މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,454 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 860 ވަނަ ޞަފްޙާ

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ އަށް ފަސްކޮށްފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް މިއަދު އެ އިއްތިހާދުން ނެރުނު ޢިއުލާނެއްގައި ބުނީ އެ ޕްރައިމަރީ އަންނަ ޖެނުއަރީ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ. ޕްރައިމަރީ ލަސްކުރި […]

ޙުސައިން ޝަހުދީ
ޝުޖާއު އަށް ޕީޕީއެމް/ޕީއެންސީ ޓިކެޓް ކަށަވަރުވެއްޖެ

ޝުޖާއު އަށް ޕީޕީއެމް/ޕީއެންސީ ޓިކެޓް ކަށަވަރުވެއްޖެ

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު އަށް، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ބާރަށު ދާއިރާގެ ޕްރޮގްރެސިވް އިއްތިހާދުގެ ޓިކެޓް ކަށަވަރުވެއްޖެއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ޓިކެޓް ސުޖާއަށް ކަށަވަރުވީ އެ އިއްތިހާދުން މަޖިލިސް ޕްރައިމަރީ އަށް ހުޅުވާލި ފުރުސަތުގައި ބާރަށު ދާއިރާގެ ޓިކެޓަށް އެދި ކުރިމަތިލީ އޭނާ އެކަނިކަމަށް...

ޔުމްނާ ޢަލީ
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ އޮޑިޝަން މިއަދު ފަށާނެއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މި އަހަރު މި މުބާރާތުގައި […]

އިބްރާހިމް ޚަލީލް
އެއްޗެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް ށ. އަތޮޅު ކައުންސިލުން އެދިއްޖެ

އެއްޗެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް ށ. އަތޮޅު ކައުންސިލުން އެދިއްޖެ

ށ. އަތޮޅުގައި ބޯޓެއްގެ ބައެއް ކަމަށް ބެލޭ އެއްޗެއް އޮޔާ ދާތީ ކަނޑު ދަތުރުވެރިން ސަމާލުވުމަށް އެ އަތޮޅު ކައުންސިލުން އެދިއްޖެއެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) ‘’ތިލަދުން’’ އަށް ވިދާޅުވީ، އެ އަތޮޅު ސަރަހައްދު ކަނޑުގައި ބޯޓެއްގެ ބައެއް ކަމަށް ބެލޭ އެއްޗެއް އޮޔާ ދާތީ އާންމު ފަރާތަކުން އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެ އެތި ހަވީރު އޮތީ އެ އަތޮޅު ބިލެއްފައްސާއި ގޮއިދޫ އާއި ދޭތެރޭ ކަނޑުގައި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި 17 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީގައި 17 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި 17 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސްކްރީން ކުރި 17 ބިދޭސީއެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ބިދޭސީންނަކީ މިހާރު ވެސ...

ޔުމްނާ ޢަލީ
ރައީސްގެ ތުރުކީ، ޔޫއޭއީ ދަތުރުފުޅަށް ޚަރަދުވީ 3.4 މިލިއަން ރުފިޔާ

ރައީސްގެ ތުރުކީ، ޔޫއޭއީ ދަތުރުފުޅަށް ޚަރަދުވީ 3.4 މިލިއަން ރުފިޔާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ ވިލާތަށާއި، އެކުވެރި އަރަބި ޢިމާރާތް، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ: މިއީ، ރާއްޖޭގެ ރައީސެއްގެ ރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލް ސަރުކާރުން މިގޮތައް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ވަނީ އެމަނިކުފާނު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވަން ނިންމަވައި، އެކަ...

ޔުމްނާ ޢަލީ
މޮޅަދޫ ކައުންސިލް ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ހިފާނެ ބަޔަކު ހޯދަނީ

މޮޅަދޫ ކައުންސިލް ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ހިފާނެ ބަޔަކު ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަން އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގެ އެކި ސަރަހައްދުގައި ހެދިފައިވާ ރައްޔިތުންގެ މާކަށިކެޔޮ ގަސްތަކުގެ އިތުރުން އަށް (8) ރުއްގަނޑެކެވެ. މާކަށިކެޔޮ ގަސްތައް ކުއްޔަށް ހިފޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަހަރަކަށް 1500 (ފަނަރަސަތޭކަ) ރުފިޔާއެވެ. ރުއްގަނޑުތަކުގެ ނަންތަކާއި އެ ރުށްގަނޑަކަށް އަހަރަކަށް ހުށަހެ...

