ރާއްޖޭގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން އުޅޭ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިޔުމެއްގައިވާ ގޮތުން އަންނަ މާޗު މަހުގެ އެކަކުން ފެށިގެން ސްކޫލުތަކުގައި ބުރުގާ އެޅުން މަޖޫބުރު ކުރަން އަންގާ ކަރުދާހެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައްޔާރުކޮށްފައެވެ. އޭގައިވާ ގޮތުން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވީ ހިނދު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދީނުގައ...
މުޙައްމަދު
މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި “ސަންގު ޓީވީ” އިން މިރޭ ބާއްވާ ބަހުސްގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ. މިރޭ 9:15 ގައި އޮންނަ ބަހުސްގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހާއި...
މުޙައްމަދު
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ. “ރަސްމާލެ” ބިންހިއްކުމުގެ މި މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށިދިއްގަރު ފަޅުގައެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް “ރަސްމާލެ” ނަމުން ނަން […...
މުޙައްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޒަކާތު ހައުސް” ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ “ދިވެހިރާއްޖޭގެ ޒަކާތު ހައުސް” އެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު، ‘’ހަފުތާ 14’’ ގައި ވެސް ބަޔާންކޮށްފައިވާ މި އިދާރާ ހިންގާނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުންނެވެ. މިތަނަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބ...
ޔުމްނާ ޢަލީ
ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ އިން ބޭރަށް ދާން ކޯޓުން ހުއްދަ ދިނަސް، އޭނާ އަށް ސްރީ ލަންކާއަށް އެތެރެ ނުވެވިގެން ރާއްޖެ އަތުވެއްޖެ އެވެ. ސީލައިފް ކުންފުނިން ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާ ފުރުން މަނާކޮށްފައި ވަނިކޮށް، ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ […]
ހުސައިން ހަބީބް
ތިިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް ތައްޔާރީތައް ފަށައިފިއެވެ. މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވ...
އިބްރާހިމް ޚަލީލް
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އަހައިފައެވެ. މި ބިލު ފާސްކުރުމަށް ތަޅުމުގައި ނެގުނު ވޯޓުގައި އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވި 68 މެމްބަރުން ވެސް ވަނީ ބިލު ފާސްކުރައް ވޯޓު ދެއްވާފައެވެ. މި ބިލަކީ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށް...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި މާދަމާ ރޭ ފައިލޭރިއާ ބައްޔާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ބުނީ، ފައިލޭރިއާ ބައްޔާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް އަންގާރަ ދުވަހު (19 ޑިސެމްބަރު)ގެ ރޭ އޮންނާނެ ކަމަށެވެ. އަދި އެ ސެޝަނަށް އެރަށުގެ ރައްޔިތުންނަށް އެ ހޮސްޕިޓަލުން ވަނީ ދައުވަތުދީފައެވެ. މި ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާރޭ 20:30ގައި ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރު...
ޔުމްނާ ޢަލީ
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން ބައެއް ޓްރާންސެކްޝަންތައް ވެރިފައި ނުވެ ލަސްވެފައިވާ ކަމަށާއި އެއްވެސް ކަސްޓަމަރެއްގެ އަތުން ދެ ފަހަރާ ފައިސާ ކެނޑިފައި ނުވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާރުޓީއެލްގެ ބަހާއި ފެރީގެ ޚިދުމަތަށް ފައިސާ ދެއްކުމަށް “ޓެޕް ޓު ޕޭ” ނުވަތަ ކޮންޓެކްޓްލެސް މާސްޓަކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން […]
އަޙްމަދު ވަހީދު
ގައުމީ އެެއާލައިން، މޯލްޑިވިއަން އިއްތިހާދު އެއާވޭސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މޯލްޑިވިއަނުން ބުނީ މި އެއްބަސްވުމާ އެކު ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ 17 މަންޒިލަކަށް ދަތުރު ކުރަން، އިއްތިހާދުން ދަތުރު ކުރާ މީހުންނަށް ފަސޭހަވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މޯލްޑިވިއަން ކޮމާ...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ އިސްލާހްތައް ހިމަނައި މަޖިލީހުގެ ގަވާއިދު މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ ގަވާއިދަށް އެ ބަދަލުތައް ގެންނަން އާންމުކޮމެޓީން ފާސްކޮށްފައިވާ އިސްލާހްތައް މަޖިލީހުގެ ތަޅުމުގައި މިއަދު ފާސްކުރީ 44 މެންބަރުންގެ ވޯޓުންނެވެ. މި ގޮތަށް ފާސްކުރުމާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ. މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރު ދަންމާލަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ 28 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ދަންމާލާށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާކަމަށްބުނެ، އެކަން އެހެން އޮއްވައި ވަޒީރުންނަށް ރިޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި އެ އެ މައްސަލަ އަލުން...
ޔުމްނާ ޢަލީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ހަމަޖައްސައިފިއެވެ. ޖޭއެސްސީން ވަނީ ޝުޖޫން އެ މަގާމަށް ހަމަޖެއްސުމުން އެކަމަނާއަށް ތަހުނިޔާކިޔައިފައެވެ. ޝުޖޫން އަކީ އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އިންތިޚާބުކޮށްފައި ހުންނަވާ ފަނޑިޔާރެވެ. ޖޭއެސްސީގެ ނައިބު ރައީސަކަށް ކުރިން ހުންނެވީ ގާނޫނީ ވަކީލު ސްތޫރު ޙުސްނީ އެވެ. އޭނާ ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޖޭއެސްސީގެ ގާނޫނުގައިވާގޮތުގެމަތިން...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި އިތުރު 2 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ. އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން އަންނަނީ ކުރަމުންނެވެ. ކޭއާރުއެޗުގެ މީޑިއާ އޮ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލައިފިއެވެ. މިއަދުގެ ޖަލްސާގައި ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާތީ، އެކަން އެހެން އޮއްވައި ވަޒީރުންނަށް ރިޕޯޓްގެ މަސައްކަތް ކުރިއަށް ގެންދެވިދާނެކަމާމެދު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ރިޔާސަތުން، މަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް މާކެޓުކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުށަހަޅާފައިވާ ކަރުދާހަކަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތައާރަފުކޮށް، އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވުމުގެ ފައިދާނަގައި އާސެނަލުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެންމެ ފަހުން ލިވަޕޫލް ދަނޑުގައި އެ ޓީމުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ފަސޭހަކަމާއި އެކު ވަނީ ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަންގެ ފަހުކޮޅު އަމިއްލަ ދަނޑުގައި ލިވަޕޫލުން […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ޝަރުތު ހަމަނުވާ ބަޔަކަށް ދިން ކަމަށް ބުނަމުންދާތީ މި މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގަށް މީހުން ހާޒިރުކޮށް ބަޔާން ނަގަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސީސީން ބުނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ލިބުމާ ގުޅިގެން ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ. […]
މުޙައްމަދު