މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުން ދައްކައިފިއެވެ. މިގޮތުން މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މެންދުރުފަހު 15:00 އާއި ހަމައަށެވެ. މި ސަމާލުގެ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި […]
ޔުމްނާ ޢަލީ
އިލެކްޓްރޯނިކް ކުނި މަދުކޮށް، ބޭނުންކުރާ މީހުންގެ ފަސޭހަކަން އިތުރުކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން އެ ގައުމުގައި ސްމާޓްފޯނާއި ޓެބްލެޓްގެ ޕްރައިމަރީ ޗާޖިން ޕޯޓްގެ ގޮތުގައި ޔޫއެސްބީ-ސީ ސްޓޭންޑަރައިޒް ކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފިއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ ފުރަތަމަ ހުށަހެޅުނު ސުންގަޑި ކަމަށްވާ 2025 ވަނަ އަހަރުގެ މާޗް މަހުގެ ވުރެ ތަންކޮޅެއް ފަހުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ނިންމުމަކީ ޔޫރަޕިއަން ޔޫނިއަންގެ އެފަދަ މެންޑޭޓަކާ ދާދިއެއްގޮތަށް ތަބާވާ ނިންމުމެ...
އަޙްމަދު ދާއޫދު
ޓެކްސް ބޮޑުކުރުމުގެ ބިލާ ގުޅިގެން ކެންޔާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ބައިވެރިން ކެންޔާގެ ޕާލަމެންޓަށް ވަންނަން އުޅުމުން ފުލުހުން ބަޑި ޖެހުމުން ބަޔަކު މަރުވެއްޖެއެވެ. ކެންޔާގެ ވެރިރަށް ނައިރޯބީގައި ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ވޯޓަށް އެހުމުގެ ތެރެއިން މުޒާހަރާގެ ބައިވެރިން ޕާލަމެންޓް އިމާރާތަށް ވަންނަން އުޅުމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ފުލުހުން ބަޑީގެ ހަމަލާތައް ދީފައި މިވަނީ ކަރުނަގޭހާއި ފެންބަޑީގެ ހަމަލާތަކަށްފަހުވެސް އެއްވެ ތިބި މީހުނ...
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ފަހު މެޗުތައް އެއްވަރުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އިންގްލެންޑު ނޮކައުޓް ބުރުން ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ފަހު މެޗުތައްކުގައި އިންގްލެންޑާއި ސްލޮވީނިއާ ރޭ ބައްދަލުކުރި މެޗާއި ޑެންމާކާއި ސާބިއާ ބައްދަލު ކުރި މެޗު ވެސް ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި ގްރޫޕްގެ އެއްވަނަ އިންގްލެންޑަށް ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ […]
އިބްރާހިމް ޚަލީލް
ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި، ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި އޮސްޓްރިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ފަހު މެޗުތައް މިރޭ ކުޅެފައިވާއިރު، އޮސްޓްރިއާއިން ވަނީ 3-2 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. މި ގްރޫޕުގައި ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗު 1-1 އެއްވަރު ވުމުން، މި ގްރޫޕްގެ އެއްވަނަ ލިބިފައިވަނީ އޮސްޓްރިއާއަށެވެ. ހަ ޕޮއިންޓާއިއެކު އޮސްޓްރިއާ އެއްވަނަ ހޯދިއިރު ފަސް ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ […]
އިބްރާހިމް ޚަލީލް
ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ 7 ވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި، ރިވެޓްމަންޓް މަސައްކަތުގެ 55 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ، މި މަޝްރޫއުގެ ދަށުން ގްރޮއިންސް މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަަަށްވެސް އެމްޓީސީ...
އަޙްމަދު ވަހީދު
ޗައިނާގެ ޗޮންޗިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ޗައިނާގެ ޗޮންޗިން ސިޓީއިން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެ އެއާލައިންގެ ފުރަތަމަ ފްލައިޓަށް މަރުހަބާކިޔުމަށްވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. 82 ފަސިންޖަރުންނާއެކު ޗޮންޗިން އެއާލައިންސްގެ ފްލައިޓް ވީއައިއޭގައި ޖައްސާފައިވަނީ އިއްޔެ ހަވީރު 05:40 ގައެވެ. މި އެއާލައިނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި،...
