މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އެއީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ކައުންސިލުން އޭރު މަޝްވަރާ ކުރީ މާލޭގައި ނަމެއް ނުދީ އޮތް ދެ ގޯޅީގެ ތެރެއިން އެއް ގޯޅިއަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށެވެ. ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ […]
މުޙައްމަދު
ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ. ނައީމާ ދިރިއުޅޭ ގޭގައި މިދިޔަ އަހަރު އޭނާ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށުގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރާއި އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ. އެ މައްސަލާގައި، ތޫނު […]
ހުސައިން ހަބީބް
ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަ ބޭސިން ފުންކުރުމާއި، […]
އަޙްމަދު ވަހީދު
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުން ޖޯޖިއާ ޖާގަ ހޯދައިފިއެވެ. ރޭ ޖޯޖިއާއިން ވަނީ 2-0 ގެ ނަތީޖާއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދާފައެވެ. ރޭ މެޗަށް ޕޯޗުގަލް ނުކުތްއިރު އެ ޓީމް އޮތީ، ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއިއެކު ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ރޭ މެޗުން މޮޅުވެ ޖޯޖިއާ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މި […]
އިބްރާހިމް ޚަލީލް
ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުން އަންނަކަމަށް ބުންޏެެވެ. މައްސަލައާއި ގުޅިގެން މިހާތަނަށް ކުރި މަސައްކަތުން ވީޑިއޯ އިން ފެންނަނީ ކޮންބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ މި ވީޑިއޯއާއި ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ އިދާރާއާއި ހިއް...
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި 2020 ވަނަ އަހަރުގެ އިންތިހާބާ ގުޅޭ ޕޯސްޓްތައް ނައްތާލުމަށް ބައިޑަންގެ ސަރުކާރުން ގާނޫނާ ހިލާފަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޕްރެޝަރު ކުރި ކަމަށް ބުނާ މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ. ބުދަ ދުވަހު އިއުލާނުކުރި ނިންމުން ބިނާވެފައި ވަނީ މައްސަލައިގައި ދައުވާ ކުރާ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތެއް ނެތުމުންނެވެ. ސޯޝަލް މީޑިއާބޭނުންކުރާ ފަސް މީހަކާއި ލުއިޒިއާނާ އާއި މިޒޫރީގެ އެޓާނީ ޖެނެރަލް ހުށަހެޅުއްވި މި ދައުވާގައި ބުނެފައިވަނީ ފޭސްބުކް އަދި އެކްސް (ކުރީގެ [...
އަޙްމަދު ދާއޫދު
މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަމް އިއުލާންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިއްޔެ އިއުލާނެއްގައި ބުނީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަންނަ މަހުގެ 15 ވަނަ ދުވަސް ކަމަށެވެ. ޕީސީބީން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ބޭނުންވަނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު ކަމަށެވެ. މި މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ޕީސީބީން ބުންޏެވެ. މިފްކޯގެ...
އަޙްމަދު ވަހީދު
ލަންޑަންގެ ބެލްމާޝް ޖަލުގައި 5 އަހަރު ހޭދަކުރުމަށްފަހު، ޖަލުން މިނިވަންވުމަށްފަހު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އޭނާގެ އުފަން ރަށް އޮސްޓްރޭލިއާއަށް އެނބުރި ހިނގައްޖެއެވެ. އުމުރުން 52 އަހަރުގެ އަސާންޖް ކެންބަރާ އެއާޕޯޓުން ބައްދަލުކުރީ އޭނާގެ އަންހެނުން ސްޓެލާ އާއި ބައްޕައާ އެކު ވަރަށް ޖަޒްބާތީ އިމޯޝަނަލް ބައްދަލު ކުރުމަކާއެކުގައެވެ. އަސާންޖްގެ މައްޗަށް އުފުލާފައިވާ ޕްލީ ޑީލްގައި އަސާންޖްގެ މައްޗަށް އުފުލާފައިވާ 18 ދައުވާގެ ބަދަލުގައި ގައުމީ ދިފާއީ މައުލޫމާތު ހޯދުމަށާއި ހާމަކުރުމަށް ރޭވުމުގެ...
