ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުން މެޗު ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް އިން ކާމިޔާބު ކޮށްފިއެވެ. މިއަދު ގްރޫޕް އޭގައި ޔޫތު ފްރެންޑްސްއާއި ޑޮމިނޭޓާސް ބައްދަލު ކުރި މެޗުގައި ޖުމްލަ ދިހަ ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުގައި ޑޮމިނޭޓާސް އިން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ޔޫތު ފްރެންޑްސްގެ މައްޗަށް ކުރި ހޯދީ 6-4 ގެ […]
އިބްރާހިމް ޚަލީލް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 59 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް ފަށައިފިއެވެ. މާދަމާ އެސްޓީއޯއަށް 59 އަހަރު ފުރޭނެއެވެ. އަހަރީ ދުވަހާ ގުޅުވައިގެން ސޭލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާައި މާދަމާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސޭލް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ސޭލްގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ބުންޏެވެ. […]
އަޙްމަދު ވަހީދު
އިސްރާއީލްގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ އިން ފޭބުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ. އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ނޯޓެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިސްރާއީލްއާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިސްރާއީލްއާ ދެކޮޅު ހިޔާލުތައް ފާޅުކުރާ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އެހެންވެ، މިވަގުތު އިސްރާއީލަށް ދަތުރު ނުކުރުމަށާއި...
މުޙައްމަދު
ށ.ފީވަކުގެ ކުންފުންޏެއް ކަމަށްވާ “ބަލްމާ މޯލްޑިވްސް” އިން އިންތިޒާމްކޮށްގެން ބާއްވާ “ބަލްމާ ފުޓްސަލް ޗެލެންޖް 23/24” މި ޑިސެމްބަރު މަހުގެ 25 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. މި މުބާރާތުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ހޫލިގަން އެސްސީ، ހަކުރު އެފްސީ، ތިންބަތެރެ އެފްސީ، ފަޔަރ ބާޑްސްގެ އިތުރުން ހޮޓް ޝޮޓެވެ. ފީވަކު ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ބާއްވާ މި […]
އިބްރާހިމް ޚަލީލް
ގައުމީ ސަލާމް ކިޔުމާއި ދިވެހި ގައުމީ ދިދަ އަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާން ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ ހުއްދަ ކަމެއް ކަމުގައި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމާއި ގައުމީ ދިދައަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ […]
މުޙައްމަދު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އާބަންކޯ އިން ބުނެފިއެވެ. ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު “ރަސްމާލެ” ބިންހިއްކުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ފައްޓަވައިދެއްވައިފައެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް “ރަސްމާލެ” ނަމުން ނަން ދޭން ނިންމާފައިވާ […]
މުޙައްމަދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާއި އިޓަލީގެ ޗެމްޕިއަން ނަޕޯލީ ވާދަކުރަން ޖެހިއްޖެއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުން ބާއްވާފައިވާއިރު ބާސެލޯނާ ވާދަކުރަން ޖެހެނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީއާއެވެ. ބާސާއަށް ނޮކައުޓް ބުރުން ޖާގަ ލިބިފައި މިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ކުރިން ދެ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ވަނީ ކަޓާފައެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދެވަނަ ބުރުގައި ވާދަކުރަން […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. އެކަން ހާމަކޮށް މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާޢުއަށް މަރުގެ އިންޒާރު ދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މީސް މީޑިއާގައި މެންބަރު ޝިފާޢު އަށް ދިން މަރުގެ އިންޒާރާއި ގުޅިގެން އެ މައްސަލައ ބަލައިދީ، ތަހުގީގު ހިންގައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި އުޅޭ ބިދޭންތަކެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވައިލައިފިއެވެ. ކުޅުދުއްފުށިން ފުރަތަމަ ފައިލޭރިއާ ކޭސްތަކެއް ފެނުނީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގެ ތެެރެއިން 17 ބިދޭސީއަކު ޕޮޒިޓިވްކަން އެނގުނެވެ. އެހެންވެ އިތުރަށް ސްކްރީނިން ފުޅާކޮށް އިއްޔެގެ ނިޔަލަށް 200 އަށްވުރެ ގިނަ ބިދޭސީން ސ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާ އަށް މިހާރު ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ އިރާކޮޅެވެ. ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ދަރިފުޅު ތޫނުއެެއްޗަކުން މަންމައަށް ހަމަލާދިނުމުން މަންމައަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލާއި ހަވާލާދީ އުމުރުން 51 އަހަރުގެ މަންމަގެ ހާލު ސީރިއަސްކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. މި މައ...
ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ހަވީރު ކުޅުނު މެޗު ޔުނީފޯމުން ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ޔުނީފޯމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މިއީ ޔުނީފޯމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަހުލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫތު ފްރެންޑްސް މައްޗަށް ކުރި ހޯދިނަމަވެސް ދެވަނަ މެޗުން މިވަނީ ބަލިވެފައެވެ. އިއްޔެގެ […]
އިބްރާހިމް ޚަލީލް
އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ. ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޕައިލެޓަކަށް އުރީދޫއިން ވަނީ ދީފައެވެ. މި 30 ޕައިލެޓުންގެ ތެރެއިން، ކޮލިފައިންގ ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ހުނަރުވެރި 9 ޕައިލެޓެކެވެ. ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ވަނީ ރޭސް ކޯހުގެ ތެރޭގައި ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ […]
އަޙްމަދު ވަހީދު
ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެމީހާ ޑަކްޓަރަށް ދެއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް މިރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ މިރޭ އިރާކޮޅު ބުނެފައެވެ. މި ހާދިސާގައި އަނިޔާވި […...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ޢަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވިންދާ ޝުޢޫރާއި ދެކޮޅަށްކަމަށް ބުނެ، އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލްގެ ހަ މެންބަރަކު ސޮއިކުރައްވާފައިވާ މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ޤާނޫނުއަސާސީގައި އޮންނަ އިޖުރާޢަތްތަކުގެ ބޭރުން ޢަމަލު ކުރައްވަމުންނެވެ. އެއީ ފިނ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރުދީފައިވާކަމަށާއި، އެކަން ތަހުގީގުކޮށް ފިޔަވަޅުއަޅަން ދިވެހި ފުލުހުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިރޭ ގޮވައިލައިފިއެވެ. ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލައެއް މި ފެންްމަތިވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް މިރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެއީ 51 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުނެއެވެ. ”އެމީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފުލުހުން ބުންޏ...
ޔުމްނާ ޢަލީ
ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކ. ގުޅީފަޅުން އިތުރު 85 ހެކްޓަރާއި ގިރާވަރުފަޅުން 50 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ. “ރަސްމާލެ” ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގެދޮރުވެރިކަމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގ...
މުޙައްމަދު
ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ބަޔަކާއި ހަވާލު ކޮށްފިއެވެ. އެ ކައުންސިލުން މި މަސައްކަތް ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައި ވަނީ 1,888,380 (އެއް މިލިއަން އަށް ލައްކަ އައްޑިހަ އައްހާސް ތިން ސަތޭކަ އައްޑިހަ) ރުފިޔާއަށް، 129 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ކުރިން އެ ރަށުގައި މާރުކޭޓް ހިންގި އިމާރާތުގެ ބައެއްގައެވެ. […]
އިބްރާހިމް ޚަލީލް