މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 753 ވަނަ ޞަފްޙާ

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ހައްޖު ކޯޕަރޭޝަން

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައި ކަމަށެވެ. 1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް […]

ޔުމްނާ ޢަލީ
ޣައްޒާގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ މިސްރާއި އުރުދުންއިން ކުށްވެރިކޮށްފި

ޣައްޒާގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ މިސްރާއި އުރުދުންއިން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ 210 އަށް ވުރެ ގިނަ މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި ހާދިސާ މިސްރާއި އުރުދުން އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޙަމަލާއެއް ކަމަށާއި، މި ޙަމަލާގެ ޒިންމާ ޤާނޫނީ ގޮތުންނާއި އަޚްލާޤީ ގޮތުން އިސްރާއީލުގެ ބޮލުގައި […]

އަޙްމަދު ދާއޫދު
އެޕޯލޯ 8 ގެ ކުރީގެ އެސްޓްރޮނޯޓް ވިލިއަމް އެންޑާސް މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއެއްގައި މަރުވެއްޖެ

އެޕޯލޯ 8 ގެ ކުރީގެ އެސްޓްރޮނޯޓް ވިލިއަމް އެންޑާސް މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއެއްގައި މަރުވެއްޖެ

1968 ވަނަ އަހަރުގެ ތާރީޚީ އެޕޯލޯ 8 މިޝަންގައި ހަނދުގެ ވަށައިގެން ދަތުރުކުރި ފުރަތަމަ އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނޭ ވިލިއަމް އެންޑާސްގެ ޕްރައިވެޓް މަތިންދާބޯޓު މިދިޔަ ހުކުރު ދުވަހު ސިއެޓަލް ކައިރިއަށް ވެއްޓި މަރުވެއްޖެއެވެ. އެންޑާސް މަރުވިކަން އޭނާގެ އާއިލާއިން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އޭނާ މަރުވީ ވޮޝިންޓަން ސްޓޭޓްގެ ސެން ޖުއާން އައިލެންޑްސް ސަރަހައްދުގެ ޖޯންސް އައިލެންޑްގެ އައްސޭރިފަށުގައި ހިނގި “މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާއެއްގައި” ކަމަށެވެ. އޭނާގެ ދަރިފުޅު ގްރެގަރީ އެންޑާސް ބުނި...

އަޙްމަދު ދާއޫދު
އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ފަލަސްތީނުގެ ރައީސް އެދިވަޑައިގެންފި

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ފަލަސްތީނުގެ ރައީސް އެދިވަޑައިގެންފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސޭރަތު ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިން ހިންގި “ޖަރީމާ” އާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ފަލަސްތީނުން ގޮވާލައިފި އެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ފަލަސްތީނުގެ މަންދޫބަށް އަންގަވާފައި ވަނީ ނުސީރަތު ކޭމްޕުގައި އިސްރާއީލު ސިފައިން ހިންގި ލޭ އޮހޮރުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގ...

އަޙްމަދު ދާއޫދު
މޯދީ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންފި

މޯދީ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި އެ ޤައުމުގެ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް...

ޔުމްނާ ޢަލީ
ނަރުދޫ ފުޓްސަލް: ބޮޑު ތަފާތަކުން މޮޅުވެ ލެއިޓް ވުލްފް ފައިނަލަށް

ނަރުދޫ ފުޓްސަލް: ބޮޑު ތަފާތަކުން މޮޅުވެ ލެއިޓް ވުލްފް ފައިނަލަށް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލެއިޓް ވުލްފް ހޯދައިފިއެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި މިރޭ ސެމީގެ ދެވަނަ މެޗުގައި ލެއިޓް ވުލްފް ބައްދަލުކޮށްފައި ވަނީ ދަ ބެންޗް އާއެވެ. ލެއިޓް ވުލްފް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ 7-2 ލަނޑުން ދަ ބެންޗްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގައި ދަ ބެންޗްގެ ލަނޑުތައް ޖަހައިދީފައި ވަނީ ތަސްމީން އަދި ނާއިލް އެވެ. […]

ޔުމްނާ ޢަލީ
ނަރުދޫ ފުޓްސަލް: ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އަށް

ނަރުދޫ ފުޓްސަލް: ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އަށް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އިން ކަށަވަރުކޮށްފިއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް ކޯނާ އިން ކަށަވަރު ކުރީ މިއަދު ކުޅެނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފިއުރިޔަސްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މިއަދު ހަވީރު ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ބްލެކް ކޯނާގެ ޖާޒީ ނަންބަރު 14، […]