އިބްރާހިމް ޚަލީލް
އެފްޑީސީ އިން ''އަމާން ދޯދި'' އެކްސްޕީރިއަންސް ޔުނިޓުތައް އިފްތިތާހުކޮށްފި

އެފްޑީސީ އިން ''އަމާން ދޯދި'' އެކްސްޕީރިއަންސް ޔުނިޓުތައް އިފްތިތާހުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން “އަމާން ދޯދި” އެކްސްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އިއްޔެ ހަވީރު އަމާން ދޯދި ޓަވަރު 16ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޔުނިޓުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. މި ރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޝާމް އާދަމްއާއި، އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމެންޓް ޑިރެކްޓަރު ޝާޒިމް ސައީދުގެ އިތުރުން،...

އަޙްމަދު ވަހީދު
ޖިންސީ ގޯނާގެ ތުހުމަތުވާ ފިލްމީތަރި ޔުނާން ދޫކޮށްލައިފި

ޖިންސީ ގޯނާގެ ތުހުމަތުވާ ފިލްމީތަރި ޔުނާން ދޫކޮށްލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ކޯޓުން ދޫކޮށްލައިފި އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ޔުނާން ބަންދުން ދޫކުރަން ހުޅުމާލޭ ކޯޓުން މިއަދު ނިންމީ ޝަރުތުތަކާ އެކު އެވެ. […]

ހުސައިން ހަބީބް
ހަނިމާދޫގައި "އިންޑިއާ އައުޓް" ބެނާ ދެމުމަށް ކައުންސިލުން ފާހެއްނުވި

ހަނިމާދޫގައި "އިންޑިއާ އައުޓް" ބެނާ ދެމުމަށް ކައުންސިލުން ފާހެއްނުވި

މިހާރު އޮތް ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ހދ.ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ރަށުގެ ހުރިހާ މަގެއްގައި “އިންޑިއާ އައުޓް” ބެނާ ދެމުމަށް ކައުންސިލަށް ހުށަހަޅައިފިއެވެ. ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 117 ވަނަ އާންމު ބައްދަލުވުގެ އެޖެންޑާ ފާސްކޮށްފައިވާއިރު، އެޖެންޑާގައި ކައުންސިލު މެމްބަރު އަލީ އިބްރާހީމް ހުށައަޅުއްވާފައި އޮތީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް މި ސަރުކާރަށް އެއްބާރުލުންދީ ވައުދުފުއްދުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލ...

އިބްރާހިމް ޚަލީލް
ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދީފި

ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދީފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެއްވައިފިއެވެ. ރައީސް އެގޮތައް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފިރުޒުލް ޢަބްދުﷲ ޚަލީލް އެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ މަގުޗާޓު، ”ހަފުތާ 14”ގައި ހިމެނިފައިވާ ކަންކަންމުގެ ތެރެއިން ފުރަތަމަ ހަތަރު ހަފުތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާގުޅ...

ޔުމްނާ ޢަލީ
ޣައްޒާ އަށް ވަދެ އުޅޭ ޔަހޫދީ ސިފައިންނަށް ލިބޭ ގެއްލުން ބޮޑުވަނީ!

ޣައްޒާ އަށް ވަދެ އުޅޭ ޔަހޫދީ ސިފައިންނަށް ލިބޭ ގެއްލުން ބޮޑުވަނީ!

ފަލަސްތީނުގެ ޣައްޒާ އަށް އަރައިގަނެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލްގެ ސިފައިން މަރުވާ އަދި ޒަހަމްވާ އަދަދުތައް ވަރަށް ބޮޑު ތަނުން އިތުރުވާން ފަށައިފިއެވެ. އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަނގުރާމަ ފެށީ މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ދިން ކުއްލި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިސްރާއީލްގެ 1،200 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ […]

މުޙައްމަދު
ފުވައްމުލަކު ފަރަށް އެރި ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