އަޙްމަދު ދާއޫދު
އެމެޒޯން ފުރަތަމަ ފަހަރަށް ދެ ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޝަނަކަށް ގޮސް ޓެކް ކުންފުނިތަކުގެ އެންމެ އުހަށް ޖެހިލައިފިއެވެ. އީ-ކޮމާސް އަދި ކްލައުޑް ކޮމްޕިއުޓިން ލީޑަރު އެމެޒޯންގެ ހިއްސާ ބުދަ ދުވަހު ވަނީ 3.9 ޕަސެންޓް އިތުރުވެ 193.61 ޑޮލަރަށް އަރާފައެވެ. މި ކާމިޔާބީއާއެކު އެމެޒޯން އާއި އެންވީޑިއާ، އެޕަލް، އަލްފަބެޓް އަދި މައިކްރޮސޮފްޓް ފަދަ ޓެކްނޮލޮޖީގެ އެހެން ކުންފުނިތައް ވެސް ދެ ޓްރިލިއަން ޑޮލަރުގެ ކްލަބުގައި ހިމެނެއެވެ. މި ކުރިއެރުން އެމެޒޯންއަށް ލިބިފައި މިވަނީ ޖެނެރޭޓިވް […]
އަޙްމަދު ދާއޫދު
ޑިންގީއެއްގައި ރާއްޖޭގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ރާއްޖޭގެ ފަޅުރަށަކަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު، ޑިންގީއެއް ލެއްގީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމީހުން ދަތުރުކުރަމުންދިޔަ ޑިންގީއާއެކު ލެއްގީ ނ. ވަވައްޗަށެވެ. ފުލުހުން ބުނީ ސޯމާލިއާ ތިން މީހުން އިއްޔެ ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބާ ފެސިލިޓ...
އަޙްމަދު ވަހީދު
ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ އެއްވަނަ ޓީމްގެ ގޮތުގައި ރުމޭނިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ރުމޭނިއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވަރަށް ވާދަވެރިކަން ބޮޑުކޮށް ފެނުނު މި ގްރޫޕްގައި ރޭ ބެލްޖިއަމްއާއި ޔުކްރެއިން ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި ނަތީޖާތަކާއިއެކު ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް […]
އިބްރާހިމް ޚަލީލް
2013 ވަނަ އަހަރު އިންތިޚާބުވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމުގައި ”މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން ކަމަށާއި، މިފަހަރު އެކަން އެހެން ނުވާނެ ކަމަށް” ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާތައް މިރޭ ފަށާފައިވާއިރު، ރައީސް މުޢިއްޒާއި ވަރަށް ގާތް ގުޅުމެއް އޮންނަ ލަތީފް މިހެން ވިދާޅުވީ، މިޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. […]
ޝިއުނާ އާދަމް
އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން އައްބާސް އާދިލް ރިޒާ ގޮވާލާފައި ނުވާނެ ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް އަދާ ކުރައްވަމުން ގެންދަވާ އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް […]
ހުސައިން ހަބީބް
ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް […]
މުޙައްމަދު
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހެނދުނު އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މި މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ހަމަލާ އުފެއްދީ އާޖެންޓީނާއިންނެވެ. ޗިލީގެ އޭރިއާ ބޭރުގައި ހުރެ މެސީ ފޮނުވާލި ބާރު ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މެސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި […]
އިބްރާހިމް ޚަލީލް
ގިނަ ދުވަސްތަކެއްގެ ދިގު އިންތިޒާރަކަށްފަހު އައިއޯއެސް 18 ގައި އެޕަލް މެޕްސް އަށް ވަރަށް ބޭނުންތެރި މުހިންމު ފީޗާއެއް ކަމަށްވާ “ސާޗް ހިއާ” ފީޗާ އިތުރުކޮށްފިއެވެ. މިފީޗާއާއި އެކު އެޕަލްގެ އެންމެ ފަހުގެ އައިއޯއެސް 18 މެޕްސް އެޕްލިކޭޝަނަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައި ވާއިރު، “ސާޗް ހިއާ” މި އާ ފީޗާއަކީ ޒަމާނުއްސުރެ ޔޫޒަރުންގެ ރިކުއެސްޓްތަކަށް އެޑްރެސްކޮށް، ބޭނުންކުރާ ފަރާތުގެ މިހާރުގެ ޕޮޒިޝަން ފިޔަވައި އެހެން ސަރަހައްދުތަކުގައި ހުރި ތަންތަން ހޯދުމުގައި ފަސޭހަވެގެންދާ ފީޗާއެކެވެ. މީގެ ކުރިން […]
އަޙްމަދު ދާއޫދު
އައްޑޫ ސިޓީގެ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ، އައްޑޫ ސިޓީގެ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއް ޚަބަރު ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:40 ހާއިރު އެވެ. އެމީހާ ފޭދޫގައި ހުންނަ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ […]
ޔުމްނާ ޢަލީ
ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ހުރިހާ ހައްޖާޖީން ވެސް ރާއްޖެ އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު 1150 މީހަކު ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ވަނީ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެފައެވެ. ބަކާ ނިޔާ...
ޙުސައިން ޝަހުދީ