މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ޚާއްޞަ އިނާމާބެހޭ ކޮމިޓީން މި ފުރުޞަތު ހުޅުވާލުމާއެކު، ޚާއްޞަ އިނާމާބެހޭ އުސޫލު ވެސް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ. މި އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް (http://apply.presidency.gov.mv) މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ސެޕްޓެންބަރު 16 ވާ ހޯމަ ދުވ...
އަލީ އާދިލް
ގައުމީ ބޭންކަށް އޮޅިގެން ޖަމާކުރެވުނު އެއް ޓްރިލިއަނަށްވުރެއް ގިނަ ދިވެހި ރުފިޔާ އަންބުރާ އަތުލައިފި އެވެ. ދިވެހިންގެ ގައުމީ ބޭންކްއަށް މިއަދު ވަނީ، ލިލީ ބިޗް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ އެކައުންޓަށް މުސާރައިގެ ގޮތުގައި 77 ބިލިއަން އެމެރިކާ ޑޮލަރު އޮޅިގެން ޖަމާ ކުރެވިފަ އެވެ. ފޮނުވަން ޖެހޭ ފައިސާގެ އަދަދުގެ ބަދަލުގައި އެކައުންޓް ނަންބަރު ޖެހުމުން ބައެއް ފަރާތްތަކުގެ އެކައުންޓަށްވަނީ 77300004052.59 ޑޮލަރު ދިވެހި ރުފިޔާއިން ބަލާނަމަ (1187328062238.72 ރުފިޔާ) އެއް ޓްރިލިއަން އެއ...
އަލީ އާދިލް
ހދ. ކުޅުދުއްފުށްޓަށް މިއަހަރުގެ ފެބްރުއަރީ މަހު ގުޅާލި އިންޓަނޭޝަނަލް ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫން މިހާރު ޚިދުމަތް ދޭން ފަށައިފިއެވެ. މި ކޭބަލް މިހާރުވަނީ ސިންގަޕޫރާއި ޔޫރަޕާ ގުޅާލެވި، ޚިދުމަތް ދޭން ފެށިފައެވެ. އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޢުލޫމާތު ހާމަކުރެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެއިން ބޭރު ރަށަކަށް މި ކޭބަލް ގުޅާލައި ޚިދުމަތް ދޭން ފެށުމަކީ އެ ކުންފުނިން ރާއްޖެއަށް […]
އިބްރާހިމް އަސްވާޤް
ޚަރަދުކުޑަކޮށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުންފުނި ހިންގީ ފައިދާގައި ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ކުންފުނި ހިންގީ ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށެވެ. ނަމަވެސް އައު ސަރުކާރާއެކު، ކުންފުނީގެ ހަރަދު ކުޑަ ކުރަން ފެށި މަސައްކަތްތަކުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު މިލިއަން ރުފިޔާގެ ފައިދާވި ކަމަށް ވިދާޅުވިއެވެ. މުއާޒު ވިދާޅުވި ގޮތު...
އަޙްމަދު ވަހީދު
ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ. މި އެއްބަސްވުމަކީ އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމާއި ޔޮޓުތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމެކެވެ. އެމްޕީއެލްގެ ސީއީއޯ ވަޖ...
އަޙްމަދު ވަހީދު
ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައެވެ. ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ / ޔެލޯވިލާ އަދުނާން (54 އަހަރު) އެވެ. އަދުނާން ހޯދަމުންދަނީ ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވެފައިވާތީއެވެ. ކޯޓަށް ހާޒިރުނުވުމާ ގުޅިގެން، އަދުނާން ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 4 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒި...
އިބްރާހިމް އަސްވާޤް
ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެ މީހަކު, އެ މީހުން ދަރިން ތިބޭތީ ކަމަށް ބުނެ ބަންދުން ދޫކުރަން އެދުނު ނަމަވެސް އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ހުޅުމާލޭގެ ވިނަރެސް ފްލެޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ, މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ހުރި މީހެއްގެ ގައިގައި ޖެހި, ބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބުނެވެ. އެ މައްސަލާގައި […]
ހުސައިން ހަބީބް
އަހަރީ ދުވަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް އައު ޚިދުމަތްތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. އުރީދޫން ބުނި ގޮތުގައި އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ފަށާނެއެވެ. މިއާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށިގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ ފައިވް-ޖީ ކަވަރޭޖް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ މިހާރު...
