ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޯމަ ދުވަހުގެ މެޗުތައް ކުޅުދުއްފުށީ ސިޓީ އާއި ފިއްލަދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރުކުޅުނު މެޗުގައި ފިއްލަދޫ ނުކުތީ ބާރަށާއި ދެކޮޅަށެވެ. މި މެޗު ފިއްލަދޫ ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މިއީ ފިއްލަދޫގެ ފުރަތަމަ މެޗެވެ. ބާރަށް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުން 2-3 ސެޓުން […]
ޔުމްނާ ޢަލީ
ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” ފެށުމަށް ތައްޔާރުވެއްޖެއެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި އަންހެން، އަދި ފިރިހެން ވޮލީ މުބާރާތެއް ކުރިއަށް ދާނެއެވެ. އެ ގޮތުން އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު މި މުބާރާތުގައި ވާދަ ކުރާނެކަމަށް ވެސް ފުއާދު […]
ފާތިމަތު ސަޙާ
މެކްސިކޯގެ މެދުތެރޭގައި އޮންނަ މެކްސިކޯ ސްޓޭޓްގެ ރަށެއްގައި ބޭއްވި ނަސޯރާ ދީނުގެ އީދެއްގެ ތެރެއިން ފައްޅިއެއްގެ ކައިރީގައި ރައްކާކޮށްފައި ހުރި ބަޑިބޭސްތަކެއް ގޮވައި ފާރެއް ވެއްޓި، 10 މީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ، 66،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެއްގައެވެ. ހޮނިހިރު ދުވަހުގެ ރޭ މި ގޮވުންތައް ގޮވާފައިވަނީ އެ […]
އިބްރާހިމް އަސްވާޤް
އުމުރުން 41 އަހަރުގައިވެސް، ކްރޮއޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސުލަވެން ބިލިޗް ނެގި ނޭޝަންސް ލީގު ސްކޮޑުން ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހު އިއުލާންކުރި މި ސްކޮޑާއެކު މޮޑްރިޗް ވަނީ އޭނާގެ ބައިނަލްއަގުވާމީ ކާމިޔާބު ކެރިއަރު އިތުރަށް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. ނޭޝަންސް ލީގުގެ ގްރޫޕް އޭގައި ސެޕްޓެމްބަރު 26 ވަނަ ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ކްރޮއޭޝިއާ ކުޅޭ ފުރަތަމަ މެޗުގައި މޮޑްރިޗް ކުޅެފިނަމަ، އެ މެޗު ވެގެންދާނީ ގައުމީ […]
އަޙްމަދު ވަހީދު
ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ސަމިޓް، ”ކޮޕް31” ގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދާއެކު ބައިވެރިވުމުގެ ފުރުޞަތު ދެ ޒުވާނަކު ހޯދައިފިއެވެ. “ޔޫތު ޓްރެކް ޓު ކޮޕް31″ ޕްރޮގްރާމުގެ ތެރެއިން މި ފުރުޞަތު ކާމިޔާބުކޮށްފައިވަނީ ޔާނިއާ ޙުސައިން އިޝާން އަދި ލަސަން ޞަބާޙް އެވެ. މި ދެ ޒުވާނުން ހޮވިފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ކޮޕް31” ސަމިޓުގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދުގެ ތެރޭގައި ހިމެނިގެން ދަތުރުކުރުމަށެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަ...
ޔުމްނާ ޢަލީ
ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ފޯރިގަދަ “ހޮލިޑޭ ކަޕް”ގެ ނައިވާދޫ އޮޑިޝަން މި އަހަރުގެ ޑިސެމްބަރު ޗުއްޓީގައި ނައިވާދޫގައި ބޭއްވުމަށް ރާވަމުންދާކަމަށް އެ ކުލަބުން ހާމަކޮއްފިއެވެ. ޓްރޭނާރސް ސްޕޯޓްސް އެކަޑަމީގެ ކޯޑިނޭޓަރ އަޙުމަދު އާފާޤް “ތިލަދުން”އަށް ބުނީ، މިއީ ރަށުގައި ދިރިއުޅޭ ގިނަ ކުދިންތަކެއްގެ ހުވަފެނެއްކަމަށާއި އެ ކުދިން ނުހަނު ބޭނުންވާ ކަމެއްކަމަށެވެ. ނަމަވެސް މި ފުރުސަތު ދ...
ފާތިމަތު ސަޙާ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނިތަކުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ދަށުން ދެމުންދިޔަ ޔޫޓ...