ޔުމްނާ ޢަލީ
ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފި

ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފި

ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހދ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފިއެވެ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފައިވާކަން އަންގައި އެރަށު ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ ދަނޑުގެ ގޭޓުގައި ނޯޓެއް ހަރުކޮށްފައެވެ. އެ ނޯޓުގައި ބުނެފައި ވަނީ ”ފުޓްސަލް ދަނޑު ހަލާކުވެފައިވާތީ ބަންދުކުރެވިފަ” ކަމަށެވެ. މިކަމާއިގުޅޭގޮތުން އެ ކައުންސިލްގެ ނައިބު ރައީސް އަބުދުލްކަރީމް ”ތިލަދުން” އަށް ވިދާޅުވީ، އެ ދަނޑު ބަންދުކުރީ ހަލާކުވެ، ގިނަ ދުވަސްތަކެއްފަހުން، އެއްގޮތަކަށް ވެސް އެތާގައި ނ...

ޔުމްނާ ޢަލީ
ލިޔެލާޖެހުން: ދިވެހީން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ހުނަރުވެރި މަސައްކަތެއް!

ލިޔެލާޖެހުން: ދިވެހީން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ހުނަރުވެރި މަސައްކަތެއް!

ދިވެހި ބަސްފޮތުގައި އޮންނަގޮތުން ނަމަ ލިޔެލާޖެހުމަކީ ލަކުޑިގަނޑެއް ދިގުހަރުގައި އަޅައިގެން ލިޔާކަށްޓަކުން ކޮށައި އެއަށް ގަސްތުކޮށްފައިވާ ސިފަޔެއް ގެނެސް އޭގައިލާހިއްޕުމެވެ. ލިޔެލާޖެހުމަކީ ދެ މަސައްކަތެއް ލާމެހިގެން ހެދިފައިވާ ލަފުޒެކެވެ. އެއީ ލިޔުމާއި ލާޖެހުމެވެ. ލިޔުމަކީ ދިގު ހަރުގައި ނުވަތަ އަރިޔަން ހަރުގައި އަޅައިގެން ލިޔާ ކަށިން ލަކުޑި ކޮށައި މަށައި އެކިވައްތަރަށް ސިފަ ގެނައުމެވެ. ލާޖެހުމަކީ ލަކުޑިން ހަދައިފައި ހުންނަ މަލާފަތާއި، ނާޅިއާއި، ލާއްސާއި، ފުރޯދަނޑި ފަދަ އެއްޗެހީގައި ލާހިންގުން، ނު...

ޢަބްދުﷲ ސަޢީދު
މިއަހަރުގެ ހައްޖަށް ސައުދީން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް

މިއަހަރުގެ ހައްޖަށް ސައުދީން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީއަރަބިއާއިން ގިނަގުނަ ތައްޔާރީތައް ވަމުން އަންނައިރު، އެތައްޔާރީތަކުގެ އެންމެފަހު އަޕްޑޭޓްތައް އާއްމުކޮށްފިއެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައޫދީ އަރަބިއާގެ ހައްޖާއި އުމްރާ މިނިސްޓަރު ޑރ ތައުފީގު އަލް ރާބިއާ ވަނީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން ވަމުން އަންނަ ބޮޑު ތައްޔާރީތަކާ ބެހޭ މުހިންމު އަޕްޑޭޓްތަކެއް ދެއްވާފަ އެވެ. އަލް ރާބިއާ ވިދާޅުވީ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.2 މިލިއަން ހައްޖުވެރިން ސައުދީއަށް އައިސްފަ...

އަޙްމަދު ދާއޫދު
ދިވެހި ކަނޑުތަކަކީ ދިވެހި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް

ދިވެހި ކަނޑުތަކަކީ ދިވެހި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް

ދިވެހި ކަނޑުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. މިއަދާއި ގުޅުވައިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖ...

ޔުމްނާ ޢަލީ
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފި

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފި

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އައު ހަތަރު ކޯހެއް އިފްތިހާހްކޮށްފިއެވެ. މި ކޯސްތައް އިފްތިތާޙްކޮށް ދެއްވީ، ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި، އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ޙަފްލާގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި […]

ޔުމްނާ ޢަލީ
މޯދީ ކުރައްވާ ރަސްމިއްޔާތަށް ދެއްވި ދައުވަތު ރައީސް ޤަބޫލުފުޅުކުރައްވައިފި

މޯދީ ކުރައްވާ ރަސްމިއްޔާތަށް ދެއްވި ދައުވަތު ރައީސް ޤަބޫލުފުޅުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ދައުވަތު އެމަނިކުފާނު ޤަބޫލުފުޅު ކުރައްވައިފިއެވެ. މޯދީ، އަންނަ އާދިއްތަ ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އިތުރު ދައުރަކަށް ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތުގެ ސިޓީ ރައީސް ޑރ. މުއިއްޒަށް އަރުވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަ...

