މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރާ ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދާއި ކައުންސިލަރުކަމަށް ވާދަކުރާ ތިން ކެންޑިޑޭޓުން އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ. މި ބޭފުޅުންނަކީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވާފައިވާ، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ރައީސް ޔާމީން އަރިހުގައި އިސްކޮށް އުޅުއް...
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ އޭސީ މިލާނާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުން، ނިއުކާސަލް ބަލިވުމުން ގްރޫޕްގެ ފުލަށް ވެއްޓި ޔޫރަޕްގެ މުބާރާތްތަކުން އެ ޓީމް ބޭރުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި މިލާން އަތުން ނިއުކާސަލް ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ބްރޫޝިއާ ޑޯޓްމަންޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއިއެކު މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން […]
އިބްރާހިމް ޚަލީލް
ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުއެވެ. ނައިބު ރައީސް އެނބުރި ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި ސަރުކާރުގެ ބައެއް ވަޒީރުންނެވެ. 4 ޑިސެމްބަރު 2023 ގައި ނައިބު ރައީސް ފުރަތަމަ ވަޑައިގަތީ “ޗައިނާ-އިންޑިއަނ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” މައްސަލައެއް ނޫން.. އެކަމަކު އަހަންނަކީ ވަރަށް ޕްރައިވަސީ ބޭނުންވާ މީހެއް… އެންމެންގެ ތެރޭގައި މޫދަށް އެރި ސަކަރާތް ޖެހުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫނޭ.. ކޮންމެ ދުވަހަކުވެސް އެ ތުނޑީ މޫދަަށް މީހުން ދާނެ..” މިފަހަރު މުއާޒްގެ ވިސްނުމާ ޒާރާގެ ޚިޔާލްތައް ތަފާތު ވެއްޖެއެވެ. މުއާޒް އެކަމަށް އެއްބަސް ނުވުމުން ޒާރާއަށް ޖެހުނީ ގޮތްދޫކޮށްފައި އެ ވާހަކަ ހުއްޓާލާށެވެ. ” ދެރަނުވައްޗޭ! ” މުއާޒް ޒާރާއަށް ބަލައިލަމުން ބުނެލިއެވެ. އެއްޗެއް ނުބުނެ ޒާރާ […]
ސަލާމާ ޢަބްދުލް ޢަލީމް
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ކުޅުން އަންނަ ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީގައި ފަށާނެއެވެ. މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެއެވެ. އެ ޓީމްތަކަކީ ޓީމް ކޮރަލްސް، ދެތަނޑިމާ، ޓީމް މަގުލަސް، ނެއްލައިދޫ ބަށި ޓީމްގެ އިތުރުން ޓީމް ޒިގްޒެގެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ވާދަކުރާނީ […]
އިބްރާހިމް ޚަލީލް
ދިވެހި ފުޓްބޯޅަ ލެޖެންޑް، ކުރީގެ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ”ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ޓީމް ޖޯކާސްއިން ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ޓީމް ޖޯކާސްއިން ހޯދީ ފައިނަލް މެޗުގައި ތަޖުރިބާކަރު މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމް ތުރީޑީ އާއި ދެކޮޅަށް ކުޅެ މެޗު ފުރިހަމަ ވަގުތުގައި 3-2 ގެ ނަތީޖާ […]
ޔުމްނާ ޢަލީ
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާއެއް އުފުލައި, ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. ކޭ ޕާކް ހަދަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ އެ މައްސަލާގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ […]
ހުސައިން ހަބީބް
ރައީސް ޑރ. މުހައްމަދު މުޢިއްޒު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު 13 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. މިގޮތުން، ރައީސް މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް – ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް – ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ. […]
ޔުމްނާ ޢަލީ
މާލޭގެ މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށްޓަކައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް، އިލެކްޝަން ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. ސައިފުގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ތިން ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޑިމޮކްރެޓްސްގެ ތިން ކެންޑިޑޭޓަކު ވަނީ މިއަދު ފޯމު ހުށަހަޅާފައެވެ. މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. މާލޭގެ މޭޔަރު...
