ބިސްގަނޑެއް އަޅައި ނުދިން ކަމަށް ބުނެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ސްރީލަންކާގެ މީހާގެ މައްސަލަ އަންނަ އޮކްޓޫބަރު މަހު ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ބިދޭސީ ޝެފަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. ދައުލަތުން ބުނާގޮތުން އޭނާ މަރާލި […]
ހުސައިން ހަބީބް
މީހުން ރަހީނު ކުރުމަށް ފަހު ބަރަހަނާ ކޮށްގެން، ފައިސާ ފޭރޭ ކަމަށް ތުހުމަތުކޮށް ފ. ނިލަންދޫއަށް ނިސްބަތްވާ ދެމަފިރިއަކު ބަންދުކޮށްފި އެވެ. އެ މައްސަލާގައި އެ ދެމަފިރިން ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއީ ނިލަންދޫއަށް ނިސްބަަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. އޭރު ފިރިމީހާގެ ބަންދަށް 15 ދުވަސް އަދި އަނބިމީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ. އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން އިއްޔެ އިތުރު […]
ހުސައިން ހަބީބް
މާލޭގައި މަރާލި އަބްދުލް މުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ދެ މީހުންގެ މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ފަސް އަހަރު ފަހުން ވެސް ހައި ކޯޓުގައި ނުފެށި އަނެއްކާވެސް ކެންސަލްވެއްޖެ އެވެ. ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ ތެރެއިން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ […]
ހުސައިން ހަބީބް
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށް ބޭނުންވާ 15 ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. މި ކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެކައުންސިލުން ހޯދަން އިޢުލާންކޮށްފައިވަނީ 11 މީހުންގެ ޖާގައިގެ ބަގީތަކެކެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހު 13 ވަނަ ދުވަހުގެ 0000 ގެ […]
އިބްރާހިމް ޚަލީލް
ފުވައްމުލަކުގައި ޑައިވިން އަށް ފޭބި ފަތުރުވެރިއަކު ޑައިވިން ނިންމާލިފަހުން ހާލުދެރަވެ، މަރުވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ނިޔާވެފައި ވަނީ ޗައިނާއަށް ނިސްބަތްވާ 70 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. ފުލުހުން ބުނީ އެމީހާ އަކީ ފުވައްމުލަކު ކައިރީ އޮންނަ ޓައިގަރ ޝާކް ޕޮއިންޓަށް ޑައިވިންއަށް ފޭބި މީހެއް ކަމަށެވެ. އެމީހާ ޑައިވިން ނިންމާލައި ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މިއަދު 11:26 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ”އެމީހ...
ޔުމްނާ ޢަލީ
ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފިއެވެ. ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަސް އިންދުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި، ފަސް މ...
އަޙްމަދު ވަހީދު
ޒަކާތު ފަންޑުން މިދިޔަ މޭމަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ މޭ 2024ގެ ތަފާސް ހިސާބު ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު، ޒަކާތު ފަންޑުން މިދިޔަ މޭމަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ އެހީގެ ގޮތުގައި 1،632،265 މިލިއަން ރުފިޔާގެ އެހީ ދީފައި ވަނީ 180 މީހަކަށެވެ. މި އެހީ ދީފައިވާ ފަރުވާގެ ތެރޭގައި ތަފާތު ބޮޑެތި ހަތަރު ބައްޔަކަށް ފަރުވާ ކުރުމަށް […]
ޙުސައިން ޝަހުދީ
މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮސްފި އެވެ. ފުލުހުން ބުނީ، މެދު ޒިޔާރަތްމަގު، ހޮޓެލް ޖެން ކައިރީ ސައިކަލު ޕާކިން ޒޯނެއްގައި ހުރި ސައިކަލު ތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި 36 އަހަރުގެ ދިވހެި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. “އޭނާގެ ބަންދައް ގޮތެއް ނންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް މިއަދު ވަނީ އަމުރުކޮށްފައި” މިޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވެ އެވެ. އެ ސައިކަލުތަކުގައި ރޯކޮށް...
އިބްރާހިމް އަސްވާޤް
ފަަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ދިވެހި ސަރުކާރާ ގުޅިގެން 1984 އިން 1986 އަށް ރާއްޖޭން ވަނީ “މޯލްޑިވްސް އެއަރ ވޭޒް”ގެ ނަމުގައި އެއާލައިނެއް އޮޕަރޭޓްކޮށްފަ އެވެ. އޭރު ޕީއެލްއޯގެ ލީޑަރަކީ އައްސައްޔިދު ޔާސިރު ޢަރަފާތެވެ. އެމަނިކުފާނު ވަނީ 1984 ގައި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. މޯލްޑިވްސް އެއަރވޭޒުގައި ދުއްވާފައި ވަނީ އެމެރިކާގައި އުފައްދާފައިވާ ޑަގްލަސް ޑީސީ-8 ގެ ދެ މަތިންދާބޯޓެވެ. އޭރު ދިވެހި ސަރުކާރުގެ އެއަރ ލައިންކަމަށްވާ އެއަރ މޯލްޑިވްސްގައި އޮތީ […...
ޢަބްދުﷲ ސަޢީދު
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޕްރެންޓިސްޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި އެވެ. އެޗްޑީސީއިން ބުނީ އެކި ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ “ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ތަފާތު 7 ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމުގެ މަގްސަދުގައި 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ އަމަލީ ތަ...