ޔުމްނާ ޢަލީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން މިވަގުތު ޤުރްއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާރުދެމުން، މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހާފިޒުން އިތުރުވަމުން ދިއުމަކީ އުފާވެރި ކަމެއް ކަމަށާއި، ވަކިން ޚާއްޞަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ. މިނިސްޓަރު ޝަހީމް ހާމަކުރެއްވި ގޮތުގައި މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފ...
އަލީ އާދިލް
އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާއި، ޢަމަލާއި ބަހުންވެސް އެކަން ދެއްކުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” އަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައ...
އަލީ އާދިލް
ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތާއެކު، ސްޕީޗް އެންޑް ލޭންގްއޭޖް އެސެސްމަންޓް ހެދުމާއި، ވޮއިސް ތެރަޕީ އަދި އަރޓިކިޔުލޭޝަން ތެރަޕީގެ ޚިދުމަތް ވެސް ލިބޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު މައިމޫން “ތިލަދުން”އަށް ވިދާޅުވީ، މި މަސައްކަތް ފެށިގެން ދިޔައީ، 2025ވަނަ އަހަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ހޮސްޕިޓަލުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީގެ ޚިދުމަތް […...
ފާތިމަތު ސަޙާ
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ‘ހިނގާ’ އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިއަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، އަޒުމާއަކީ މި އިނާމު ހޯދި ހަތަރުވަނަ ކަސްޓަމަރެވެ. ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މުޅި ޕްރޮމޯޝަންގެ […]
އިބްރާހިމް އަސްވާޤް
މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ބިޑިއާއި 140.03 ގުރާމުގެ ތަކެއްޗާއެކު ދެ ޒުވާނަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ވެމްކޯ ބުރިޖު ކައިރިންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފަ...
އަލީ އާދިލް
ސްވިމް މޯލްޑިވްސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން “މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2026” ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެކުއަތުލޯނަކީ ފެތުމާއި ދުވުން އެކުލެވިގެންވާ މަލްޓި-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގެ ވަކިވަކި ފަރުދުންގެ (އިންޑިވިޖުއަލް) ރޭސްތައް 13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމް ރިލޭ ރޭސްތައް ކުރިއަށްދާނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވ...
ފާތިމަތު ސަޙާ
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިގެން އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މިއީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް އާންމުންގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލުމަށް ހިންގަމުންދާ ސްކޭމެކެވެ. ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއ...
އަލީ އާދިލް
ހދ. ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށުގެ އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ގެވަޅުތަކާއި، ފަޅު ގޯތިތަކުގައި ވިނަފަޅައި، ޖަންގަލި ވެފައިވުމާއި، ގޯތިތަކާ އިންވެގެންވާ މަގުފަޅިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުމަތި ހަޑިވެ، މަދިރި ފަދަ ގެއްލުންދެނިވި ސޫފާސޫފި ދަނީ އާލާވަމުންނެވެ. މީގެއިތުރުން، ބައެއް ގޯތިތަކުގައި ހުންނަ ގަސްގަހާގެހީގެ ގޮފިތަކާއި، ރުއްރުކުގެ ފަންތައް މަގުމައްޗަށް އެލިފައި ހު...
ފާތިމަތު ސަޙާ
ހދ. ކުޅުދުއްފުށީ ސިޓީގައި މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދެވެންހުރި ފުރުޞަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ ސެޝަނެކެވެ. މި ސެޝަނުގައި ބައިވެރިވުމަށް މިހާރު ފުރުޞަތު ހުޅުވާލައިފައިވާއިރު، 10 ސެޕްޓެމްބަރު 2026، މެންދުރު 12:00ގެ ކުރިން ކުޅުދުއްފުށީސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ...
ފާތިމަތު ސަޙާ
ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރެވޭ ފްލެޓްތަކުން ނޫން ކަމަށާއި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅުދެއްކެވީ މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް މި މޭރުމުން ވާހަކަފުޅުދެއްކެވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހ...
ޔުމްނާ ޢަލީ
މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ނިޒާމުގެ ދަށުން ފުލް ކަވަރޭޖް ނުލިބޭ ގޮތަށް، ލިބޭ އާމްދަނީއަށް ބަލައިގެން އާސަންދަ ކަވަރޭޖު ދެވޭ އުސޫލަށް އަންނަ މަހުން ފެށިގެން ބަދަލުކުރައްވާނެކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާންކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،...
ޔުމްނާ ޢަލީ