އަޙްމަދު ވަހީދު
ރަށުގެ ވަށައިގެން އޮތީ ކުނިގޮނޑުތަކެވެ. ގެއާއި އެންމެ ކައިރީގައި ވައު އޮންނަ ދިމާއަކީ އެ ގެއަކަށް ހާއްސަ ކުނިއަޅާތަނެވެ. އެ މީހަކު ބޭނުން ވަރަކަށް ކުނި އަޅަންވީއެވެ. އެކިވައްތަރުގެ ކުނި ވަކިކުރުމަކީ އޭރު ދަންނަ ކަމެއް ނޫނެވެ. ގޮނޑަށް ކޮންމެ ބާވަތެއްގެ ކުންޏެއް ވެސް އަޅަންވީއެވެ. އާންމުކުނީގެ އިތުރުން ކުނިވާ ޒާތުގެ ކުންޏާއި ގައު ކުނޑިއާއި ދަގަނޑާއި ޕްލާސްޓިކެވެ. ރަށުގެ ވަށައިގެން އުފެދިފައިވާ ބޮޑެތި ކުނިގޮނޑުތަކާއި ގުޅިގެން އޭރު ވެސް ރައްޔިތުންގެ ތެރޭ ދޭތެރެ ދޭތެރެއިން ޝަކުވާ […]
އިބްރާހިމް ޚަލީލް
އޯޑިއޯވިޒައަލް ޓެކްނޮލޮޖީގެ ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުން ދުނިޔޭގެ އެންމެ އުސް ޕްރޮޖެކްޝަން ސްކްރީން ޖަރުމަނުގެ އޮބާހައުސަންގައި ހުންނަ ގެސޯމީޓަރު މިއުޒިއަމްގައި ދައްކާލައިފި އެވެ. 131 ފޫޓް (40 މީޓަރު) އުސްމިނުގެ މި ބޮޑު އެލް ސައިޒުގެ ސްކްރީނުގެ ސަރަޙައްދު ފުރިހަމައަށް އަލިކުރުމަށް ޓަކައި ހަތް އަލްޓްރާ ބްރައިޓް ލޭޒާ ޕްރޮޖެކްޓަރ ބޭނުންވެއެވެ. އޭވީ ސްޓަމްޕްފްލް އިން ފަރުމާކޮށްފައިވާ މި ސްކްރީންގައި ކަސްޓަމް ފްލެކްސް ކޮންޓްރާސްޓް ޕީއާރުއޯ ސާފޭސް އެއް ހިމެނޭއިރު، 131 ފޫޓު x 66 ފޫޓް( […]
އަޙްމަދު ދާއޫދު
މެދުއިރުމަތީގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުގައި އެމެރިކާ ބައިވެރިވާ ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އިޒްރޭލަށް ތާއީދު ކުރާތީ، ހަނިއްޔާ އަވަހާރަކޮށްލުމުގެ ޒިންމާ ވޮޝިންޓަނުން އުފުލާން ޖެހޭނެ ކަމަށެވެ. އެ ހަމަލާ ދިން ފަރާތަކީ އިސްރާއީލަށް އިޝާރާތްކޮށް އެ މިނިސްޓްރީން ބުނީ އެއީ ފަލަސްތީނުގެ ލީޑަރުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގާ ކެމް...
އަޙްމަދު ދާއޫދު
އިންޑިއާއަކީ ބޮޑު ބާރެއް ނަމަވެސް އެ ގައުމަކީ އެމެރިކާގެ ބައިވެރިއެއް ނުވަތަ ބައިވެރިއަކަށް ނުވާނެ ކަމަށް އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކާޓް ކޭމްޕްބެލް ވިދާޅުވެއްޖެ އެވެ. ނަމަވެސް ނިއުދިއްލީއާއެކު ރަނގަޅު ގުޅުމެއް ދެމެހެއްޓުމަކީ ސްޓްރެޓެޖިކް ގޮތުން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސެނެޓުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިއްޔެގެ އަޑުއެހުމުގައި ކޭމްޕްބެލް ވިދާޅުވީ އިންޑިއާއަކީ “އެމެރިކާއަށް ރަނގަޅުވުމަށް އޮތް އެންމެ މުހިންމު ގުޅުން ކަމަށް ވެދާނެ” ކަމަށާއި އެމެރިކާގައި ދިރި...
އަޙްމަދު ދާއޫދު
ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރުގައި ތިބި މީހުންގެ މަޢުލޫމާތު ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތްތަކަކީ: 1. އިކްރާމުއްރަޙްމާން (ކ. މާލެ، ނޫރަންމާގެ) 2. އިބްރާހިމް އިކްރާމް (ކ. މާލެ، މ. ލޭންޑްއޮފްގާރޑަން) 3. ޖިނާޙް އިސްމާއީލް (ގއ. ކަނޑުހުޅުދޫ، އާޒާދުގެ) މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 2 ގައި […]
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެއްދި ދާއިމީ ކޮމެޓީއެއްކަމަށްވާ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހޮވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި އަލަށް އުފެދުނު ގެދޮރުވެރިކަމުގެ ކޮމިޓީގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ނިސްބަތާއި، އެ ކޮމިޓީގައި މެންބަރުން ތަމްސީލުކުރެއްވުމަށް ހުށަހެޅިފައިވާ ގޮތް ވަނީ ފާސްކޮށްފައެ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮފައިވާ ކަމަށާއި، އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށް ވެސް ފުލުހުން ބުންޏެވެ. ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް: ސައިކަލާއި ކާރު ޖެހި އެކަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ މި އެކްސިޑެންޓް […]
ޔުމްނާ ޢަލީ
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ކަސްޓަމްސްގެ ރަސްމި އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަޤީންކަން އަދުގެ ސަރުކާރުން ދީފައިވާ ކަމަށެވެ. އެ ޔަޤީންކަން ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު އިއްޔެ ކަސްޓަމްސްއިން ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ވަނީ ފިލާފައިކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގައި ހުރި ވިނަރެސް ފްލެޓްތަކާ ދެމެދު އޮންނަ މައި މަގުގައެވެ. މި އެކްސިޑެންޓަ ހިނގާފައިވަނީ، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި، މި އެކްސިޑެންޓުގެ […]
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އިން ފަށާފައިވާ މަޝްރޫޢުތައް މަޑުޖައްސާލަން ނިންމާފައި ނުވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވިޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ، އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އެހެ...
އަލީ އާދިލް