ވަނީ އައްޔަންކުރައްވާފައި ކަމަށެވެ. އަޙްމަދު ޝަހީރަކީ ދިވެހި ވ...
އަޙްމަދު ވަހީދު
އޮސްޓްރިއާގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު، ސުކޫލުތަކުގައި 14 އަހަރުން ދަށުގެ ކުދިން ބުރުގާ އެޅުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ. މި ގާނޫނުގެ ދަށުން އެ ގައުމުގެ ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތަކުގައި ވެސް ހިޖާބާއި ބުރުގާ އަޅައިގެން އުޅުން ވަނީ މަނާކޮށްފައެވެ. ކޮންސަވޭޓިވް ޕީޕަލްސް ޕާޓީ (އޯވީޕީ) އާއި ސޯޝަލް ޑިމޮކްރެޓްސް (އެސްޕީއޯ) އަދި ލިބަރަލް ނިއޯސް ގުޅިގެން އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރުން ބުނެފައިވަނީ، މި ގާނޫނަކީ ޖެންޑާ ހަމަހަމަކަމަށް އިސްކަންދީ، ކުޑަކުދިނ...
އަލީ އާދިލް
ށ. ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 15ވަނަ އާއްމު ބައްދަލުވުމުގައެވެ. ނޫމަރާ ކައުންސިލްގެ ރައީސް، އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގައި ޙިމާޔަތް ކުރަންޖެހޭ އާސާރީ ތިން ތަނެއް ހުރި ކަމަށެވެ. އެއީ ބޮޑު ހިރިއަކާއި، އިހުގެ ފެންވަޅެއްގެ އިތުރުން، ބަނދަރު ސަރަޙައްދުގައި ހުރި ބޮޑުކާނިގަހާއި ބޮޑު ހިލައެކެވެ. ކައުންސިލްގެ ރައީސް ފުއާދު އިތުރަށް މައުލޫމާތު […]
ފާތިމަތު ސަޙާ
ކައިވެނީގެ ރީތި ހެދުމުގައި އޭނާ އިނީ، އުއްމީދުން ފުރިފައެވެ. ހޯލުތެރޭގައި ތިބި ދެ ފަރާތުގެ އާއިލާއާއި ރަޙްމަތްތެރިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ނަމަވެސް “އަނބި ޤަބޫލު ކޮއްފީމޭ” ބުނި ހިސާބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ، ހިތަށް ވެސް ނާރާ ފަދަ ހިތްދަތި، ގޮތަކަށެވެ. އެއްވެސް އިޝާރާތެއް އަދި އެއްވެސް ބުނުމަކާ ނުލައި، އަލަތު ފިރިމީހާ ކައިވެނީގެ މާލަމް ދޫކޮށް ނިކުމެގެން ދިޔައީ، އެތައް ސުވާލެއްގެ ތެރެއަށް އޭނާ ދޫކޮއްލައިފައެވެ. ” އެންމެންގެ ލޯތައް އަހަންނަށް ހުއްޓުނު […]
ސަލާމާ ޢަބްދުލް ޢަލީމް
ށ. މާއުނގޫދޫ ކައުންސިލުން، “ގަރޑެނިން ކޮމެޓީ” ގެ ނަމުގައި ކޮމެޓީއެއް އުފައްދައި، ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށުގައި ގަސްއިންދާ، ރަށް ފެހިކުރުމުގެ މަޤްޞަދުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ މި ކޮމެޓީއަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 17 ސެޕްޓެމްބަރ 2026 ގެ 14:00ށް ކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރުމަށް ވެސް އެ ކައުންސިލުން އެދިފައިވެއ...
ފާތިމަތު ސަޙާ
މިއަހަރުގެ ބެލޮންޑޯ އެވޯޑު ފުރަތަމަ ފަހަރަށް ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް ގަބޫލުކުރާ ކަމަށް، ރިއާލް މެޑްރިޑަށް ކުޅެމުންއަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ. އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު އިންޓަ މިލާނާ ދެކޮޅަށް މެޑްރިޑުގައި ކުޅޭ މެޗުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމްބާޕޭ ބުނީ އޭނާއާ ބެލޮންޑޯ އެވޯޑާ ގުޅުވައިގެން ގިނަ ބަޔަކު ވާހަކަދައްކަމުން އަންނަ ކަމަށާއި، ދުނިޔޭގެ އެންމެ މުހިންމު މުބާރާތުގައި އޭނާ ވަނީ […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ ކައުންސިލުން އެ ރަށުގެ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައިވާ ސަރަޙައްދުތަކުން ޖުމްލަ ހަ ބިމެއް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަ ގެސްޓްހައުސް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޫބަރު 2026 ވާ ދުވަހުގެ […]
ފާތިމަތު ސަޙާ
ސަޢޫދީ ޢަރަބިއްޔާގެ މަދީނާއިން މައްކާއަށް އުމުރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ، މިޞްރުގެ ދެ އުމުރާވެރިއަކު ނިޔާވެ 25 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ސަޢޫދީގެ އަލްޖުމޫމް ސިޓީ ކައިރިންނެވެ. މިޞްރުގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު ކަމަށެވެ. އަދި އެކްސިޑެންޓްވި ބަހުގައި މިޞްރުގެ 47 އުމުރާވެރިން ތިބި ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އެ […]
އަލީ އާދިލް
ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޯމަ ދުވަހުގެ މެޗުތައް ކުޅުދުއްފުށީ ސިޓީ އާއި ފިއްލަދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރުކުޅުނު މެޗުގައި ފިއްލަދޫ ނުކުތީ ބާރަށާއި ދެކޮޅަށެވެ. މި މެޗު ފިއްލަދޫ ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މިއީ ފިއްލަދޫގެ ފުރަތަމަ މެޗެވެ. ބާރަށް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުން 2-3 ސެޓުން […]
ޔުމްނާ ޢަލީ