ޔުމްނާ ޢަލީ
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބަޖެޓް މަޖިލީހަށް ފޮނުވީ 31 އޮކްޓޯބަރު 2023 ގައެވެ. އޭރު މާލީ ވަޒީރު އިބްރާހީމް އަމީރު މަޖިލީހަށް މި ބަޖެޓް ހުށަހަޅުއްވައި ދެއްވީ 14 ނޮވެމްބަރު 2023 ގައެވެ. މަޖިލީހުގައި ބަޖެޓް މަސައްކަތް ކުރިއަށް ގެންދެވުމަށްފަހު ބަޖެޓު ކޮމެޓީން ފާސްކުރި ބަޖެޓަށް މިއަދު ތަޅުމުގައި ވޯޓަށް އަހާފައިވާއިރު އެ ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. 2024 ވަނަ އަހަރަށް ލަފާކޮށް […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެމްއެންޑީއެފުން ބުނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފައިންގެ ވައިސް ޗީފަކަށް ޢައްޔަނު ކުރެއްވިއިރު، ކުރިން އެ މަޤާމުގައި ހުންނެވީ މޭޖަރ […]
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުރީދޫ ގްރޫޕުގެ ޑެޕިއުޓީ ސީއީއޯ ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ އަލް ތާނީ އަދި އުރީދޫ ގްރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެލެކޮމިއުނިކޭޝަން ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުރިހަމަ ޚިދުމަތް ފާހަގަކުރައްވައި އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ ޓީމު ހިމެނޭހެން އުރީދޫ ގްރޫޕުގެ ލީޑަރޝިޕަށް ޝުކުރު އަދާކުރަ...
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ބޭސިކް ފަހާ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މި މަހު ހަތަރުވަނަ ދުވަހު ބާއްވާފައިވާއިރު، ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައި ވަނީ 18 ބައިވެރިންނެވެ. މި ކޯހުގެ ބައިވެރިންނަށް ބާލީސް އުރަ، އާދައިގެ ހަރުވާޅު، އާދައިގެ އަރިފެޅި ހެދުން، ބޮޑު ހެދުން، ވަށްބުރުގާ ފަދަ ތެކެތި ފަހަން ދަށްކޮށްދީފައ...
އިބްރާހިމް ޚަލީލް
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށްޓަކައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) ފޯމް ހުށަހަޅުއްވައިފިއެވެ. އާޒިމާ ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ. އާޒިމާގެ އިތުރުން، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް އިއްޔެ ވަނީ ފޯމް ހުށަހަޅުއްވައިފައެވެ. އާޒިމާ ވިދާޅުވެފައިވަނީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނ...
މުޙައްމަދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ސްޓޭޖް ފަހުމެޗަށް ރޭ ރެއާލުން ޔޫނިއަން ބާލިންއާއި ދެކޮޅަށް ނުކުތްއިރު ވެސް އެ ޓީމަށް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައެވެ. ރޭ ޔޫނިއަން ބާލިން ދަނޑުގައި ކުޅުނު މެޗު ރެއާލުން ވަނީ 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން މޮޅުވެ 18 ޕޮއިންޓް ރެއާލުން ހަމަކުރިއިރު، ގްރޫޕް ސީގެ ދެވަނަ […]
އިބްރާހިމް ޚަލީލް
ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން ނުވަތަ ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުހައްމަދު ޝަހީބް އައްޔަން ކުރައްވައިފިއެވެ. ޝަހީބް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. ޝަހީބު އެންމެ ފުރަތަމަ ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމުންނެވެ. އޭގެ ފަހުން، ޝަހީބު ވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ހެލްތު މިނިސްޓްރީގެ ވަޒީފާގައި ދެމިހުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ އެކު ހެދި ކޮންޓްރެކްޓް ބާތިލް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މެމްބަރުންގެ މެދުގައި ބަހުސްކޮށްފައެވެ. އެ މައްސަލަ މަޖިލިހަށް ބަލައިގަތީ 21 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެނ...
މުޙައްމަދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ ބަޔާން މިއުނިކް އަތުން ބަލިވެ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައިނުވެ މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ. ރޭ މޮޅުވުން މަޖުބޫރު މެޗުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއިން ބަޔާން އަތުން ބަލިވެފައެވެ. މި ބައްޔާއިއެކު ގްރޫޕްގެ ފުލަށް ވެއްޓި ޔުނައިޓެޑަށް ވަނީ ޔޫރޮޕާ ލީގުން ވެސް ޖާގަ ގެއްލިފައެވެ. ރޭ މެޗަށް ބަޔާން ނުކުތްއިރު ވެސް އެ ޓީމް އޮތީ ގްރޫޕްގެ […]
އިބްރާހިމް ޚަލީލް