ފުވައްމުލަކު ފަރަށް އެރި ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަށް ބޭނުންވާ ހިލަ ހިފައިގެން މިދިޔަ ޖުލައި މަހު އެ ސިޓީ އަށް ދިޔަ ބާޖު ފަރަށް އެރުމުން އޭގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން (އީޕީއޭ) އިން ނިންމައިފިއެވެ. “އޮލިމްޕިކް ކަންޑިލޯ” ނަމަކަށް ކިޔާ މި ބާޖު ފަރަށް އަރާފައި ވަނީ މި އަހަރުގެ ޖުލައި 7 ގައެވެ. އެ ބާޖުގެ ވެރި ފަރާތަކީ ސިންގަޕޫރުގެ އެފްރީސިއަން ޕްރައިވެޓް ލިމިޓެޑެވެ. އެ […]

މުޙައްމަދު
ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލަށް އިތުރު ދެ އެފްއެންޑްބީ އައުޓްލެޓް

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލަށް އިތުރު ދެ އެފްއެންޑްބީ އައުޓްލެޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލް ގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް ހުޅުވައިފިއެވެ. އިއްޔެ ހުޅުވި އެފްއެންޑްބީ ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓް، އިން ހުޅުވި ދެ އައުޓްލެޓެވެ. ވީއައިއޭ ޑިޕާޗާ ޓާމިނަލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭ.ސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ މެނޭޖިން ޑިރެކްޓަރު، އާމިރު...

އަޙްމަދު ވަހީދު
ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިން ފުށިދިއްގަރަށް ބަދަލުކުރާ ވާހަކަ ދޮގުކޮށްފި

ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިން ފުށިދިއްގަރަށް ބަދަލުކުރާ ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކަން ފެށި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރަން ސަރުކާރުން މަޝްވަރާ ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އާބަންކޯ އިން ރޭ ދޮގުކޮށްފިއެވެ. “ރާއްޖެއެމްވީ” އިން ފެތުރި ހަބަރެއްގައި ބުނީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ނިންމައި އެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާގޮތަށް ޕްލޭން ކުރުމަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރު […]

މުޙައްމަދު
ހަންގޭރީން 25 ސްކޮލާޝިޕްގެ ފުރުސަތު

ހަންގޭރީން 25 ސްކޮލާޝިޕްގެ ފުރުސަތު

ހަންގޭރީގައި ކިޔެވުމަށް، 25 ސްކޮލާޝިޕްގެ ފުރުސަތު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ސްކޮލާޝިޕްތަކަށް ހުޅުވާލައި، އެ ވުޒާރާއިން ކޮށްފައިވާ ޢިލާނެއްގައި ބުނީ، ސްކޮލާޝިޕްގެ މި ފުރުސަތުތަކުގެ ދަށުން، ބެޗްލަާސް ޑިގްރީ އަށް ކިޔެވުމުގެ 8 ފުރުޞަތު، މާސްޓާސް ޑިގްރީއަށް 14 ފުރުޞަތު އަދި ޑޮކްޓޯރަލް ޑިގްރީ (ޕީ.އެޗް.ޑީ ނުވަތަ ޑީ.އެލް.އޭ) އަށް ކިޔެވުމުގެ 3 ފުރުޞަތަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ...

ޔުމްނާ ޢަލީ
އެމްއޭސީއެލްއިން ހުރަވީ ސްކޫލުގައި ވޮކޭޝަނަލް ހަބެއް ގާއިމުކޮށްފި

އެމްއޭސީއެލްއިން ހުރަވީ ސްކޫލުގައި ވޮކޭޝަނަލް ހަބެއް ގާއިމުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް “ހުނަރު ވެހި” ހުޅުވައިފިއެވެ. ހުރަވީ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދުގެ އިތުރުން މިނ...

އަޙްމަދު ވަހީދު
މާފުށީ ޖަލުގެ ޔުނިޓެއްގެ ދެ ވިންގެއް އާންމު ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި

މާފުށީ ޖަލުގެ ޔުނިޓެއްގެ ދެ ވިންގެއް އާންމު ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން، ކ. މާފުށީ ޖަލުގެ ޔުނިޓް 12 ގެ ވިންގ 1، އަދި ވިންގ 2 އަކީ އާންމު ޖަލެއްގޮތުގައި ކަނޑައަޅައިފިއެވެ. އެކަން އަންގައި އެ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ ކ. މާފުށީ ޖަލުގެ ޔުނިޓް 12 ގެ ވިންގ 1، އަދި ވިންގ 2 އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތަނެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ […]

ޔުމްނާ ޢަލީ