އަޙްމަދު ވަހީދު
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން އެނގިއްޖެއެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު، އެޗްޕީއޭގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި ގޮތުގައި އެ ބަލި ޖެހިފައި ހުރި މީހަކު މިހާރު ވަނީ ފެނިފައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް […]
މުޙައްމަދު
ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި […]
މުޙައްމަދު
ދިވެހިރާއްޖޭގެ ފުޓްބޯޅަ ލެޖެންޑެއްކަމަށްވާ މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވެއްޖެއެވެ. އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވީއެވެ. އޭނާގެ ހާލު ސީރިއަސްވީ ހުންގަދަވެގެންކަމަށް މައުލޫމާތު ލިބިފަވެއެވެ. ބަކާ އަށް އޭޑީކޭ އައިސީޔޫގައި ފަރުވާދޭން ފެށީ ރޭގެ ވަގުތެއްގައެވެ. ބަކާ އަކީ ދިވެހި ގައުމީ ފުޓް...
ޔުމްނާ ޢަލީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ޖޫން 8 އިން 11 އަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ވަފްދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާ އަށް […]
މުޙައްމަދު
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައިފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބަޔާންކުރާ “ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު” ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އެކުލަވާލާފައިވާއިރު، އައު ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އެވެ. ލުބްނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވާފައެވެ. މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުން: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ...
ޔުމްނާ ޢަލީ
މާލޭގެ ސިނަމާލެ ފްލެޓަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސިނަމާލެ ތިނެއްގެ ޓެރަސް މަތިން ވައްކަން ކުރަން އުޅުނު މައްސަލައެއް ރޭ ފަތިހު އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ. މި މައްސަލައިއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ، 35 އަހަރުގެ ދެމީހުންނާއި 42 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ރޭ ފަތިހު 5:01 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލަ އެ އިދާރާއިން […]
ޔުމްނާ ޢަލީ
ދުނިޔެ އާބާދުވެގެން އައި ޒަމާނުގައި ހަތް ރަށެއް ވަކީން އާބާދުވެގެން އައެވެ. އެ ހަތް ރަށަށް ކިޔަނީ ހަފުތަ އަގުލީމެވެ. ހަފުތަ އަގުލީމުގެ ރަސްކަލަކީ ޝާޚު ބުލަންދު އިޤްބާލެވެ. އެ ރަސްގެފާނުގެ ވަޒީރަކީ ތަދުބީރުލް މުލުކެވެ. ރަސްގެފާނުގެ ހަތް ފިރިހެން ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރެއިން ދޮށީ ހަބޭފުޅުންނާ ސީނު ރަސްގެފާނުގެ ހަ އަންހެން ބޭފުޅުންނާ ކައިވެނި ކޮށްދެއްވިއެވެ. އަދި އެންމެ ހަގަށް ހުންނެވި ޝާޚު ޒާދާ މުމްތާޒާ ރަސްގެފާނުގެ ބޮޑުދައިތާ ކަމަނާގެ ދަރިކަނބަލުން ޖަވާހިރުޒާދީ އާ […]
ޢަބްދުﷲ ސަޢީދު
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ، ޕީއެންސީ ހައުސްގައި ޖަގަހަ ޖަލްސާތައް ފަށަން ތައްޔާރުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ، ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވީ މިދިޔަ ހޮނިރު ދުވަހު (ޖޫން 23 ވަނަ ދުވަހުގެ) ރެއެވެ. ޕީއެންސީން ބުނީ މިރޭ 20:30 ގައި އެ ޕާޓީގެ ހަރުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ފަސް ބޭފުޅެއް ވާހަކަ ދައްކަން ހަމަޖެހިފައިވާކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެ ބޭފުޅުންނަކީ، ޕީއެންސީގެ […]
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ. މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ. ފުލުހުން […]
ޔުމްނާ ޢަލީ
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރުޕް ޑީގައި މިއަދު ހެނދުނު ބްރެޒިލްއާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ބްރެޒިލް އިން ވަނީ، މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ރޮޑްރިގޯއަށް ލިބުނު ދެ ފުރުސަތުގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ގޯލާއި އަމާޒުނުވެދިޔައިރު، ރަފީނިއާ ފޮނުވާލި ހަމަލާ މަތަކުރީ ކޮސްޓަރިކާގެ ކީޕަރެވެ. މެޗުގެ 30 […]
އިބްރާހިމް ޚަލީލް
މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލަނޑުޖަހައި ކްރޮއޭޝިއާ ރޮއްވާލުމަށް ފަހު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޗެމްޕިއަން އިޓަލީ ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގެ، ގްރޫޕް ސްޓޭޖް ފަހު މެޗަށް ރޭ އިޓަލީއާއި ކްރޮއޭޝިއާ ނުކުތްއިރު ދެވަނަ ބުރުން ފުރުސަތު ހޯދަން ކްރޮއޭޝިއާ އަށް އިޓަލީ ބަލިކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ވެސް އިޓަލީއަށް ފުއްދާލެވެން އޮތެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން އިދިކޮޅު ގޯލަށް ނުރައްކާކުރިއެވެ. […]
އިބްރާހިމް ޚަލީލް