އިބްރާހިމް އަސްވާޤް
ދިވެހީންގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ޚިޔާލީ ދެވިތަކާއި ފުރޭތައް އުޅެމުން އައެވެ. އަދި ވަރަށް ގިނަ ރޫޙާނީ ތަކެތި ފެނިފައިވާ އަދި ރޫޙާނީ ކަންތައްތަކާ ބައްދަލުވެ އެ ކަންކަން ތަޖުރިބާކުރެވިފައިވާ މީހުން ކުރީ ޒަމާނުގައި ދިވެހީންގެ ތެރޭގައި ވަރަށް ގިނައެވެ. ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވި އެޗްސީޕީ ބެލްއަށް ވެސް މިކަން ފާހަގަކުރެވުނެވެ. މި މަޢުލޫމާތު ބެލް ހޯއްދެވީ އަލްޢައްލާމާ ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނެވެ. އެއީ ހިޖުރައިން 1346 ވަނަ އަހަރެވެ. މީލާދުން 1928 ވަނަ އަހަރެވެ. […]
ޢަބްދުﷲ ސަޢީދު
މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިނުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ފަސޭހަކަމާއިއެކު އެންޑޯރާ ބަލިކޮށްފިއެވެ. ސްޕެއިނުން އެންޑޯރާގެ މައްޗަށް ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ޅަ ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ސްޕެއިންއަކީ، ޔޫރޯގައި ފެންނާނެ އެންމެ ބެލެންސް އެއް ޓީމެވެ. މުބާރާތުގެ ފޭވަރިޓުން ތެރޭ ސްޕެއިން ހިމެނެއެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު އެ ސްޕެއިންގެ ކޯޗުގެ […]
އިބްރާހިމް ޚަލީލް
އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓައެއްނުލާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓައެއްނުލާކަން ހާމަކޮށް އެކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ރިކޮމެންޑޭޝަން ފޯމު ބޭނުންވާނެ ކަމަށެވެ. މިހާރު ބަލި މީހާ ބަލާވަގުތު، އެ ފޯމު އާސަންދަ ޕޯޓަލް ތެރެއިން ފުރުމަށްފަހު އާސަންދައަށް ސަބްމިޓް ކުރާނީ ޑޮކްޓަރު ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. ”އާސަންދަ ރިކޮމެންޑޭޝަން ފޯމު، 20...
ޔުމްނާ ޢަލީ
ތިން ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރޭ ފާސްކޮށްފިއެވެ. މި ތިން ވަޒީރުންނަކީ ނަވާރަ ވަނަ މަޖިލިހުގައި ރުހުން ލިބިވަޑައިނުގެންނެވި ތިން ވަޒީރުންނެވެ. އެ ތިން ވަޒީރުންނަށް އަލުން ރުހުން ދިނުމަށް 20 ވަނަ މަޖިލިހަށް ހުށަހަޅައި އެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ މަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. އެމްޑީޕީ މެޖޯރިޓީ އޮތް 19 […]
ޔުމްނާ ޢަލީ
ސެމްސަންގްގެ ގެލެކްސީ ވޮޗް ލައިންއަޕަށް ގޫގުލްގެ އެންމެ ފަހުގެ ވެއާ އޯއެސް 5 ސޮފްޓްވެއާ އަޕްޑޭޓްގެ ބީޓާ ވާޝަން ކައިރި މުސްތަގުބަލެއްގައި ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބެލެވެއެވެ. މި ޚަބަރު ޓެކް މީޑިއާތަކަށް އަރާފައިވާއިރު، މިއީ ގޫގުލް ޕިކްސެލް ވޮޗް ފަދަ އެންޑްރޮއިޑް ސްމާޓްވޮޗް ބްރޭންޑްތަކަށް ފުޅާ ދާއިރާއެއްގައި ރޯލްއައުޓް ކުރުމުގެ ކުރިން ސެމްސަންގުގެ ގެލެކްސީ ވޮޗް މޮޑެލްތަކަށް އެންމެ ފުރަތަމަ ބޮޑެތި ވެއާ އޯއެސް އަޕްޑޭޓްތައް ތައާރަފުކުރުމުގެ ގާއިމުކުރެވިފައިވާ އާދައާ އެއްގޮތްވާ ގޮތުގެ މަތިން...
އަޙްމަދު ދާއޫދު
ހެއިޓީގެ 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ނުރައްކަލުގެ ޙާލަތު ކުރިމަތިވެފައިވާދަނޑިވަޅެއްގައި، ހަމަނުޖެހުންތައް ބޮޑުވެ، ކާބޯތަކެތީގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް އދއިން ބުދަ ދުވަހު އިންޒާރުދީފިއެވެ. ހެއިޓީގައި ހުންނަ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ކަންޓްރީ ޑައިރެކްޓަރު ޖީން މާޓިން ބައުއާ ވާޗުއަލްކޮށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރުން ބުނާ ގޮތުން، މިހާރު ހެއިޓީގައި 5 މިލިއަން މީހުން އެބަތިބި ކަމަށާއި...
އަޙްމަދު ދާއޫދު
އިސްރާއީލުން ދަނީ ޣައްޒާގައި މަދަނީ އާބާދީއެއް މުޅިން ހަލާކުކުރަމުންކަމަށް ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެއްވި ޕްރެސްއެއްގައި ވަނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން މިހާރު ދެމުން ގެންދާ އަސްކަރީ ހަމަލާތަކުގައި “އާންމުންގެ އާބާދީ މުޅިން ހަލާކުކޮށްލުމަށް” އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވަނީ ގާތްގަނޑަކަށް އަށް މަސް ދުވަސްވެފައިވާ ހަމަނުޖެހުންތަކުގައި އިސްރާއީލުން އަމަލު ކ...
އަޙްމަދު ދާއޫދު
ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. ސެމީ […]
އިބްރާހިމް ޚަލީލް