ޔުމްނާ ޢަލީ
ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި

ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފުން ށ. ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ގޮއިދޫގައި ކުރިއަށްގެންދިޔަ މި ކުލާހުގައި އެ ރަށު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ފެނަކާގެ މުވައްޒަފުން ހިމެނޭހެން އެ ރަށުގެ 41 ފަރާތެއް ވަނީ ބައިވެރިވެފައެވެ. ފަޔަރ އެވެއާނެސް ކުލާހުގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއ...

ޔުމްނާ ޢަލީ
ޖަޕާނުގައި ކުދިން އުފަންވާ މިންވަރު ރެކޯޑް އަދަދަކަށް ދަށަށް، އުއްމީދު ކުރަނީ ޑޭޓިން އެޕަކުން އެކަން ބަދަލުކޮށްލެވޭނެ ކަމަށް

ޖަޕާނުގައި ކުދިން އުފަންވާ މިންވަރު ރެކޯޑް އަދަދަކަށް ދަށަށް، އުއްމީދު ކުރަނީ ޑޭޓިން އެޕަކުން އެކަން ބަދަލުކޮށްލެވޭނެ ކަމަށް

ޖަޕާނުގައި ދަރިމައިވުމާއި އުފަން ރޭޓް ރެކޯޑް މިންވަރަކަށް އަނެއްކާވެސް ދަށަށްގޮސްފައިވާއިރު، ޓޯކިޔޯއިން އުއްމީދު ކުރަނީ ޑޭޓިން އެޕްލިކޭޝަނަކުން އެކަން ބަދަލުކޮށްލެވޭނެ ކަމަށެވެ. ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އުފަންވާ ކުދިންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާއިރު، ގާތްގަނޑަކަށް 124 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނުގައި އުފަންވެފައިވަނީ އެންމެ 727،277 ކުދިންނެވެ. އާބާދީ ހަމައަކަށް އެޅުމަށް ބޭނުން...

އަޙްމަދު ދާއޫދު
ފްރާންސުން ޔޫކްރެއިންއަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދޭނެ: މެކްރޮން

ފްރާންސުން ޔޫކްރެއިންއަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދޭނެ: މެކްރޮން

ފްރާންސުން ޔޫކްރެއިންއަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދެއްވާނެކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ. ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ ރަޝިޔާއާ އެކު ހިނގަމުންދާ ހަމަނުޖެހުންތައް ދެމިއޮތުމުން ފްރާންސުން ހުރިހާ ޕްލެޓްފޯމެއްގައި ވެސް ޔޫކްރެއިންއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކު ޕެރިހުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގަ އެވެ. މެކްރޮން ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް ޔޫރަޕިއަން ޔޫނިއަން (...

އަޙްމަދު ދާއޫދު
ޑެންމާކުގެ ބޮޑުވަޒީރަށް ކޯޕަންހޭގަންގައި މީހަކު ހަމަލާދިފި

ޑެންމާކުގެ ބޮޑުވަޒީރަށް ކޯޕަންހޭގަންގައި މީހަކު ހަމަލާދިފި

ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަންއަށް ހުކުރު ދުވަހު ކޯޕަންހޭގަންގައި ހަމަލާދީފި ކަމަށް އޭނާގެ އޮފީހުން ބުނެފިއެވެ. ޑެންމާކުގެ ވެރިރަށް ކުލްޓޯވެޓްގައި ފްރެޑްރިކްސަންއަށް މީހަކު ހަމަލާދީފައިވަނީ އޭނާގެ ކައިރިއަށް ގޮސް އޭނައިގެ ގައިގައި ޖަހައިގެން ކަމަށް ޑެންމާކްގެ އެންވައިރެމެންޓް މިނިސްޓަރ މެގްނަސް ހިއުނިކް އެކްސްގައި ބުނެފައިވެއެވެ. އަދި އެ މާރާމާރީ އަކީ ހުތުރު އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ސިފަކުރެއްވި އެވެ. ކޯޕަންހޭގަން ފުލުހުން ވެސް އެކްސްގައި ކުރި ޕޯސްޓުން މިކަން ވަނީ ކ...

އަޙްމަދު ދާއޫދު
ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ދިޔަވެ އަޑިއަށްދަނީ

ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ދިޔަވެ އަޑިއަށްދަނީ

ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، ޅ. އަތޮޅަށް ދަތުރު ކުރަމުންދިޔަ “ލޫން 2” ނަމަކަށް ކިޔާ ދޯނި އަޑިއަށްދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މި ދޯނީގައި ހަތަރު މީހުން ތިބިއިރު، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:52 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި […]

ޔުމްނާ ޢަލީ