ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ. މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފައެވެ. އެ ބިލްގައިވާ ގޮތުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް […]
މުޙައްމަދު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އައްޔަން ކުރައްވައިފި އެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސް އޮފީހުގައެވެ. އެދެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ. އެމަނިކުފާނަށް މަގާމުގެ ލިޔުން އަރުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަނީ 10 މެންބަރުންގެ...
އަލީ އާދިލް
އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޕެނީ (އެމްޓީސީސީ) އިން ރައްޔިތުނަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތާއި ފެރީގެ ދަތުރުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ. މީގެ ކުރިން އެމްޓީސީސީގެ ބަހާއި ފެރީ ދަތުރުތަކަށް “ޓެޕް އެންޑް ގޯ” ފީޗާ އިން ފައިސާ ދެއްކެނީ ވިސާަ އަދި މާސްޓަ ކާޑުތަކުންނެވެ. ނަމްވެސް އެމެރިކަން އެކްސްޕްރެސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބަހާއި ފެރީގެ ޓިކެޓަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ކޭޝް […]
އަޙްމަދު ވަހީދު
ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ، މާލެ ސަރަހައްދުގައި ސައިކަލް ރެލީ އެއް ބޭއްވުމަށް ނިންމައިފި އެވެ. އިސްރާ އެސޯސިއޭޝަން އާއި މަދަނީ ޖަމިއްޔާތަކާއި ޖަމާޢަތްތައް ގުޅިގެން ކުރިއަށްގެންދާ މި ސައިކަލު ރެލީ އަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވާ އެއްބައިވަންތަކަމުގެ ސައިކަލް ރެލީއެއް އެކެވެ. މިސައިކަލް ރެލީ ކުރިއަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 04:15 ގައި ހުޅުމާލޭގައި ހުޅުމާލޭ ސެ...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލެއިން އަނެއްކާވެސް އިތުރު ބިމެއް 210 މިލިއަން ރުފިޔާއަށް ގަނެފި އެވެ. މިދިޔަ އަހަރު އެމްއެމްއޭއިން ހުޅުމާލޭގެ 43،400 އަކަފޫޓުގެ ބިމެއް 210 މިލިއަން ރުފިޔާއަށް އެޗްޑީސީ އަތުން ގަތުމަށްފަހު މިފަހަރު ވެސް ގަނެފައިވަނީ އެ ބޮޑުމިނުގެ ބިމެކެވެ. އެ ބިން ވެސް ގަނެފައިވަނީ 210 މިލިއަން ރުފިޔާއަށެވެ. ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން އެޗްޑީސީއަށް ދައްކާފައިވާތީ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން ކަނޑައަޅައި އެކަން މިއަދު އިއުލާންކޮށްފި އެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޖުމްލަ ފަސް މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަ...
މުޙައްމަދު
ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ހަމަޖެއްސުމަށާއި ޕާކިސްތާންގެ ސަފީރަކަށް މުހައްމަދު ތޯހާ ހަމަޖެއްސުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. ރައީސް ޑރ. މުހައްމަދު […]
މުޙައްމަދު
މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، މުބާރާތް ހޮސްޓްކުރާ ޖަރުމަނާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ އިންގްލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ. މި މެޗުގައި އިންގްލެންޑުން ވަނީ ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އިންގްލެންޑުން ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ބޮޑުބައިގައި ބޮސްނިއާއިން ވަ...
އިބްރާހިމް ޚަލީލް
މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ މަަފާޢު ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ޢައްޔަނުކުރަން މިއަދު ފާސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލްކުރާ މެންބަރަކަށް ސުޖާޢު ޢައްޔަނު ކުރުމަށް ޝުޖާޢުގެ ނަން ހުށަހެޅީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދ...
ޙުސައިން ޝަހުދީ
އެކި މީހުން އަތުން ފައިސާ ފޭރެމުން ދިޔަ ހަތަރު މީހަކު ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް 1 ކައިރިން މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ބުނެއެވެ. މި މައްސަލައ...
ޔުމްނާ ޢަލީ
ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ލެއިޓް ވުލްފާއި ފިއުރިޔަސް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ދަ ބެންޗެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ލެއިޓް ވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު […]
އިބްރާހިމް ޚަލީލް
ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން މިއަދު ހުށަހަޅައިފިއެވެ. މިއަދު ކުރިއަށް ދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި މަަފާޢު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑަށް މަޖިލީހުގެ މެންބަރަކު ޢައްޔަނުކުރުމުގެ މައްސަލަ ވަނީ މަޖިލ...
ޔުމްނާ ޢަލީ
މާލޭގެ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފިއެވެ. ފުލުހުން ބުނީ، މާލޭގެ މެދުޒިޔާރަތްމަގު، ހޮޓެލް ޖެން ކައިރިން ސައިކަލް ޕާކިން ޒޯނެއްގައި ހުރި ސައިކަލް ތަކެއްގައި އަލިފާން ރޯކޮށްލައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ރޭ 3:03 ހާއިރު އެވެ. ފުލުހުން ބުނީ، އަލިފާން ރޯކޮށްލުމުގެ ސަބަބުން ޖުމްލަ ހަތް ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައ...
ޔުމްނާ ޢަލީ
ދިވެހި ކަނޑުފަޅުގެ ފުރިހަމަނަފާ ރައްޔިތުންނަށް ހޯދޭނޭމަގަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ގޮވާލައިފިއެވެ. މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ނަމަވެސް މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް އާތިފް ވަނީ ސަރުކާރަށް ގޮވާލާފައެވެ. މޭޔަރ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2000 ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިޞ...
އިބްރާހިމް ޚަލީލް
ހަމާސް ނައްތާލުމަށް އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް އެތައް މަހެއް ވަންދެން ހިންގަމުން ދިޔަ ނަމަވެސް، އެ ޖަމާއަތަކީ އަދިވެސް އާންމުންގެ ދިރިއުޅުމުގެ މައްޗަށް ވަރަށް ބޮޑު ކޮންޓްރޯލެއް އޮންނަ ޖަމާއަތެއް ކަމަށާއި، އިސްރާއީލު ސިފައިން “ކްލިއާ” ކޮށްފައިވާ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި ވެސް ހަތިޔާރު އެޅި ޖަމާއަތެއް ދެމިއޮންނާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުންނާއި އެނަލިސްޓުން ވަނީ ދީފައެވެ. ފަލަސްތީނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހު ދޫކޮށް ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ހިޖުރަ...
އަޙްމަދު ދާއޫދު
އެޕަލް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގައި އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ގާބިލުކަމަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވެއެވެ. ޑަބްލިއުޑަބްލިއުޑީސީ 2024 ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު ޕެސިފިކް ގަޑިން ހެނދުނު 10:30 ގައި ކީނޯޓް ތަގުރީރަކުންނެވެ. މި އިވެންޓް އެޕަލްގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިވެލޮޕަރުންނާއި ފޭނުންނަށް ލައިވްސްޓްރީމް ކުރ...
އަޙްމަދު ދާއޫދު
ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ބޮޑުކޮށް، “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މި އަހަރު ވަނީ 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގ...
އިބްރާހިމް ޚަލީލް